19 މެއި 2017
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ތިން ވަނަ މަގާމް ގްރީން ސްޓްރީޓްސް އަށް ލިބުނު ނަމަވެސް، ދެ ވަނަ ބުރާ ކުރިމަތިލާއިރު އެ ޓީމު އޮންނާނީ ހަމަބިމުގައި ކަމަށް ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ތިން ވަނަ މަގާމް ގްރީން ސްޓްރީޓްސް އަށް ލިބުނު ނަމަވެސް، ދެ ވަނަ ބުރާ ކުރިމަތިލާއިރު އެ ޓީމު އޮންނާނީ ހަމަބިމުގައި ކަމަށް ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.
ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޓީމުން ވަނީ ފުރަތަމަ ބުރުގައި ވިކްޓަރީ، އީގަލްސް، ޔުނައިޓެޑް ވިކްޓަރީ އަދި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު އެ ޓީމު ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. ސޮބާ ބުނީ ފުރަތަމަ ބުރުގެ މެޗުން އެ ޓީމު އަތުން 3-1 އިން މޮޅުވެފައި އޮތަސް މާދަމާގެ މެޗު އެއްގޮތަކަށް ވެސް ފަސޭހަނުކުރާނެ ކަމަށެވެ.
"ކޮންމެ މެޗެއް ވެސް ތަފާތު ވާނެ. ޓީސީ ވިޔަސް އެހެން މެޗެއް ވިޔަސް. ފުޓްބޯޅައިގައި އެއް ނަތީޖާ ނުނުކުންނާނެ އަބަދު. އަޅުގަނޑު އަދިވެސް ދެކެނީ ޓީސީ އަކީ ގްރީން އަށް ވުރެ ހުރިހާ ގޮތަކުން ވަރުގަދަ ޓީމެއްގެ ގޮތުގައި. މެނޭޖްމަންޓަށް ބެލިޔަސް ކުޅުންތެރިންނަށް ބެލިޔަސް އަދި ކޯޗަށް ބެލިޔަސް. އަޅުގަނޑުގެ ފުލް ރެސްޕެކްޓް އެބައޮތް. ކުރީ މެޗުގައި ތިނެތި ޖެހިފައި އޮތީމާ މާދަމާ މޮޅުވެވޭނެޔޭ ކިޔައި އީޒީކޮށްލަން ހިތަކަށް ނާރާ. ކޮންމެ ގޮތެއް ވިޔަސް ޓީސީ އިތުރަށް ތައްޔާރުވާނެ މާދަމާގެ މެޗަށް،" ސޮބާ ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ބުރުގެ ތިން ވަނަ ލިބުމަކީ ކާމިޔާބެއް ކަމަށާއި ގްރީން ސްޓްރީޓްސްގެ އަމާޒަކީ އެ ޓީމާ ދޭތެރޭ ދެކޭގޮތް ބަދަލުކޮށް އިހުތިރާމް ހޯދުން ކަމަށެވެ.
"އަޅުގަނޑުމެން ކުރަނީ މަސައްކަތް. ތަފާތު ބޮޑު ނަންނަތަކެއް ނުވަތަ ނެޝަނަލް ޓީމު ޕްލެޔަރުންތަކެއް ނެތް މި ޓީމުގައި. އަޅުގަނޑު އުއްމީދުކުރަނީ ފުރަތަމަ ބުރުގައި އެ ދެއްކި އެޓިޓިއުޑާއި ކުރި ބުރަ މަސައްކަތް ދެ ވަނަ ބުރުގައި ކުރާނެ ކަމަށް. ފުރަތަމަ މިނެޓުން ފަހު ސިކުންތަށް މަސައްކަތްކުރާނަން އަޅުގަނޑުމެން. ފަރުވާކުޑަކޮށްނުލާ ތިބެއްޖެއްޔާ ބޭނުންވާ ޓާގެޓެށް އަދިވެސް ރީޗް ވެވޭނެ،" ސޮބާ ބުންޏެވެ.
ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ކުރި ތަޖުރިބާ އަކީ ވެސް މެޗުތައް ފަސޭހަކޮށްލައިގެން ލަނޑު ލިބުން ކަމަށާއި އޭގެ އަލީގައި އެއްވެސް މެޗެއް ފަސޭހަކޮށްނުނަގާނެ ކަމަށެވެ.
"ގްރީން ސްޓްރީޓުން ސައިޒެއް ނޯޅޭ. އަޅުގަނޑުމެން ހަމަބިމުގައި ތިބޭނީ. ކޮންމެ މެޗަކީ ފައިނަލް މެޗެއް ކަމަށް ދެކިގެން ބެސްޓް ދީފިއްޔާ ލީގުގައި ބޭނުންވާ ހިސާބަށް ދެވިދާނެ. ދެ ވަނަ ބުރު ފަސޭހަނުވާނެ. ވިކްޓަރީ އަންނަނީ ރަނގަޅުކުރަމުން. ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ އާ ދެކޮޅަށް ވެސް ކުޅޭނީ މުޅިން އާ މެޗެއް އެހެންކަމުން ޑަބަލް އުނދަގޫވާނެ. އަޅުގަނޑުމެން މި ވަގުތު ތިން ވަނައިގައި އޮތަސް އަދި ނުނިންމަން އޮންނަން ޖެހޭނީ މި ވަނައިގައިއޭ،" ސޮބާ ބުންޏެވެ.
އޭނާ ބުނީ މާދަމާ ޓީސީ އަތުން މޮޅަކަށް މަސައްކަތްކުރާނެ ކަމަށާއި އެކަމަކު އަމާޒަކީ މަދުވެގެން ޕޮއިންޓަކާ އެކު ގެޔަށް ދިއުން ކަމަށެވެ.
ގްރީން ސްޓްރީޓްސް - ޓީސީ (ހޮނިހިރު) 16:00
ނިއު ރޭޑިއަންޓް - ވެލެންސިއާ (ހޮނިހިރު) 21:00
އީގަލްސް - ޔުނައިޓެޑް ވިކްޓަރީ (އާދީއްތަ) 21:00
މާޒިޔާ - ވިކްޓަރީ (ހޯމަ) 16:00
ގްރީން ސްޓްރީޓްސްގެ މައްޗަށް ނިއު ކުރި ހޯދައިފި
ގްރީން ސްޓްރީޓްސްއާ މެދު ދެކޭގޮތް ބަދަލުކުރެވޭނެ: ސޮބާ
ބޮޑު މޮޅާ އެކު ނިއު އެއް ވަނަ އަށް
ގްރީން އަށް ދެ ވަނަ، އީގަލްސް ކަޓައި ޓީސީ ލީގަށް
ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް
ގްރީންގެ އޮފިޝަލަކު ސަސްޕެންޑްކޮށް ކްލަބަށް އިންޒާރުދީފި
މާޒިޔާ ބަލިކޮށް ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގާ ގާތަށް
ގްރީން އިން ކުޅޭ ގޭމް މާޒިޔާ އަށް އެނގޭ: ސެކުލޮސްކީ
މާޒިޔާއަކީ އަދިވެސް އެންމެ ވަރުގަދަ ޓީމު: ސޮބާ
ޔޫވީ ބަލިކޮށް ގްރީން މުހިއްމު ތިން ޕޮއިންޓް ހޯދައިފި