28 އެޕްރީލް 2017
ގްރީން ސްޓްރީޓްސްއާ މެދު މީހުން ދެކޭ ގޮތް މި ސީޒަން ނިމުމުގެ ކުރިން ބަދަލުކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
ގްރީން ސްޓްރީޓްސްއާ މެދު މީހުން ދެކޭ ގޮތް މި ސީޒަން ނިމުމުގެ ކުރިން ބަދަލުކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
ގްރީން ސްޓްރީޓްސް މި ވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު އެވެ. އެ ޓީމު ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްފަ އެވެ. ބަލިވީ އެއް މެޗުންނެވެ.
"އަޅުގަނޑުގެ އެންމެ މުހިއްމު އެއް ކަމަކީ މި ސީޒަން ނިމޭއިރު އަޅުގަނޑުމެންނާ ދޭތެރޭ އެ ދެކޭ ގޮތް ބަދަލުކުރުން. ގްރީން ސްޓްރީޓްސް އަކީ ދިވެހި ފުޓްބޯޅައިގެ ފައި ހަރުލާ ރަނގަޅު އާރުލާ ބަޔަކަށް ހެދުމަށް. މައްޗަންގޯޅީގައި ލެގޫންސް ގޮތަށް ފުޓްބޯޅައިގެ ވަރުގަދަ ނަމެއް ބޭއްވުން،" މި އަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާ ބުންޏެވެ.
ގްރީން ސްޓްރީޓްސް މިރޭ ނުކުންނާނީ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. ނިއު އަކީ ސޮބާ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެ އަދި ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ކްލަބެކެވެ.
"ނިއު ރޭޑިއަންޓަކީ ދުވަސްވީ ބައިވަރު ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެއް. އަޅުގަނޑުގެ ކެރިއަރުގައި ވަރަށް ހާއްސަ ޓީމެއް ކުޅުންތެރިއެއްގެ ގޮތުގައި އޭގެ އިތުރުން ކޯޗެއްގެ ގޮތުގައި ވެސް ކާމިޔާބު ވެސް ހޯދި ޓީމެއް. މި މެޗު އެގޮތަށް ބަލާއިރު އަޅުގަނޑަށް ހާއްސަ،" ސޮބާ ބުންޏެވެ.
ސޮބާގެ ކުރީގެ ދެ ކްލަބް ކަމަށްވާ ވިކްޓަރީ އާއި އީގަލްސް އަތުން ގްރީން ސްޓްރީޓްސް ވަނީ މޮޅުވެފަ އެވެ. ނިއުއާ ދެކޮޅަށް ވެސް ނުކުންނާނީ މަދުވެގެން ޕޮއިންޓެއް ހޯދުމުގެ ވިސްނުމުގައި ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
"އަޅުގަނޑުގެ ހިތްވަރަކީ މިތިބި ކުޅުންތެރިން. މާ ބޮޑު ނަމެއް ނޫން ބޭނުންވަނީ. އެކުގައި ހިތްވަރެއްލައިގެން މޮޅުވާން މަސައްކަތްކުރާ ޓީމެއް. ގްރީން ސްޓްރީޓްސް މެޗު ނިއު އަށް ފަސޭހައެއް ނުވާނެ. ފުރަތަމަ މިނިޓުން ފެށިގެން ފަހު މިނިޓާ ހަމައަށް އެއްވެސް ދުލެއްނުދީ ކުޅޭނަން،" އޭނާ ބުންޏެވ
މި ސީޒަނުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމަކުން ވެސް އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ވާހަކަ ދައްކަ އެވެ. މިރޭގެ މެޗަށް ނުކުންނައިރު ގްރީން ސްޓްރީޓްސް އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ ޔޫކްރޭން މިޑްފީލްޑަރު ސުބޮލް އިލިއާ އަށް ނުކުޅެވުމެވެ.
"ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ވަރަށް ލިމިޓެޑް. ނިއުއާ ދެކޮޅަށް ސުބޮލް އިލިއާ އަށް ނުކުޅެވުމަކީ ވަރަށް ބޮޑު ގެއްލުމެއް. ކާމިޔާބަކަށް ދާން ބޭނުމިއްޔާ ޝަކުވާއެއް ކުރެވެން ނޯންނާނެ. ކޮންމެ މެޗަކަށް ވެސް އަޅުގަނޑު ދާނީ މޮޅެއް ހޯދަން. އެ ދުވަހެއްގައި ބުރަކޮށް މަސައްކަތްކުރާ ޓީމަކަށް ކާމިޔާބު ލިބޭނީ،" ސޮބާ ބުންޏެވެ.
ނިއު އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން އެ ޓީމުގެ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ ވަނީ ބަދަލުކޮށްފަ އެވެ. މިރޭގެ މެޗުގައި ގަލާޑޯ ފެނުމުގެ ފުރުސަތު ކުޑައިރު، އޭނާ ނުކުޅުމަކީ ގްރީން ސްޓްރީޓްސް އަށް އޮތް ކޮންމެވެސް ވަރެއްގެ އެޑްވާންޓޭޖެއް ކަމަށް ސޮބާ ގަބޫލުކުރެ އެވެ.
"ނިއުގެ ގަލާޑޯ އަށް ނުކުޅެވުމަކީ އަޅުގަނޑުމެންނަށް އެޑްވާންޓޭޖެއްގެ ގޮތުގައި ދެކެނީ. އެއީ މި ވަގުތަށް ބަލާއިރު އެންމެ ގޯލާ ރަށްޓެހި ފޯވާޑަކަށް ފެންނަނީ ގަލާޑޯ. އެކަމު އެހިސަބުން ނިމުނީ އެއް ނޫން. އެ ޓީމުގައި ސެންޓޭ ވެސް އެބަހުރި،" ސޮބާ ބުންޏެވެ.
ގްރީން ސްޓްރީޓްސްގައި މި ވަގުތު އޮތް ސްކޮޑާ މެދު އަދި އެންމެ ހިތްހަމަ ނުޖެހޭ ކަމަށާއި ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް ތިބި ނަމަ އެ ޓީމު މިހާރަށް ވުރެން ވެސް ތަފާތުވާނެ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
ގްރީން ސްޓްރީޓްސް އާއި ނިއު ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.
މާޒިޔާއަކީ އަދިވެސް އެންމެ ވަރުގަދަ ޓީމު: ސޮބާ
މިހިސާބަށް އައިސް ފެއިލްވާން ބޭނުމެއް ނޫން: ސޮބާ
ވެލެންސިއާ އަކީ ފަސޭހަ ޓީމެއް ނޫން: ސޮބާ
ނިއު އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް: ސޮބާ
ގްރީން ސްޓްރީޓްސް އޮތީ ހަމަބިމުގައި: ސޮބާ
ގްރީން ސްޓްރީޓްސްގެ މައްޗަށް ނިއު ކުރި ހޯދައިފި
މާޒިޔާ މެޗު، ގްރީން ސްޓްރީޓްސް އަށް ބޮޑު ޓެސްޓެއް!
"މާޒިޔާ އާއި ނިއުއާ ވާދަކުރެވޭނީ ރަނގަޅުކޮށްގެން"
ބޮޑު މޮޅާ އެކު ނިއު އެއް ވަނަ އަށް
ގްރީންސްޓްރީޓްސް އިން އެދުނީ ރެފްރީ ބަދަލުކުރަން: ސޮބާ