08 ޖުލައި 2017
ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކޮށް ވަރަށް ބުރަ މަސައްކަތްތަކެއްކޮށް ރަނގަޅު ހިސާބަކަށް ދެވިއްޖެ ކަމަށާއި އެކަމަކު މިހިސާބުން ފެއިލްވާން ބޭނުންނުވާ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.
ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކޮށް ވަރަށް ބުރަ މަސައްކަތްތަކެއްކޮށް ރަނގަޅު ހިސާބަކަށް ދެވިއްޖެ ކަމަށާއި އެކަމަކު މިހިސާބުން ފެއިލްވާން ބޭނުންނުވާ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.
މާޒިޔާ ފިޔަވައި އެހެން ހުރިހާ ޓީމެއް ބަލިކޮށްފައިވާ ގްރީން ސްޓްރީޓްސް ފުރަތަމަ ބުރު ނިމުނުއިރު ތިން ވަނައިގައި އޮތް ނަމަވެސް އެންމެ ފަހުން ކުޅުނު ދެ މެޗުން ފަސް ޕޮއިންޓް ގެއްލި ކޮންމެވެސް ވަރެއްގެ ހާސްކަމަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މި ވަގުތު ލަނޑުގެ ތަފާތުން ހަތަރު ވަނައިގައި އޮތްއިރު ގަދަ ހަތަރެއްގެ ފުރުސަތު ހޯދުމަށް މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވުން ވަރަށް މުހިއްމެވެ.
"ވިކްޓަރީ އަތުން އަޅުގަނޑުމެންނަށް ވަރަށް މުހިއްމު މެޗެއް ގެއްލުނީ. އަޅުގަނޑުމެންނާ ވިއްދާފައި އޮތް ޓީމެއްގެ އަތުން ވީމާ އުނދަގޫތަކެއް ކުރިމަތިވި. އެކަމަކު އަދިވެސް ފުރުސަތު އެބައޮތް،" ސޮބާ ބުންޏެވެ.
އޭނާ ބުނީ މީގެ ކުރިން ވެސް އެއްވެސް ޓީމެއް އަންޑައެސްޓިމޭޓް ނުކުރާ ކަމަށާއި ގަދަ ހަތަރަކުން ޔުނައިޓެޑް ވިކްޓަރީ އަށް ފުރުސަތު ގެއްލިފައި އޮތަސް އެ ޓީމާ ދޭތެރެ ފަރުވާކުޑަނުކުރާނެ ކަމަށެވެ.
"އަމުދުން (މުހައްމަދު) ނަޒީހު ހަވާލުވެގެން ޔުނައިޓެޑް ވިކްޓަރީ ކުރިއެރުން ހޯދައިފި. މިދިޔަ މެޗުން ނިއު ރޭޑިއަންޓް އަތުން ބަލިވިޔަސް މުޅި މެޗު ހެން ބޮޑު ބައި ރަނގަޅަށް ކުޅެ ޑޮމިނޭޓް ވެސް ކުރި. ނިއު ރޭޑިއަންޓަށް ވެސް ފަސޭހަ މެޗަކަށް ނޫން ވެގެން ދިޔައީ. ނިއު ރޭޑިއަންޓުގައި އެތިބަ ކޮލިޓީ ދެ ތިން ޕްލެޔަރެއް އެ މީހުނަށް މަދު ޗާންސުގެ ބޭނުން ހިފީ. ފުރަތަމަ ހާފުގައި ގަލާޑޯ ޖެހި ގޯލުން އެއިނީ މެޗު އެނބުރިފައި. ދެން އެހެން އުޅެމުން އުޅެމުން އައިސް ކޯނަރަކުން ލަނޑެއް ޖެހީ. އެއީ އަޅުގަނޑެއް ނުދެކެން ނިއު ރޭޑިއަންޓް މާމޮޅަށް ކުޅެގެން ޖެހި ލަނޑެއް ކަމަށް،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ މިރޭގެ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން 90 ވަނަ މިނެޓާ ހަމައަށް، ކޮންމެ މިނެޓެއް ވެސް ވަރަށް މުހިއްމު ކަމަށެވެ.
"އަޅުގަނޑުމެން ބައިވަރު މަސައްކަތްކޮށް ކާމިޔާބު ހޯދާފައި މިހިސާބަށް އައިސް ފެއިލްވާން އަޅުގަނޑު ބޭނުމެއް ނޫން. ކުޅުންތެރިން ވެސް ބޭނުމެއް ނުވާނެ. މިރޭގެ މެޗުން ޕޮއިންޓެއް ގެއްލިއްޖެއްޔާ އަނެއްކާ ކައްސާލާނެ. އެވަރު ވިސްނައިގެން މެޗަށް ނުކުންނާނީ،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ އެވްރެޖް ކުޅުންތެރިންތަކެއް ގޮވައިގެން ކުޅޭއިރު މެނޭޖްމަންޓުގެ އަތްދަށުން ކިރިޔާ ކަމެއް ދިޔަޔަސް އުނދަގޫވާނެ ކަމަށާއި އެފަދަ މައްސަލަތަކެއް ދިމާވިޔަސް މިހާރު އެކަންކަން ހައްލުވެއްޖެ ކަމަށެވެ.
"އަޅުގަނޑު ކުޅުންތެރިންނަށް އީދަށް ދެ ދުވަސް ތިން ދުވަސް ޗުއްޓީއަށް ދިނީމާ ބައެއް ކުޅުންތެރިން އައީ ވިކްޓަރީ މެޗަށް ނޫނީ ހަފުތާއެއް ފަހުން އައީ. އެގޮތަށް ކަންތައްތައް ވަންންޏާ އަޅުގަނޑުމެން އެވްރެޖްޓް ޓީމުތަކަށް ވަރަށް އުނދަގޫވާނެ ނަމުން ބޮޑު ކޮލިޓީ ޕްލެޔަރުން ތިބި ޓީމުތައް ބަލިކުރަން. އެކަމަކު މިހާރު ޓީމުގެ ކަންކަން ވަނީ ހަމަޖެހިފައި،" ސޮބާ ބުންޏެވެ.
މެޗާ ކުރިމަތިލާއިރު ގްރީން ސްޓްރީޓްސް އޮތީ 18 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ތިން ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ ކްލަބް އީގަލްސް އެވެ. ފަސް ވަނައިގައި 18 ޕޮއިންޓާ އެކު އޮތީ ލަނޑުގެ ތަފާތުން ވިކްޓަރީ އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ ތިން ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
ގްރީން ސްޓްރީޓްސްއާ މެދު ދެކޭގޮތް ބަދަލުކުރެވޭނެ: ސޮބާ
ގްރީން އަށް ދެ ވަނަ، އީގަލްސް ކަޓައި ޓީސީ ލީގަށް
ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް
ގްރީންގެ އޮފިޝަލަކު ސަސްޕެންޑްކޮށް ކްލަބަށް އިންޒާރުދީފި
މާޒިޔާއަކީ އަދިވެސް އެންމެ ވަރުގަދަ ޓީމު: ސޮބާ
ޔޫވީ ބަލިކޮށް ގްރީން މުހިއްމު ތިން ޕޮއިންޓް ހޯދައިފި
ފަހު ވަގުތުގެ ގޯލުން ވިކްޓަރީ އަށް މުހިއްމު މޮޅެއް
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި
ވެލެންސިއާ އަކީ ފަސޭހަ ޓީމެއް ނޫން: ސޮބާ
ނިއު އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް: ސޮބާ