19 ޖޫން 2016
އިނގިރޭސި ވިލާތުގެ ދެމަފިރިން ކަމަށްވާ ސެޑީ ބްރިޓްލް، 32، އާއި ފިރިމީހާ ގެރީ، 36، އަށް އިންތިޒާރު ކުރަމުން ދިޔައީ ބްރިޓްލްގެ ބަނޑުގައި އޮތް ދަރިފުޅު ދުނިޔެއަށް އަންނާނެ ވަގުތަކަށެވެ. އެކަމަކު ބަނޑަށް އެންމެ އަށް މަހުގައި މިދިޔަ އޭޕްރީލް މަހު ބައިގެން ދިޔުމުން އެ މީހުންގެ ހިތް ހަލާކުވި އެވެ.
އިނގިރޭސި ވިލާތުގެ ދެމަފިރިން ކަމަށްވާ ސެޑީ ބްރިޓްލް، 32، އާއި ފިރިމީހާ ގެރީ، 36، އަށް އިންތިޒާރު ކުރަމުން ދިޔައީ ބްރިޓްލްގެ ބަނޑުގައި އޮތް ދަރިފުޅު ދުނިޔެއަށް އަންނާނެ ވަގުތަކަށެވެ. އެކަމަކު ބަނޑަށް އެންމެ އަށް މަހުގައި މިދިޔަ އޭޕްރީލް މަހު ބައިގެން ދިޔުމުން އެ މީހުންގެ ހިތް ހަލާކުވި އެވެ.
ނަމަވެސް މިމަހު ކުރީކޮޅު މި ދެމަފިރިން އެމީހުންގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅާ އެކު ޗުއްޓީއަށް ތަނަކަށް ގޮސް އުޅެނިކޮށް އަނެއްކާވެސް ބްރިޓްލް މާބޮޑަށް ބަލިވާން ފެށި އެވެ. އަދި އޭނާގެ ބަނޑު ދުވަހެއް ދުވަހަކަށް އާދަޔާޚިލާފަށް ބޮޑުވާކަން ފާހަގަ ކުރެވެން ފެށި އެވެ.
ބްރިޓްލް އަށް ހީކުރީ ބަލިވެ އިނދެ ބައިގެން ދިއުމުން ހޯމޯންސްތަކުގެ މައްސަލަތަކެއް ދިމާވީ ކަމަށެވެ.
ނަމަވެސް މިފަހަރު ބްރިޓްލް ބެލި ޑޮކްޓަރުންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އޭނާގެ ޔުޓެރަސްގައި އޮވެ ބޮޑުވަމުންދާ ކުއްޖެއް ފެނުމުންނެވެ. މިގޮތަށް ބަލިވެއިނުމަށް ކިޔަނީ ހެޓެރޯޓޮޕިކް ޕްރެގްނަންސީ އެވެ.
މިއީ އެވްރެޖްކޮށް 30،000 މީހަކުން އެކަކަށް ދިމާވާ ކަމެކެވެ. މިގޮތަށް އާއްމުކޮށް ދިމާވަނީ އައިވީއެފްގެ ފަރުވާއިން ބަލިވެ އިންނަ މީހުންނަށެވެ. ބްރިޓްލްގެ ކޭސް މާ އާދަޔާޚިލާފު ކަމަކަށްވީ އޭނާ އަކީ އެއްވެސް ފަރުވާއަކާ ނުލާ ގުދުރަތީ ގޮތުން ބަލިވެ އިން މީހަކަށް ވީމަ އެވެ.
މިހާރު މި ދެމަފިރިން އިންތިޒާރުކުރަމުން ދަނީ ނޮވެމްބަރު މަހަށެވެ. އެމީހުންގެ ފިރިހެން ދަރިފުޅު އުފަންވާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރަނީ އެ މަހު ކަމަށް ވާތީ އެވެ.
ހެއާޑްރެސާއެއްގެ ގޮތުގައި މަސައްކަތްކުރާ ބްރިޓްލް ބަލިވެ އިންކަން އެނގުމާއެކު ހޮސްޕިޓަލަށް ގޮސް ގަވާއިދުން ކުރަން ޖެހޭ ހުރިހާ ޓެސްޓްތަކެއް ހެދުމުން އެކްޓޯޕިކް ޕްރެގްނަންސީ އެއްކަން އެނގުނެވެ. އެކްޓޯޕިކް ޕްރެގްނަންސީ އަކަށް ވަނީ ދަރިފަނި ފެލޯޕިއަން ޓިއުބުގެ ތެރޭގައި އަށަގަތުމުންނެވެ.
ބްރިޓްލް ބުނިގޮތުގައި ޓެސްޓްތައް ހަދާފައި އޭނާ ހޮސްޕިޓަލުން ނުކުމެގެން ގޮސް ކާރަށް އެރިތަނާ ބޯ އަނބުރާ ލޯ މައްޗަށް އަނދިރިވާން ފެށި އެވެ. އަދި ވަޒީފާއަދާކުރާ ތަނަށް ގޮސް ވަންތަނާ އަނބުރައިގަނެގެން ވެއްޓުނެވެ. އޭނާގެ ލޭގެ ޕްރެޝަރު މާބޮޑަށް ދަށްވާން ފެށުމުން އިންޓާނަލް ބްލީޑިން އެއް ހުރިކަމަށް ޑޮކްޓަރުންނަށް ޝައްކުވި އެވެ.
ހަމަ އެ ދުވަހު ސާޖަރީ ހަދައި، ކުއްޖާ އަށަގަނެފައިވާ ފެލޯޕިއަން ޓިއުބު ނެގި އެވެ. އަދި ދެ ފަހަރަށް ލޭ ވެސް އެޅި އެވެ.
