15 ޖޫން 2016
ގދ. ތިނަދޫ މަގުތަކުގައި ނުވަ ކިލޯމީޓަރުގެ ތާރު އެޅުމުގެ މަޝްރޫއުގެ ދެބައި ކުޅަ އެއްބައި ނިމުނު އިރު ރަށް ފެންނަނީ ވަރަށް ހިތްގައިމުކޮށް ކަމަށް ރަށު ކައުންސިލާއި އެރަށު މީހުން މިއަދު ބުނެފި އެވެ.
ގދ. ތިނަދޫ މަގުތަކުގައި ނުވަ ކިލޯމީޓަރުގެ ތާރު އެޅުމުގެ މަޝްރޫއުގެ ދެބައި ކުޅަ އެއްބައި ނިމުނު އިރު ރަށް ފެންނަނީ ވަރަށް ހިތްގައިމުކޮށް ކަމަށް ރަށު ކައުންސިލާއި އެރަށު މީހުން މިއަދު ބުނެފި އެވެ.
ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަސްއަދު ވިދާޅުވި ގޮތުގައި ބައެއް މަގުތަކުގައި ތާރު އަޅާ މިހާރު ވަނީ ނިމިފަ އެވެ. އެހެން މަގުތަކުގައި މިހާރު ކުރަމުން އަންނަނީ ކާނު އެޅުމާއި ހޮޅި ލުމުގެ މަސައްކަތް ކަމަށާއި މުޅި މަޝްރޫއު އޮގަސްޓް މަހު ގާތްގަނޑަކަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫ މަގެއްގައި ތާރު އަޅާފައި: އެ ރަށުގެ 13 މަގެއްގައި ތާރު އަޅާ - ފޮޓޯ: ތިނަދޫ ކައުންސިލް
އެކަމަކު ޕޭމަންޓް ގާ އެތުރުން ފަދަ ކަންކަން ނިމޭނީ އޭގެ ފަހުން ކަމަށް ބެލެވެނީ. ގާތްގަނޑަކަށް 90 ޕަސަންޓް ނިމޭނެ އޮގަސްޓް މަހު. --އަސްއަދު
އަސްއަދު ވިދާޅުވީ 13 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ރޯދައިގެ ކުރިން ހަލުވި ދުވެއްޔެއްގައި ކުރިއަށް ދިޔަ ކަމަށެވެ. އެކަމަކު ރޯދަ މަހު ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ. މަސައްކަތް ފެށިތާ ނުވަ މަހެއްހާ ދުވަސް ވެއްޖެ އެވެ.
އަސްއަދު ވިދާޅުވީ ހަތަރު މަގެއްގައި ތާރު އަޅައި އެއްކޮށް ނިމިފައިވާ ކަމަށެވެ.
ތާރު އަޅައި ނިމިފައި އޮތީ އެންމެ ބޮޑު މަގުގައި. ދުވާރު މަތީގައި ގާތައް އެތުރުމުގެ މަސައްކަތް މިހާރު ކުރަން އޮތީ. --އަސްއަދު
ރަނގަޅު ފެންވަރެއްގައި މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ދިޔަސް ކައުންސިލްގެ ބައެއް ޝަކުވާތައް އެބަ ހުއްޓެވެ. އެގޮތުން އަސްއަދު ވިދާޅުވީ ތިނަދޫ ރައްޔިތުންގެ ހިޔާލު ހޯދާފައި ނެތުމަކީ އެއް ޝަކުވާ ކަމަށެވެ.
ތިނަދޫ މަގެއްގައި ތާރު އަޅާފައި: ނުވަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއްގައި ތާރު އަޅާ - ފޮޓޯ: ތިނަދޫ ކައުންސިލް
އޭގެ އިތުރުން ލ. އަތޮޅު ބޮޑު މަގުގައި އަޅާ ތާރަަށް ވުރެ ތިނަދޫގައި ބޭނުންކުރާ ތާރުގެ ފެންވަރު ދަށްކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްއަދު ވިދާޅުވި ގޮތުގައި ޕާކްކުރާނެ އެކަށީގެންވާ ޖާގަ ނެތުމުގެ ޝަކުވާއާ އެކު އެކަން މިހާރު އަންނަނީ ހައްލުކުރަމުންނެވެ.
އަޅުގަނޑުމެން ބޭނުންވަނީ މިހެން ދިމާވާ ކަންކަން އެންމެ ރަނގަޅު ގޮތެއްގައި ބަޖެޓު ތެރެއިން ކުރެވޭނެ ނަމަ އެކަން ހައްލު ކުރަން. --އަސްއަދު
"އަޅުގަނޑުމެން މަސައްކަތް ކުރަނީ ރައްޔިތުންނަށް މަންފާ ކުރުވަނިވި ގޮތަކަށް ކަންކަން ކުރިއަށް ގެންދެވޭތޯ. ބައެއް ކަންކަން ބަދަލު ވެސް ކޮށްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ތިނަދޫގައި ތާރު އެޅުމުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއު އާއި 120 ފްލެޓްގެ އަމަލީ މަސައްކަތް ވެސް ދަނީ ހިނގަމުންނެވެ. ތިނަދޫގައި އަލުން މީހުން އާބާދުވިތާ 50 އަހަރު ފުރޭ މުނާސަބަތުގެ ކުރިން އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.
އެމްއާރުޑީސީގެ މަސައްކަތްތައް ހައުސިންގެ ދަށަށް
ކުޅުދުއްފުށީ ތާރު މަގުތައް މި އަހަރު ނިމޭނެ: މުއިއްޒު
ދިއްދޫ މަގުތަކުގައި ތާރު އަޅަން ފަށައިފި
ފްލެޓަށް އެދުނު މީހުންގެ މައުލޫމާތު ކަށަވަރު ނުކުރެވޭނެ
ތިނަދޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނިންމާލައިފި
ތިނަދޫ ބޮޑު ބައެއް ހިއްކައި ނިންމާލައިފި
ތިނަދޫ ފްލެޓުތަކަށް އެދި ގިނަ ބަޔަކު ކުރިމަތިލައިފި
މަގު ބަންދުކުރުމުގެ ހުއްދަ މެދުކަނޑާލައިފި
މަގު ކޮނެވޭނެ ގޮތެއް ނެތް، ޚިދުމަތްތަކަށް ބުރޫއަރައިފި
ތިނަދޫގައި ގޯތި ލާޖެއްސުމުގެ އުސޫލަށް ހަރުކަށި ބަދަލެއް