09 އޯގަސްޓް 2022
ޕެރިސް (އޯގަސްޓް 9) - ފްރާންސްގެ ގައުމީ ޓީމުގެ ކޯޗަކަށް، ޒައިނުއްދީން ޒިދާން ގެންދާ ވާހަކަ ދެއްކިޔަސް ހާސްކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
ޕެރިސް (އޯގަސްޓް 9) - ފްރާންސްގެ ގައުމީ ޓީމުގެ ކޯޗަކަށް، ޒައިނުއްދީން ޒިދާން ގެންދާ ވާހަކަ ދެއްކިޔަސް ހާސްކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
ނޮވެމްބަރު ޑިސެމެބަރު މަހު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ފަހު ޑެޝޯމްޕްގެ ބަދަލުގައި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިދާން ހަމަޖައްސަން އުޅޭ ވާހަކަތައް ކުރިންސުރެ އައީ ދެކެވެމުންނެވެ.
އެކަމަކު ޑެޝޯމްޕް ބުނީ އެ ވާހަކަތައް ދެއްކިޔަސް އޭނާ ހާސް ނުވާ ކަމަށެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސަށް ހޯދައިދިން ކޯޗު ބުނީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ ކުރިއަށް އޮތް ވޯލްޑް ކަޕަށް އެންމެ ރަނގަޅު ކޮންޑިޝަންގައި އޮތް ޓީމެއް ތައްޔާރު ކުރުމަށެވެ.
އޭނާ ބުނީ ވަށައިގެން އެނބުރޭ ވާހަކަތަކާއި އެހެން ހުރިހާ ކަންކަމަށް ވުރެ ބޮޑަށް އޭނާ އިސްކަން ދެނީ ފްރާންސްގެ ގައުމީ ޓީމަށް ކަމަށެވެ.
"އަހަރެންގެ އަމިއްލަ ކަންކަމަށް ވުރެ ވެސް ބޮޑަށް އަހަރެން އިސްކުރަނީ ފްރާންސްގެ ޓީމު،" ކުރިިން ކެޕްޓަނެއްގެ ގޮތުގައި ވެސް ވޯލްޑް ކަޕް އުފުލާލި ޑެޝޯމްޕް ބުންޏެވެ.
"މިއަދު ފްރާންސްގެ (ކޯޗުގެ) މަގާމު އޮތީ ހުސްކޮށެއް ނޫން. އަހަރެންނާއި އަހަރެންގެ ކޯޗުން ސްޓާފުން ދަނީ އެ މަގާމުތައް ފުރަމުން. ކޮންމެ މީހަކު ވެސް އެމީހަކު ބޭނުން ވާހަކައެއް ދެއްކިދާނެ. އެ ދައްކާ ވާހަކަތަކުން އަހަންނަށް އެއްވެސް އަސަރެއް ނުކުރާނެ. އެހެން ދައްކާ ވާހަކަތަކަކަށް އަހަރެން ސަމާލުކަމެއް ވެސް ނުދެން."
ޑެޝޯމްޕް ބުނީ މިޑްފީލްޑަރު ޕޯލް ޕޮގްބާ އަށް އޮޕަރޭޝަނަކާ ނުލައި ވޯލްޑް ކަޕަށް ފިޓް ކުރެވެނެ ހަބަރަކީ އޭނާ އަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.
ބްރެޒިލުން ޝައުގުވެރިވިޔަސް ޒިދާން އިސްކުރަނީ ފްރާންސް
ފްރާންސަށް ޒިދާން ކޯޗުކޮށްދޭނެ: ޑެޝޯމްޕްސް
ފްރާންސް ކޯޗުކަން ޒިދާނަށް ކުރެވޭނެ: ޑިޝޯމްޕްސް
"އެއް ވަނަ ބޭނުން، ޓީމަށް ބަދަލުތަކެއް ގެންނާން"
ބަދަލު ގެންނަނީ ޓީމަށް ފައިދާވާ ގޮތަށް: ޑިޝޯމްޕް
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ފްރާންސް ސަލާމަތްވީ އޮސްޓްރިއާގެ ބައި ގޯލަކުން
ބެޔާންގެ ވަޒީފާ ޒިދާނަށް ހުށަހަޅައިފި