ލިވަޕޫލް (މާޗް 31) - އިނގިރޭސި ގައުމީ ޓީމަށް ކުޅެނިކޮށް ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ އަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އިނގިރޭސި އެފްއޭ އަށް ފާޑުކިޔައިފި އެވެ.
31 މާޗް 2017
ލިވަޕޫލް (މާޗް 31) - އިނގިރޭސި ގައުމީ ޓީމަށް ކުޅެނިކޮށް ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ އަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އިނގިރޭސި އެފްއޭ އަށް ފާޑުކިޔައިފި އެވެ.
ލަލާނާގެ ފަލަ މަސްގަނޑަށް އަނިޔާވެފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އާދިއްތަ ދުވަހު އިންގްލެންޑް ލިތުއޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފްގައި ލަލާނާ އަށް އަނިޔާވެފައިވީ ނަމަވެސް އޭނާ ވަނީ 90 މިނިޓް ފުރިހަމަ ކޮށްފަ އެވެ.
އިންގްލެންޑް ލިތުއޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަސް ދުވަސް ކުރިން ރަށުން ބޭރުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ވެސް ލަލާނާ ވަނީ ކުޅެފަ އެވެ.
"އަހަންނަށް ނޭނގެ އިންގްލެންޑް ޓީމަށް ކުޅުންތެރިން ނަގަނީ ކޮން އުސޫލަކުން ކަމެއް. އެނގޭ ކަމަކީ ހޮނިހިރު ދުވަހެއްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެފައި ބުދަ ދުވަހު ޖަރުމަނާ ދެކޮޅަށް ކުޅުމަކީ ކުޅުންތެރިޔަކަށް ފިޒިކަލީ ފަސޭހަ ކަމަކަށް ނުވާނެކަން. މިއީ ވަރަށް ޕްރެޝަރު ބޮޑު ދެ މެޗު. މެޗު ރޭވުމުގައި ވެސް ކުޅުންތެރިން ބޭނުންކުރުމުގައި ވެސް އިންގްލެންޑް އެފްއޭ އިން ސަމާލުވާންޖެހޭ،" ކްލޮޕް ބުންޏެވެ.
ގައުމީ ޓީމުގެ ރަހުމަތްތެރިކަމުގެ މެޗުތަކާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ލަލާނާ މަދުވެގެން ހަތަރު ހަފްތާ އަށް ކުޅުމާ ދުރަށްދާން ވަނީ ޖެހިފަ އެވެ. ކްލޮޕް ބުނީ މިއީ ލިވަޕޫލަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"މިއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް. ހަތަރު ހަފްތާ އަކީ ގާތްގަނޑަކަށް އަށް މެޗު. ސީޒަންގެ މިހާ މުހިއްމު ދަނޑިވަޅެއްގައި ލަލާނާ ގެއްލުމަކީ އަހަރެމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުނިކަމެއް،" ކްލޮޕް ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ލިވަޕޫލް ނުކުންނާނީ ސަރަހައްދުގެ އަނެއް ޓީމު އެވަޓަންއާ ދެކޮޅަށެވެ. ކްލޮޕް ބުނީ އެވަޓަން ކަހަލަ ޓީމަކާ ދެކޮޅަށް ލަލާނާ ނެތި ނުކުންނަން ޖެހުމުން އެންމެ ފުރިހަމަ ގޮތުގައި ތައްޔާރުވުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ލިވަޕޫލާއި އެވަޓަން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ ހަވީރު 16:30 ގަ އެވެ.
ކްލޮޕާއި ސްލޮޓް އެއްގޮތެއްނޫން، މީ ތަފާތު ދެ ޓީމެއް
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ލިވަޕޫލްގެ ރާޑަރަށް ފައިނޯޑްގެ ކޯޗު އާން ސްލޮޓް
ލިވަޕޫލަށް ގޯލެއް ނުޖެހި އެޓަލާންޓާ އަތްދަށުވެއްޖެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ސަލާހްގެ އަނިޔާ ފަސޭހަވުމުން ކްލޮޕް ހިތްހަމަ ޖެހިފައި
"11 ކުޅުންތެރިން ތިބިއްޔާ ލިވަޕޫލް ދާނީ ކުރިއަށް"
ކްލޮޕްގެ ފެއާވެލް ފެށައިފި، ނޯރިޗް އަތުން ބޮޑު މޮޅެއް
އިނގިރޭސި ފުޓްބޯޅަ ބަދަލުކޮށްލި ކްލޮޕް ލިވަޕޫލާ ދުރަށް
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް