16 ޖޫން 2016
މާސޭ (ޖޫން 16) - ފުރަތަމަ އެގާރަ އަށް ބަދަލު ގެންނަނީ ޓީމަށް ފައިދާވާ ގޮތް ބެލުމަށް ފަހު ކަމަށާއި އެކަމުގެ ނަތީޖާ ރޭގެ މެޗުން ފެނިގެން ދިތަ ކަމަށް ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނެފި އެވެ.
މާސޭ (ޖޫން 16) - ފުރަތަމަ އެގާރަ އަށް ބަދަލު ގެންނަނީ ޓީމަށް ފައިދާވާ ގޮތް ބެލުމަށް ފަހު ކަމަށާއި އެކަމުގެ ނަތީޖާ ރޭގެ މެޗުން ފެނިގެން ދިތަ ކަމަށް ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނެފި އެވެ.
ރޭގެ މެޗުގައި ފްރާންސް ޓީމުގެ ފުރަތަމަ އެގާރައިގައި އެންޓޮއިން ގްރީޒްމަން އާއި ޕައުލް ޕޮގްބާ ހިމަނާފައި ނެތުމުން ގިނަ ބައެއްގެ ފާޑުކިއުން ޑިޝޯމްޕަށް އަމާޒުވި އެވެ. ފްރާންސް ރޭގެ މެޗުން މޮޅުވެ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރިއިރު، ޕޮގްބާ އާއި ގްރީޒްމަން ވަނީ ދެ ވަނަ ހާފްގައި ކުޅެން އަރުވައިފަ އެވެ. ފްރާންސުން ދެ ލަނޑު ޖެހީ ވެސް މި ދެ ކުޅުންތެރިން ކުޅެން އެރި ފަހުންނެވެ.
ޑިޝޯމްޕް ބުނީ ކުޅުންތެރިން ހިތްހަމަ ނުޖެހުނު ނަމަވެސް ބަދަލުތައް ޓީމަށް ގެންނަން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ ކަމަށެވެ.
"ގްރީޒްމަން މިދިޔަ ސީޒަނުގައި ގިނަ މެޗުތަކެއް ކުޅުނު. ޕޮގްބާ އަށް ވެސް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ވަނީ ގެއްލިފައި. ނުވަ ދުވަހުގެ ތެރޭގައި ތިން މެޗު ކުޅޭއިރު ޓީމަށް ބަދަލު ގެންނަން ޖެހޭ. އެގޮތަށް ގެނައި ބަދަލެއް ރޭގެ މެޗުގައި އެ ފެނުނީ. ނަތީޖާ ރަނގަޅު،" ޑިޝޯމްޕް ބުންޏެވެ.
ޑިޝޯމްޕް ވަނީ ރޭ އަލްބޭނިއާ އިން ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ.
"އަލްބޭނިއާ އިން ވަރަށް ރަނގަޅަށް ކުޅުނު. ސްވިޒަލެންޑު މެޗުގައި ދެއްކި ކުޅުމަށް ވުރެން މާ މޮޅަށް އަހަރެމެންނާ ދެކޮޅަށް އަލްބޭނިއާ އިން ކުޅުނު،" ޑިޝޯމްޕް ބުންޏެވެ.
މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ދެ މެޗުން ފްރާންސް މޮޅުވި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން މޮޅުވީ 1984 އާއި 2000 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ދެ ފަހަރު ވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފްރާންސެވެ.
ގްރޫޕް ސްޓޭޖުގައި ފްރާންސް ކުޅޭ ފަހު މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ފްރާންސް ކުޅޭނީ ސްވިޒަލެންޑާ ދެކޮޅަށެވެ.
ބްރެޒިލުން ޝައުގުވެރިވިޔަސް ޒިދާން އިސްކުރަނީ ފްރާންސް
ޒިދާން ގެންނަ ވާހަކައިން ހާސްކަމެއް ނެތް: ޑެޝޯމްޕްސް
"އެއް ވަނަ ބޭނުން، ޓީމަށް ބަދަލުތަކެއް ގެންނާން"
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ފްރާންސް ސަލާމަތްވީ އޮސްޓްރިއާގެ ބައި ގޯލަކުން
ފްރާންސްގެ ގައުމީ ޓީމުގައި ރޯދަ ހިފުން މަނާކޮށްފި
ފްރާންސުން ޑިޝޯމްޕްސް އަށް އިތުރު ހަތަރު އަހަރު ދީފި
މެސީގެ އުންމީދު ހާސިލުވެ އާޖެންޓީނާއަށް ޗެމްޕިއަންކަން