Roadha Mihaaru
ރައްޔިތުންނަށް ލިބިގެންވަނީ އެއް ހައްގުތަކެއް: ރައީސް

ހުރިހާ އެންމެނަށް ލިބިގެންވަނީ އެއް ހައްގުތަކަކާއި އިމްތިޔާޒްތަކެއް: ރައީސް

29 އެޕްރީލް 2017

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ އެއް ހައްގުތަކަކާއި އިމްތިޔާޒްތަކެއް ލިބިގެންދާނެ ބައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ އެއް ހައްގުތަކަކާއި އިމްތިޔާޒްތަކެއް ލިބިގެންދާނެ ބައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވެރިކަން ކުރާ ޕީޕީއެމުން މާލޭ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް އެކިއެކި ޚިދުމަތްތައް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި އެ މަނިކުފާނުގެ ކުރިފުޅުމަތީގައި "ރާއްޖެއަކީ އެއް ރާއްޖެއެއް" ކަމަށާއި މާލެ އާއި ރާއްޖެތެރެއެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެތެރޭ މީހުންނަކީ އުޅޭ ބައެއް ނޫން. ކިތަންމެ ފަހަރަކު މި ވާހަކަ ދެކެވިއްޖެ. އަޅުގަނޑުގެ ވެރިކަމުގައެއް ނޫން ދެ ދަރަޖައިގެ މީހުން އުޅޭ ކަމަށް ބުނެވިފައި އޮތީ. އަޅުގަނޑު ސަރުކާރުގައި ހުރިހާ ދިވެހިންނަކީ ވެސް ދިވެހިން. ހުރިހާ ދިވެހި ރައްޔިތުންނަކީ އެއް ހައްގުތަކެއް އިމްތިޔާޒްތަކެއް ލިބިގެންދާ ބައެއް،" ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ކެބިނެޓަށް ބަލާނަމަ، އަޣުލަބިއްޔަތު އޮތީ ރަށްރަށުގެ ބޭފުޅުންނަށް ކަމަށާއި އެ މަނިކުފާނަކީ ވެސް "ހަތަރު ކަށިމަތި މާލޭ މީހެއް ނޫން ކަމަށް" ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ "އެއް ފަޅި" ނިސްބަތްވަނީ ނ. ވެލިދު އަށެވެ.

ޕީޕީއެމުން މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި ރައީސް ޔާމީންގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމުން މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި ރައީސް ޔާމީންގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު އޮތީ ރައްޔިތުންނަށް ޚިދުމަތް ކުރަން ކެތް މަދުވެފަ އެވެ. އަދި އަންނަ މަހު ހަ ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމަށް ބޮޑު އަޣުލަބިއްޔަތެއް ލިބެން ބޭނުންފުޅުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން ޚިދުމަތް ދޭއިރު، އެކި ދާއިރާތަކުގައި ތިއްބަވާ ކައުންސިލަރުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާ ނަމަ، ތަރައްގީގެ ކަންކަން ހިންގަން ފަސޭހަވާނެ ކަމަށާއި ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ބައެއް ރަށްރަށުގައި ގާއިމު ނުކުރެވުނީ އިދިކޮޅު ފަރާތްތަކުން ކައުންސިލްތަކުގައި ތިއްބެވުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ އަށަކާ ހަމަ އަށް ހިނގި ކަންކަމާއި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގައި ހުދާ ކަޅުގެ ތަފާތު ހުރި ކަމަށާއި އެ ކަންކަމާއި ތަފާތު ރައްޔިތުންނަށް އަލުން ހަނދާންކޮށް ދިނުމަށް އެދިވަޑައިގަންނަވައިފަ އެވެ. އެ މަނިކުފާނުގެ ވާހަކައިގައި މާލޭގައި ހިނގަމުން އަންނަ ބައެއް ބޮޑެތި ޕްރޮޖެކްޓްތަކާއި މާލޭގައި ދިރިއުޅޭ މީހުންނަށް ދިމާވެފައި ހުރި ބައެއް މައްސަލަތައް ހައްލުކޮށްދެއްވި ކަން ފާހަގަ ކުރެއްވި އެވެ.

ޕީޕީއެމުން މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތަށް ރައީސް ޔާމީންގެ ދެކަނބަލުން މިރޭ ވަަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމުން މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތަށް ރައީސް ޔާމީންގެ ދެކަނބަލުން މިރޭ ވަަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް

އެމަނިކުފާނުގެ ވާހަކަފުޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އެންމެ ފުރަތަމަ ހައްޔަރު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންކަން ފާހަގަކުރެއްވި އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުލުސް އޮފީހަށް ހާޒިރު ކުރީ ވެސް ނަޝީދު ސަރުކާރުގައި ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެ ހުރިހާ ކަމެއް ހިނގަމުން ދަނިކޮށް ބާތިލުގެ މައްޗަށް ހައްގު ގަދަވި ދުވަހަކީ 2012 ފެބުރުއަރީ ހަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން އިދިކޮޅު ލީޑަރުން ހައްޔަރު ކުރުމާ ގުޅޭ ގޮތުން އެ މަނިކުފާނު އެއްޗެއް ވިދާޅެއްނުވެ އެވެ.