15 އޯގަސްޓް 2018
މާލެ-ހުޅުލޭ ބްރިޖަށް ދަތުރުކުރާ މަގުތަކުގައި ތާރު އަޅަން މިއަދު ފަށައިފި އެވެ.
މާލެ-ހުޅުލޭ ބްރިޖަށް ދަތުރުކުރާ މަގުތަކުގައި ތާރު އަޅަން މިއަދު ފަށައިފި އެވެ.
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް މިއަދު ހަވީރު ފެށީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުންނެވެ. ހައުސިން މިނިސްޓްރީން ބުނީ މި މަސް ނިމެންވާއިރަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
މިމަހު ފަހުކޮޅު ނުވަތަ އަންނަ މަސް ފެށޭ ހިސާބުގައި ބްރިޖު ހުޅުވުމަށް ނިންމާފައިވާއިރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އޭގެ ކުރިން ނިންމުމަށް ވަނީ ކަނޑަޅައިފަ އެވެ. މިހާތަނަށް މާލޭގައި ތާރު އަޅައި ހަދާފައިވަނީ ބޮޑުތަކުރުފާނު މަގުން އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ސަރަހައްދާއި ކަޅޫތުއްކަލާ ކޮށީގެ ހުޅަނގުން އޮންނަ މަގުގެ އެއް ބައެވެ.
ބްރިޖަށް ދާން އޮންނަ މަގުގައި ތާރު އަޅަނީ-- ފޮޓޯ: ހައުސިން މިނިސްޓްރީ
ތާރު އެޅުމުގެ މަސައްކަތުގެ ދަށުން، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ފުޅާކުރާނެ އެވެ. އެ މަގު ފުޅާކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އުތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދާއި ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) ހެދުމަށް ވަނީ ނިންމާފަ އެވެ.
އެމަސައްކަތާއެކު، ތޮއްޖެހިފައިވާ މާލޭގެ ޓްރެފިކަށް ހައްލެއް އަންނާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ރިންގްރޯޑް ހުޅުވާނީ މިރޭ8:00 ގައި،ޕާކެއް ނުކުރެވޭނެ
ބޭރު މަގުގައި ތާރު އެޅި ބައި ހުޅުވާލާނީ ހޯމަ ދުވަހު
"ތާރު އަޅާ މަގުތައް ބްރިޖު ހުޅުވެންވާއިރަށް ނިމޭނެ"
މަގުހެދުމުގެ މަސައްކަތާ އެކު ޓްރެފިކަށް ބަދަލުތަކެއް
ތާރު އަޅައިގެން ހެދި ރިންގް ރޯޑް ހުޅުވާލައިފި
ބްރިޖާ ގުޅޭ މަގުތައް ހުޅުވާލާނީ ބުރާސްފަތި ދުވަހު
ބްރިޖާ ގުޅޭ މާލޭގެ ބޮޑު މަގުގައި ތާރު އަޅައިފި
"މާލޭގައި ތާރު އެޅުން ދެ ދުވަސްތެރޭ ނިންމާނަން"
ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަނީ، ސަމާލުވޭ!
ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން ފަށަނީ