ސޯލް (އެޕްރީލް 2) - ސައުތު ކޮރެއާގެ ކާގޯ ބޯޓެއް އެޓްލާންޓިކް ކަނޑަށް ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
02 އެޕްރީލް 2017
ސޯލް (އެޕްރީލް 2) - ސައުތު ކޮރެއާގެ ކާގޯ ބޯޓެއް އެޓްލާންޓިކް ކަނޑަށް ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބޯޓުން 24 ފަޅުވެރިން ދަތުރުކުރި އެވެ. އުރުގުއާއީގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި ލައިފް ރާފްޓުގައި ތިބި ފިލިޕީންސްގެ ދެ ފަޅުވެރިއަކު ވަނީ ސަލާމަތްކޮށްފަ އެވެ.
ބޯޓުގެ ފަޅުވެރިއަކު ހުކުރު ދުވަހު ވަނީ 312 މީޓަރު (1024 ފޫޓު) ދިގު ސްޓެއްލާ ޑެއިޒީ ކާގޯ ބޯޓު ފޫގޮސް ލޮނުވަންނަމުންދާ ކަމަށް ބުނެ ޓެކްސްޓް މެސެޖެއް ފޮނުވައިފަ އެވެ. ސައުތު ކޮރެއާގެ ބޯޓު ހާލުގައި ޖެހުނުކަން އުރުގުއާއީގެ ކަނޑުގެ ސިފައިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ކާގޯ ބޯޓުތަކުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ ބޯޓު ގެއްލުނު ކަމަށް ބުނާ ސަރަހައްދުން ވަރަށް ގަދަ ތެޔޮ ވަހެއް ދުވި ކަމަށެވެ. ލައިފް ރާފްޓުގައި ތިބި ދެ މީހުން ހޯދާފައި ވަނީ ސައުތު ކޮރެއާގެ ސްޓެއްލާ ޑެއިޒީ ހޯދުމުގެ މަސައްކަތުގައި އުޅުނު ބޯޓުތަކުންނެވެ.
ސައުތު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނީ ބޯޓުން ގެއްލުނު ކަމަށް ބެލެވޭ 22 މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދާ ކަމަށެވެ. އަދި ބޯޓު ހޯދުމުގައި އެހީތެރިވެ ދިނުމަށް ސައުތު ކޮރެއާ އިން ވަނީ ބްރެޒިލް އާއި އުރުގުއާއީގެ އެހީއަށް އެދިފަ އެވެ.
ގާތްގަނޑަކަށް 260،000 ޓަނުގެ ބޮޑު ބޯޓު އޮޕަރޭޓް ކުރަނީ ސައުތު ކޮރެއާގެ ކުންފުންޏަކުން ކަމަށް ވިޔަސް އެ ބޯޓު ދަތުރު ކުރީ މާޝަލް އައިލެންޑްސްގެ ދިދަ ނަގައިގެންނެވެ. ބޯޓުގައި ތިބީ ފިލިޕީންސްގެ 16 މީހުންނާއި ސައުތު ކޮރެއާގެ އަށް މީހުން ކަމަށްވެ އެވެ. ބޯޓު ދަތުރަށް ފެށީ ބްރެޒިލް އިންނެވެ.
ފެތުނު ބޯޓުން މީހުން ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަ
ޖަންކޫކްގެ ގެޔަށް ވަންނަ އުޅެނިކޮށް ހިފަހައްޓައިފި
ކްލާހުގައި ފޯނު ބޭނުންކުރުން ކޮރެއާގައި މަނާކޮށްފި
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ ދެކަނބަލުން ޖަލުގައި
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަނަށް ތާރީހީ ރެކޯޑެއް!
ބީޓީއެސްގެ ފުރަތަމަ ލައިވް އަލްބަމް މި މަހު ނެރެނީ
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ދިވެހި ދިދަ
ބީޓީއެސްގެ އެނބުރި އައުން އަންނަ ސެޕްޓެމްބަރުގައި
ކިމް ސުޔޫނަށް މިލިއަނުން ގެއްލުން ވެއްޖެ
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި