Roadha Mihaaru
މަގު ކޮނެވޭނެ ގޮތެއް ނެތް، ޚިދުމަތްތަކަށް ބުރޫއަރައިފި

މަގު ކޮނެވޭނެ ގޮތެއް ނެތް، ޚިދުމަތްތަކަށް ބުރޫއަރައިފި

02 ޖޫން 2016

މާލޭގެ މަގުތައް ކޮނުމުގެ ހުއްދަ ހަމައެކަނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް އޮތުމުން އިމާރާތްތަކަށް ފޯނު ނަރު ވެއްދުމާއި ކޭބަލް މެދުވެރިކޮށް އިންޓަނެޓް ޙިދުމަތް ހޯދަން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ މަގުތައް ކޮނުމުގެ ހުއްދަ ހަމައެކަނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް އޮތުމުން އިމާރާތްތަކަށް ފޯނު ނަރު ވެއްދުމާއި ކޭބަލް މެދުވެރިކޮށް އިންޓަނެޓް ޙިދުމަތް ހޯދަން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާން ފަށައިފި އެވެ.

ބައެއް މީހުން ބުނާ ގޮތުގައި ގެއަށް ފޯނާއި އިންޓަނެޓް އަދި ކޭބަލް ޓީވީ ލާން އެދިގެން އުޅޭތާ އެތައް މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު އެމްއާރުޑީސީ ނޫން ބަޔަކަށް މަގު ނުކޮނެވޭތީ އަދިވެސް އޮތީ އިންތިޒާރުކުރުން ކަމަށް އެ މީހުން ބުނެ އެވެ.

މާލޭގެ މަގުތައް ކޮނުމުގެ މަސައްކަތް ކުރެވޭނީ ހައުސިން މިނިސްޓްރީން ހުއްދަ ލިބިގެންނެވެ. ނަމަވެސް މި ހިދުމަތްދޭން ބޭނުންވާ ކުންފުނިތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެމީހުންނަށް ކުރިމަތިވާ ދައްޗަކީ ހުއްދަ ލިބުމުގައި އާއި މަގު ކޮނުމުގައި ވަރަށް ބޮޑެތި ލަސްތަކެއް ދިމާވުން ކަމަށެވެ.

މާލޭގެ މަގެއް ކޮނެފައި: މަގުތައް ކޮނުމުގެ މަސައްކަތް ކުރަމުން އަންނަ އެމްއާރުޑީސީގެ ހިދުމަތްތަކާ މެދު ވިޔަފާރި ކުންފުނިތަކުން ވަނީ ސުވާލު އުފައްދާފައި -- ފޮޓޯ/ މިހާރު

މާލޭގެ މަގެއް ކޮނެފައި: މަގުތައް ކޮނުމުގެ މަސައްކަތް ކުރަމުން އަންނަ އެމްއާރުޑީސީގެ ހިދުމަތްތަކާ މެދު ވިޔަފާރި ކުންފުނިތަކުން ވަނީ ސުވާލު އުފައްދާފައި -- ފޮޓޯ/ މިހާރު

"މިނިސްޓްރީ އަށް ގުޅާލީމަ ބުނަނީ ކަނޑައެޅިފައި އޮތް ތަރުތީބަކުންނޭ ހުއްދަ ދޭނީ. އެކަމަކު އެތައް މަހެއް ވީ ފޯނު ލައިން އަޅަން އުޅޭތާ،" މާލޭގެ ގެއެއްގައި ދިރިއުޅޭ މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

ފޯނު ލައިންގެ އިތުރުން އިންޓަނެޓާއި ކޭބަލް ޓީވީގެ ހިދުމަތް ހޯދަން ބޭނުންވެގެން ވެސް އެތައް ބަޔަކު ތިބީ ދިގު އިންތިޒާރެއްގަ އެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ މިހާރުގެ ހާލަތަށް ބަލާއިރު ސަރުކާރުގެ ދާއިރާއަކުން ހިދުމަތް ފޯރުކޮށްދޭން ޖެހޭ ގޮތެއް ނޫނެވެ.

މި ހިދުމަތްތައް ދޭން ބޭނުންވެފައި ތިބި ކުންފުނިތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ބައެއް ގޭގެއަށް ހިދުމަތް ދިނުމުގައި ލަސް ވަނީ އެ ކުންފުނިތަކުގެ އިހުމާލުން ނޫން ކަމަށެވެ. އަދި ސަރުކާރުން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ކުންފުނިތަކުން އިއްތިފާގުވެ އެވެ.

