14 ޑިސެމްބަރ 2022
އަލް ކޯރު (ޑިސެމްބަރު 14) - މޮރޮކޯ ޓީމުގެ ޑިފެންސަކީ މި އަހަރުގެ ވޯލްޑް ކަޕް ގެ އެންމެ މޮޅު ޑިފެންސް ކަމަށާއި ނަމަވެސް އެ ޓީމުގެ ޑިފެންސް ފްރާންސުން ފޫއަޅުވާލާނެ ކަމަށް، ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފި އެވެ.
އަލް ކޯރު (ޑިސެމްބަރު 14) - މޮރޮކޯ ޓީމުގެ ޑިފެންސަކީ މި އަހަރުގެ ވޯލްޑް ކަޕް ގެ އެންމެ މޮޅު ޑިފެންސް ކަމަށާއި ނަމަވެސް އެ ޓީމުގެ ޑިފެންސް ފްރާންސުން ފޫއަޅުވާލާނެ ކަމަށް، ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފި އެވެ.
"އުއްމީދު ކުރަނީ އެ ޓީމުގެ ޑިފެންސް ފޫއަޅުވާލައި ގޯލު ޖެހޭނެ މަގެއް ގޮތެއް ހޯދޭނެ ކަމަށް. އެކަމަކު ހަމައެކަނި ޑިފެންސެއް ނޫން، ޓީމުގެ ހުރިހާ މަގާމުތަކެއް ވެސް އެހާމެ ވަރުގަދަ، އެހެން ނޫން ނަމަ މިހާހިސާބަށް އެމީހުންނަށް ނާދެވުނީސް،" އެންމެ ފަހުން 2018 ވަނަ އަހަރު ފްރާންސަށް ވޯލްޑް ކަޕް ހޯދައިދިން ކޯޗު ޑިޝޯމްޕްސް ބުންޏެވެ.
"އެމީހުންގެ ވަރަށް ރަނގަޅު ޕްލޭމޭކަރުން އެބަތިބި. އަހަރެމެން މި އަންނަނީ ވަރަށް ގާތުން ބަލަމުން. އެ ޓީމާ ދެކޮޅަށް ގޯލެއް ޖަހާނެ ގޮތަކާމެދު ވިސްނަމުން މި ގެންދަނީ. އަހަރެމެން އެމީހުންގެ ޑިފެންސް ފޫއަޅުވާލާނަން."
މޮރޮކޯ ވޯލްޑް ކަޕް ސެމީ ފައިނަލަށް ދިޔައީ އިދިކޮޅު އެއްވެސް ކުޅުންތެރިއަކަށް އެޓީމާ ދެކޮޅަށް ގޯލެއް ޖެހުމުގެ ފުރުސަތު ނުދީ އެވެ. އެޓީމު ކޮޅަށް ވަން ހަމައެކަނި ގޯލަކީ ވެސް އަމިއްލަ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި ދެ ވަނަ ބުރުގައި ސްޕެއިން އަށް ޕެނަލްޓީ ޝޫޓައުޓް ގައި ވެސް މޮރޮކޯގެ ގޯލު ފޫއަޅުވާލެވިފައެއް ނުވެ އެވެ.
ކޯޗު ޑިޝޯމްޕްސް ވަނީ އެންމެ ފަހުން ވޯލްޑް ކަޕް ނެގި ފްރާންސްގެ ސްކޮޑާއި، މިހާރުގެ ސްކޮޑާ ދެމެދު އެއްވެސް ވަރަކަށް އަޅާ ކިޔަން ދެކޮޅު ހަދައިފަ އެވެ. ޕައުލް ޕޮގްބާ އާއި އެންގޯލޯ ކާންޓޭ ފަދަ ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން މި އަހަރު ޓީމުން ފުރުސަތެއް ނުލިބުނެވެ. އަދި ފޯމުގައި ހުރި ސްޓްރައިކަރު ކަރީމް ބެންޒެމާ އަށް ވެސް ވަނީ ވޯލްޑް ކަޕް ފެށުމުގެ ކުރިން ގަތަރުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި އަނިޔާ ވެގެން ޓީމުގެ ކޭމްޕް ދޫކޮށްލައިފަ އެވެ.
"އަހަރެންގެ ޓީމުތައް އަޅާކިޔަން ބޭނުމެއް ނޫން. ބައެއް ކުޅުންތެރިން ބަދަލު ވެއްޖެ އަދި ބައެއް ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ގެއްލުނީ އަނިޔާގެ ސަބަބުން. އެހެން ވިއަސް އަހަރެމެންނަށް ސެމީ ފައިނަލާ ހަމައަށް އާދެވިއްޖެ، މާނައަކީ އަހަރެމެންގެ ޓީމު ވަރުގަދައޭ،" ޑިޝޯމްޕްސް ބުންޏެވެ.
"އަހަރެމެން މިހާހިސާބަށް އައީ ބޮޑެތި ޓީމުތަކާ ކުޅެ، އެ ޓީމުތައް ބަލިކޮށްފައި. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންނާ އެކުވެގެން ވަރަށް ބެލެންސްޑް ޓީމެއް މިއޮތީ."
މީގެ އިތުރުން ޑިޝޯމްޕްސް ވަނީ އިދިކޮޅުން ނުކުންނަ މޮރޮކޯގެ ކޯޗު ވަލީދު ރެގްރަގީ އަށް ވެސް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ، މޮރޮކޯގެ ޓީމު ވަރަށް ގާތުން އެނެލައިޒް ކުރާ ކަމަށާއި، ވަލީދު ވަނީ އެ ޓީމާ އެކު ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައި ކަމަށެވެ.
މޮރޮކޯއާ ދެކޮޅަށް ފްރާންސް ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރެވެ.
ފްރާންސުން ޑިޝޯމްޕްސް އަށް އިތުރު ހަތަރު އަހަރު ދީފި
ބްރެޒިލުން ޝައުގުވެރިވިޔަސް ޒިދާން އިސްކުރަނީ ފްރާންސް
މެކްރޯންގެ ދައުވަތު ބެންޒެމާ ގަބޫލެއް ނުކުރި
ބެންޒެމާ ގަތަރަށް ދާން ރެއާލްގެ މައްސަލައެއް ނެތް
ޒިދާން ގެންނަ ވާހަކައިން ހާސްކަމެއް ނެތް: ޑެޝޯމްޕްސް
ޑެޝޯމްޕްސް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
ގްރީޒްމަން އާއި ޕޮގްބާ އަށް އެހީވާނަން: ޑެޝޯމްޕްސް
ފްރާންސަށް ޒިދާން ކޯޗުކޮށްދޭނެ: ޑެޝޯމްޕްސް
ޑެޝޯމްޕްސްއާ މެދު ފްރާންސުން ދެ ވަނަ ވިސްނުމަކަށް
ގްރީޒްމަން އަށް އެވޯޑެއް ހައްގު: ޑެޝޯމްޕްސް