06 އެޕްރީލް 2017
ނޭޕްލްސް (އޭޕްރިލް 6) – އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ރޭ ނަޕޯލީ އަތުން 3-2 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައި ޔުވެންޓަސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ނޭޕްލްސް (އޭޕްރިލް 6) – އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ރޭ ނަޕޯލީ އަތުން 3-2 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައި ޔުވެންޓަސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމު ކާމިޔާބުކުރީ 3-1 އިންނެވެ. ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު އެ މެޗު އެ ޓީމު 3-2 އިން ކާމިޔާބުކުރި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން ޔުވެންޓަސް އަށް ކުރި ލިބުނީ 5-4 އިންނެވެ. ހުރިހާ ޝުކުރެއް ހައްގުވަނީ ރޭ ޔުވެންޓަސް އަށް ދެ ލަނޑު ޖަހައިދިން ނަޕޯލީގެ ކުރީގެ ފޯވާޑް ގޮންޒާލޯ ހިގައިން އަށެވެ.
ރޭގެ މެޗުގެ 32 ވަނަ މިނެޓުގައި ހިގައިން ވަނީ ޔުވެންޓަސް އަށް ލީޑު ނަގައިދީފަ އެވެ. ނަޕޯލީ އަށް 53 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ މަރެކް ހަމްސިކެވެ. އޭގެ އިރުކޮޅެއް ފަހުން 59 ވަނަ މިނެޓުގައި ހިގައިން ވަނީ ޔުވެންޓަސް އަށް އަލުން ލީޑު ނަގައިދީފަ އެވެ. އޭގެ ފަހުން ނަޕޯލީގެ ޑްރިއެސް މާޓިންސް އާއި ލޮރެންޒޯ އިންސީނޭ ލަނޑު ޖަހައި އެ ޓީމު މޮޅުކޮށްދިން ނަމަވެސް އެގްރިގޭޓުން ކުރި ލިބޭ ގޮތެއް ނުވި އެވެ.
މެޗުގެ ތެރޭގައި އަދި މެޗަށް ފަހު ނަޕޯލީގެ ސަޕޯޓަރުން ވަނީ ހިގައިންއާ ވަރަށް ބޮޑަށް ދިމާކޮށްފަ އެވެ.
ޖޫން 2 ވަނަ ދުވަހު ކުޅޭ އިޓާލިއަން ކަޕުގެ ފައިނަލް މެޗުގައި ޔުވެންޓަސް ބައްދަލުކުރާނީ ލާޒިއޯއާ އެވެ. އެ ޓީމު ފައިނަލުން ޖާގަ ވާދަވެރި ރޯމާގެ މައްޗަށް ދެ ލެގުން 4-3 އިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު 2-0 އިން ލާޒިއޯ ކާމިޔާބުކުރިއިރު ދެ ވަނަ ލެގުން ރޯމާ މޮޅުވީ 3-2 އިންނެވެ.
ފައިނަލް މެޗު އޮންނާނީ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގަ އެވެ. މިއީ ލާޒިއޯ އާއި ރޯމާގެ ހޯމް ސްޓޭޑިއަމެވެ.
ޔުވެންޓަސް ބަލިކޮށް ނަޕޯލީ ތަށި ހޯދައިފި
ޑީބަލާ އަށް ފާޑުކިޔުން އިންސާފުވެރިއެއް ނޫން: ހިގައިން
ޑިބާލާގެ ދެ ލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް
ރެކޯޑް އަގަކަށް ހިގައިން ޔުވެންޓަސްއާ ގާތަށް
ހިގުއައިން ވެސް ޔުވެންޓަސްއާ ގުޅެނީ
ޔުވެންޓަސް އަށް ޖެހިޖެހިގެން ހަތަރު ވަނަ ތަށި، ހިގުއައިން އަށް ރެކޯޑެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް
ފަހު ވަގުތުގެ ގޯލުން ނަޕޯލީ ލީގާ ފިޔަވަޅަކާ ގާތަށް
ނަޕޯލީ އަށް ހުއްޓުމެއް ނެތް، އިންޓަ ސޮއްސާލައިފި