"ބައެއް ކަސްޓަމަރުން ބުނޭ އަޅުގަނޑުމެންގެ އިހުމާލުންނޭ ހިދުމަތް ގުޅައި ނުދެވެނީ. އަޅުގަނޑުމެން ދަންނަވާނީ މަގު ކޮނުމުގައި ލަސްތަކެއް ހުރީމަ އެކަން ނުކުރެވެނީ. އަޅުގަނޑުމެން ދާނީ ހަމައެކަނި ކޭބަލް އަޅަން،" ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

މީގެ އިތުރުން ގެއަކަށް ކޭބަލް ވައްދަން ދާއިރު ޖެހިގެން ހުންނަ ގެ އިމާރާތް ކުރާތީ ދަތިތަކާ ކުރިމަތިވުން ފަދަ އެހެން މައްސަލަތައް ވެސް ދިމާވާ ކަމަށް ކޭބަލް އެޅުމުގެ މަސައްކަތް ކުރާ ބައެއް މީހުން ބުނެ އެވެ.

ޖެހިގެން ހުރި ގެ އިމާރާތް ކުރާތީ ވެލި ބަސްތާތަކެއް ޖަހާފައި ހުރެދާނެ މަގުގައި. --މަސައްކަތުގައި އުޅޭ މީހެއް

"ކޭބަލް ވައްދަން ގޭގައި ކުއްޔަށް އުޅޭ ބަޔަކު އެދިގެން ދިޔައީމަ ގޭގެ ވެރިމީހާ ހިތްހަމަނުޖެހިދާނެ ކޭބަލް ވައްދައި ގޮތަކުން، އެއީ ވެސް ކުރިމަތިވާ ދައްޗެއް،" އިތުރު ޓެކްނީޝަނަކު ބުންޏެވެ.

ނަމަވެސް ބައެއް ކުންފުނިތަކުން ބުނީ ކޭބަލް އެޅުމަށް މަގު ކޮނުމުގެ ހުއްދައަކަށް ހައުސިން މިނިސްޓްރީގައި އެދުމުން އެ ހުއްދަ ވީހާވެސް އަވަހަކަށް ދެމުންދާ ކަމަށެވެ. އެކަމަކު މަގު ކޮނެނުދީގެން ކޭބަލް ނޭޅި ގިނަ މަސްތަކެއް ވަމުން އަންނަ ކަމަށް އެމީހުން ވެސް އެއްބަސްވެ އެވެ.

މީގެ އިތުރުން އެމްއާރުޑީސީގެ މުވައްޒަފުން މަދުކަމުން މަގު ކޮނުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވޭ ކަމަށް އެ ކުންފުނިތަކުން ތުހުމަތުކުރެ އެވެ. އަދި ދުވާލެއްގެ މައްޗަށް މަގު ކޮނެވޭނެ އަދަދު ވެސް ކަނޑައަޅާފައި ހުންނަ ކަމަށް އެ ކުންފުނިތަކުން ބުންޏެވެ.

ދުވާލަކު ހަތް ގެއަށް އެކަނި ކޭބަލް އެޅޭނީ ކިތަންމެ ގިނަ ބަޔަކު އެދުނަސް. އަޅުގަނޑުމެން ކުރަން ބޭނުންވާ މަގު ނޫން އެހެން މަގެއްގައި ވެސް ކުރަން ޖެހިދާނެ. --ކުންފުންޏެއްގެ އިސްވެރިއެއް

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މަގުތައް ކޮނުމުގެ ހުއްދަ ދިނުމުގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެ ހުއްދައެއް ދެމުންދާނެ ކަމަށެވެ. އެގޮތުން ދުއްވާ އުޅަނދުފަހަރަށް ދަތި ނުވާ ގޮތަށް ހުއްދަ ދެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުއްދަ ދިނުމުގައި އެތައް މަސްތަކެއްވާ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ދޮގު ކުރައްވައިފަ އެވެ.

"ޓްރެފިކަށް ދަތިނުވާ ގޮތަށް ވީހާވެސް ބޮޑަށް ބަލާފައި ހުއްދަ ދޭނީ. --އޮފިޝަލް

އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ކޮނުމުގެ މަސައްކަތް މިހާރު ކުރަނީ ހަމައެކަނި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ ބޭނުންތަކަށެވެ. އަދި އެހެން ކުންފުނިތަކުގެ ބޭނުންތަކަށް މަގު ކޮންނާނީ ހައުސިން މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.