22 އެޕްރީލް 2019
ޕީޕީއެމްގެ ލީޑަޝިޕަށް ގެނައި ބަދަލާ އެކު ސިޔާސީ މަސްރަހުގައި އެންމެ ކާމިޔާބު ޕާޓީގެ މަގާމް އަލުން ހޯދުމަށް "ކުޅިބައި އަތުރާލަމުން" އަންނަ ކަމަށް އެ ޕާޓީ އަށް އަލަށް އައްޔަން ކުރި ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ލީޑަޝިޕަށް ގެނައި ބަދަލާ އެކު ސިޔާސީ މަސްރަހުގައި އެންމެ ކާމިޔާބު ޕާޓީގެ މަގާމް އަލުން ހޯދުމަށް "ކުޅިބައި އަތުރާލަމުން" އަންނަ ކަމަށް އެ ޕާޓީ އަށް އަލަށް އައްޔަން ކުރި ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމަކީ ކާމިޔާބު ޕާޓީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވީ، އުފެއްދިތާ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ވެރިކަމަށް އައިސް 2014 ގައި ބޭއްވި އާއްމު އިންތިޚާބުގައި މަޖިލީހުގެ އަޣުލަބިއްޔަތާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި ދެމިއޮތް ވާހަކަ އަށެވެ.
އެ ކާމިޔާބީއާ އެކު އޮތް ޕީޕީއެމަށް، މިދިޔަ ރިޔާސީ އިންތިޚާބާއި މި މަހުގެ ކުރީކޮޅު ބޭއްވި އާއްމު އިންތިޚާބު ވެސް ނާކާމިޔާބުވީ އެވެ. މިއީ ޕާޓީގެ ލީޑަޝިޕަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ކަމަށް އުފުލި އަޑުތަކާ އެކު ތިން ނައިބު ރައީސުން އައްޔަންކޮށް ޕާޓީގެ ލީޑަޝިޕަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
ޕީޕީއެމްގެ ނައިބުންގެ ގޮތުގައި އަލަށް ހަމަޖެއްސީ ޝިޔާމްގެ އިތުރުން ގުރައިދޫ ދާއިރާ އަށް ހޮވިވަޑައިގެންނެވި ޣައްސާން މައުމޫނާއި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒެވެ.
ޝިޔާމް "މިހާރު" އަށް ވިދާޅުވީ ޕާޓީ އަށް ކުރިމަތިވި ހާލަތުން އަރައިގަތުމަށް ސިޔާސަތުތަކެއް މިހާރު ވަނީ އެކުލަވާލަން ފަށާފައި ކަމަށެވެ. އެންމެ މުހިއްމު އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ޕާޓީގެ އާއްމު މެމްބަރުންނާ އޮންނަ ގުޅުން ވަރުގަދަ ކުރުމެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި ދައުލަތަށް ކަނޑައެޅި ފައިސާ ދޫނުކޮށް އަދިވެސް ހިފަހައްޓާފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ މެމްބަރުންނާ ގުޅުން ބަދަހިކުރުމުގެ ދަތުރުތަކާއި ޕާޓީގެ ގޮފިތަކުގެ އިންތިޚާބު އަލުން ބާއްވާނެ ކަމަށެވެ. ޕާޓީ ހަމައިސްކޮޅަށް ދެމިލެވެން އޮތީ، ގޮފިތަކުގެ އިންތިޚާބު ބާއްވައި އާއްމު މެމްބަރުންނާއި ލީޑަޝިޕާ އޮންނަ ގުޅުން ބަދަހިކޮށްގެން ކަމަށް ވިދާޅުވި އެވެ.
"ރަށްރަށުގައި ހުރި ޕާޓީގެ ގޮފިތަކުގެ އިންތިޚާބުތައް ބާއްވައި ގޮފިތައް ހަރަކާތްތެރި ކުރުވާނަން،" ޝިޔާމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސުންނަށް މިރޭ އައްޔަން ކުރެއްވި ތިން ބޭފުޅުން (ކ-ވ) ޣައްސާން، ޑރ. މުއިއްޒު އަދި މެމްބަރު ޝިޔާމް.
ޕީޕީއެމަށް ބަދަލުތައް ގެންނަނީ، އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށެވެ. ރިޔާސީ އިންތިޚާބަށް ފަހު އެމަނިކުފާނުގެ އިސްތަށިފުޅުގައި ތުހުމަތުތަކެއް އަޅުވައި އިންސާފުން ބޭރުން ކަންކަން ކުރަމުންދާ ކަމަށާއި އެހެންވިޔަސް ޕާޓީ ހަރުދަނާ ވާނީ އެމަނިކުފާނުގެ ލަފަޔާއި އިރުޝާދާ އެކު ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ރައީސް ޔާމީން އަދިވެސް ހުންނެވީ ސިޔާސީ މައިދާނުގައި، ޕާޓީގެ ކުރިމަގު ބިނާކުރެއްވުމުގެ މަސައްކަތްޕުޅުގައި. އެމަނިކުފާނު މިވަގުތު ޕާޓީއާ ދުރަށް ވަޑައިގެންފި ނަމަ އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ،" އާ ލީޑަޝިޕަކަށް ޖާގަ ދެއްވައި ޔާމީން އެއްފަރާތްވެވަޑައިގަތުމާ ގުޅޭ ވާހަކަތަކަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި މަޖިލީސް އިންތިޚާބު ޕީޕީއެމަށް ގެއްލުނީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ޖާގަ ނެތުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް 65 ގޮނޑި ކާމިޔާބުވީ ވޯޓުލީ އާބާދީގެ 37 ޕަސެންޓުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެ ހަގީގަތްތަކާ އެކު ޕީޕީއެމްގެ ކުޅިބައި އަތުރާލާނީ ޕާޓީއާ ގުޅެން ބޭނުންވާ އެންމެންނަށް ފުރުސަތުދީގެން ކަމަށް ވިދާޅުވި އެވެ. އޭގެތެރޭގައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ސަރުކާރު ޒިންމާދާރު ކުރުވާނެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ވަރަށް އަވަހަށް ހަރަކާތްތެރިވާނެ އެވެ.
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ
ރައީސްގެ ފެކްޝަނުން ކޮމެޓީތަކުގެ ކޮންޓްރޯލް ނަގައިފި
"ޕީޖީގެ އަޣުލަބިއްޔަތު ނަގާލަން އުޅުމަކީ ޣައްދާރުވުން"
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
ޖަލަށްް ދާން ބިރެއް ނުގަނޭ: ފާރިސް
ސަރުކާރަށް މަޖިލިހުގެ ކޮންޓްރޯލް ގެއްލުމުގެ ބިރު
އިތުރު މެމްބަރުންތަކެއް މައުމޫނާ ގުޅިވަޑައިގެންފި