ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތަކާއި ޝަކުވާތައް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް މެމްބަރުން ރައީސް އަބްދުﷲ ޔާމީނާ މިއަދު ހިއްސާކުރައްވައިފި އެވެ.
14 މެއި 2017
ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތަކާއި ޝަކުވާތައް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް މެމްބަރުން ރައީސް އަބްދުﷲ ޔާމީނާ މިއަދު ހިއްސާކުރައްވައިފި އެވެ.
"މިހާރު"އާ ވާހަކަދެއްކެވި ޕީޕީއެމް މެމްބަރަކު ވިދާޅުވީ މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ކަމަށެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ބައްދަވުމުގައި މެމްބަރުން ވަނީ އިންތިހާބުގެ ކަންތައްތައް ދިޔަ ގޮތުގެ ރިޕޯޓު ހުށަހަޅުއްވާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި 30 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގަތް ކަމަށް ވެ އެވެ.
"މިހާރު"އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކާޑުގެ އަގަށް އައި ބަދަލާއި ކަރަންޓުގެ އަގު ބޮޑުކުރުމެވެ. އެހެންވެ، އެ ޝަކުވާތައް ރައީސަށް ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަންކަމުގެ އިތުރުން ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ބައެއް ތަކުލީފްތަކާއި އުނދަގޫތައް ވެސް ހިއްސާ ކުރިން، ވަރަށް ބޭނުންތެރި ބައްދަލުވުމެއް މި ބޭއްވީ،" މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކުން ސަރުކާރާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް ރައީސާ މަޝްވަރާކުރެއްވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ކައުންސިލްތައް ކާމިޔާބުކުރީ، ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިދިކޮޅު އިއްތިހާދުގެ ތެރެއިން ނުކުތް އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ޕީޕީއެމް މެމްބަރު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަކީ މެމްބަރުން ކަންބޮޑުވާ ކަމެއް ކަމަށް ދެންނެވި ކަމަށެވެ. އަދި އެކަން ހުއްޓުވަން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ނަރުހެއް، ނޫނީ ޓީޗަރެއް، ސަރުކާރާ ދެކޮޅަށް ފާޅުގައި އަޑުއުފުލައި ހަދާއިރު، އޭނާ އަށް ރަނގަޅު ހިދުމަތެއް ދެވިދާނެތޯ ސުވާލު އުފެދޭ. އެހެންވީމަ އެކަހަލަ ކަންބޮޑުވުންތަކެއް މެމްބަރުންގެ ހުރީ،" އެ މެމްބަރު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ބައެއް މެމްބަރުން ވަނީ ކައުންސިލްތަކަށް ކޯޑިނޭޓަރުން އައްޔަން ކުރަން ވެސް ރައީސަށް ދަންނަވާފަ އެވެ.
ރައީސްގެ ވަރުގަދަ ހަމަލާތަކެއް އިދިކޮޅު ފަރާތްތަކަށް
ޕީޕީއެމްގެ ޕްރައިމަރީއަކަށް ހުޅުވައެއް ނުލެވޭނެ:މައުމޫން
"ޕީޖީގެ އަޣުލަބިއްޔަތު ނަގާލަން އުޅުމަކީ ޣައްދާރުވުން"
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް
އިންތިހާބު ލަސްކުރުމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ
އިދިކޮޅުގެ ޝަރުތަކީ ޔާމީން މިނިވަންކުރުން
ޕީޕީއެމްގެ ކުޅިބައި އަތުރާލަނީ، ކާމިޔާބުވާނެ: ޝިޔާމް
އިދިކޮޅަށް 45 މެމްބަރުން، ސަރުކާރަށް 40 މެމްބަރުން
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!