Roadha Mihaaru
ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން ފަށަނީ

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން އަންނަ ހަފުތާގައި ފަށަނީ

28 ޖުލައި 2018

ބްރިޖަށް ދަތުރުކުރާ މަގުތަކުގައި ތާރު އަޅަން އަންނަ ހަފުތާގައި ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބްރިޖަށް ދަތުރުކުރާ މަގުތަކުގައި ތާރު އަޅަން އަންނަ ހަފުތާގައި ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބްރިޖަށް ދަތުރުކުރާ މަގު ފުޅާކޮށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއު މިދިޔަ މެއި މަހު ފަށައި، އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހިސާބަށް ބޮޑުތަކުރުފާނު މަގު މިހާރު ވަނީ އެއްވަރުކޮށް ބިންގަނޑު ހަރުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ ތާރު އަޅަން ފަށާނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ކަމަށެވެ. އެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން ތައްޔާރުވެފައި: ބްރިޖާ އެކު މަގުގެ މަސައްކަތްތައް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނޭ.

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން ތައްޔާރުވެފައި: ބްރިޖާ އެކު މަގުގެ މަސައްކަތްތައް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނޭ.

"ޓާމިނަލުން ފަށައިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ތާރު އެޅުން ކުރިއަށްގެންދާނެ. މުއްދަތަށް ވުރެ މާ އަވަހަށް މަސައްކަތްތައް ނިންމާލެވޭނެ،" ފަޒާލް ވިދާޅުވި އެވެ.

މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރާނެ އެވެ. އެ މަގު ފުޅާކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން ތައްޔާރުކުރަނީ.

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން ތައްޔާރުކުރަނީ.

އެ މަޝްރޫއާ ގުޅޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އިތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) އެވެ.

ބްރިޖާ އެކު މަގުގެ މަސައްކަތްތައް ވެސް ނިމޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބްރިޖް ހުޅުވަން ކޮންޓްރެކްޓްގައި ބުނާ ތާރީހަކީ ސެޕްޓެމްބަރު 25ގެ އެވެ. ނަމަވެސް އޭގެ ކުރިން މަސައްކަތް ނިންމޭނެ ކަމަށް ވަނީ ބުނެފަ އެވެ.