"ޑޮކްޓަރުން ވިދާޅުވަނީ އާއްމުކޮށް މިގޮތަށް ފެލޯޕިއަން ޓިއުބުގައި އަށަގަންނަ ކުދިން ވެސް ތިބެނީ ޓިއުބުގެ މެދެއްހާ ހިސާބުގައޭ. ނަމަވެސް އަހަރެންގެ ހުރީ ވަރަށް މަތީގައޭ. އެއީ ހުރިހާ ލޭ ހޮޅިތަކެއް ހުންނަ ހިސާބޭ،" ބްރިޓްލް ކިޔައިދީފައިވެ އެވެ.
ބްރިޓްލްގެ އެއް ފެލޯޕިއަން ޓިއުބު ނެގިޔަސް އަދި އެއް ޓިއުބު އިނުމުން، ކުއްޖަކު ހޯދުމަށް މައްސަލައެއް ކުރިމަތިނުވާނެކަމަށް ޑޮކްޓަރުން އޭނާ ގާތު ބުނި ކަމަށްވެ އެވެ.
އޮޕަރޭޝަން ކުރިތަން މުޅިން ފަސޭހަވުމުން ބްރިޓްލް އާއި ފިރިމީހާ އަދި ހަތަރު އަހަރުގެ ދަރިފުޅު ޗުއްޓީ ހޭދަކޮށްލަން މިދިޔަ މަހު ސްޕެއިނަށް ދިޔަ އެވެ. ނަމަވެސް ބީޗުގައި އޮށޯވެލައިގެން އޮންނައިރު ވެސް އޭނާގެ ބަނޑު މާ ބޮޑުކަމާއި އަދި އޭނާވެސް މާ ބިޔަކަމަށް ބްރިޓްލް އަށް އިހްސާސް ކުރެވެން ފެށި އެވެ.
ބަލިވެ އިންތޯ ޓެސްޓްކުރިއިރު ޕޮޒިޓިވް ވުމުން ސެޕެއިންގެ ފޫޅުމަޔަކަށް ދެއްކުމުން އޮޕަރޭޝަނަށް ފަހު ވެސް ބައެއް ސެލް ހަށިގަނޑުގައި ހުރީމާ އެގޮތަށް ދައްކަނީ ކަމަށް ވެދާނެ ކަމަށް ބުންޏެވެ.
ޗުއްޓީއަށް ފަހު އަނެއްކާވެސް ބްރިޓްލް ހޮސްޕިޓަލަށް ގޮސް ބަނޑު އާދަޔާޚިލާފަށް ބޮޑުވާ ކަމުގެ ޝަކުވާ ކުރި އެވެ. ނަމަވެސް ޑޮކްޓަރަށް ވެސް ކަނޑައެޅިގެން މިވެގެން އުޅޭގޮތެއް ނުވިސްނުނެވެ. އެންމެ ފަހުން އަލްޓްރާ ސައުންޑް ހަދަން ނިންމި އެވެ.
އަލްޓްރާ ސައުންޑް ހަދަން ފެށުމާއެކު ތުއްތު ދަރިފުޅުގެ ހިތް ހިނގާ އަޑު އިވުމުން އެންމެންނަށް ލިބުނީ ހައިރާން ކަމެވެ.
އޭގެ ފަހުން ސްކޭން ހެދިއިރު ބްރިޓްލްގެ ބަނޑަށް 19 ހަފުތާ ވަނީ ވެފަ އެވެ.
އެކްޓޯޕިކް ސްކޭން ހަދާއިރު ގިނަ މީހުންގެ ހެޓެރޯޓޯޕިކް ޕްރެގްނަންސީ ވެސް ދަނެގަނެވެ އެވެ. ނަމަވެސް އެ ސްކޭން ހެދިއިރު ބްރިޓްލްގެ ބަނޑަށް އަށް ހަފުތާ ކަމުން ޑޮކްޓަރުންނަށް އެހެން ހިސާބެއްގައި ވެސް ކުއްޖެއް އިންކަން ފާހަގަ ނުކުރެވުނީ އެވެ.
ބްރިޓްލް އަށް ފަރުވާދިން 23 އަހަރުގެ ތަޖުރިބާހުރި ފޫޅުމަޔަކު ބުނެފައިވާ ގޮތުގައި އޭނާ އެ މަސައްކަތުގައި ހޭދަކުރި ދިގު މުއްދަތުގައި މިފަދަ ގޮތަކަށް ބަލިވެ އިން މީހަކު ނުދެކެ އެވެ.
ކުއްޖާ ރަހިމުގައި އޮއްވާ ބޮޑު އޮޕަރޭޝަނެއްކޮށް އެންޓިބައޮޓިކްސްތައް ކެވިފައި ވިޔަސް ބަނޑުގައި އޮތް ދަރިފުޅުގެ ސިއްހަތު ބަރާބަރުކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ދެ ރަހިމުން މީހަކަށް އެއްފަހަރާ ދެ ކުދިން ލިބިއްޖެ
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
މާބަނޑު އިރު ޕެރެސެޓެމޯލް ކެއުމާ މެދު ވިސްނަންޖެހޭ
މާބަނޑުއިރު ބިސް ކެއުމުން ދަރިފުޅުގެ ވިސްނުންތޫނުވޭ
މާބަނޑުއިރު ފޮނިތަކެތި ބުއިމުން ދަރިން ނޭވާހިއްލަފާނެ
އެބޯޓްކުރި ދަރިފުޅު 15 އަހަރު ވީއިރުވެސް ބަނޑުގައި
ސިޒޭރިއަން ހަދަން ފަޅާލި ތަނަށް ތަދުވޭތަ؟