Roadha Mihaaru
ރިންގްރޯޑް ހުޅުވާނީ މިރޭ8:00 ގައި،ޕާކެއް ނުކުރެވޭނެ

ތާރު އަޅައިގެން ހެދި މަގުތައް ހުޅުވާނީ މިރޭ 8:00 ގައި، އެކަމަކު ޕާކެއް ނުކުރެވޭނެ

06 ސެޕްޓެމްބަރ 2018

ސިނަމާލެ ބްރިޖާ ގުޅޭ މަގުތައް ނުވަތަ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި ހުޅުވައިލާނީ މިރޭ 8:00 ގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ. އެކަމަކު އެ މަގުގައި ވެހިކަލްތައް ޕާކް ކުރުން ވަނީ މަނާކޮށްފަ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސިނަމާލެ ބްރިޖާ ގުޅޭ މަގުތައް ނުވަތަ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި ހުޅުވައިލާނީ މިރޭ 8:00 ގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ. އެކަމަކު އެ މަގުގައި ވެހިކަލްތައް ޕާކް ކުރުން ވަނީ މަނާކޮށްފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ، ރިންގު ރޯޑު ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި، އެ މަގާ ގުޅިފައިވާ ބައެއް މަގުތަކާއި ގޯޅިތަކުގެ ޓްރެފިކް ފްލޯއަށް މިދިޔަ ޖޫން 19 ގައި ގެނައި ވަގުތީ ބަދަލުތައް އުވާލައި، މިރޭ 8:00 ގައި ހުޅުވައިލާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ، ރިންގް ރޯޑް އަލުން ބޭނުންކުރަން ފަށާއިރު، އެއީ ހަމައެކަނި އެއްގަމު އުޅަނދު ދުއްވުމާއި ހިނގައިބިނގާވެ އުޅުމަށް ހަމަޖައްސާފައިވާ މަގަކަށް ވާތީ، އިއްޒުއްދީން މަގުން [ކަޅުތުއްކަލާ ކޮށީގެ ހުޅަނގު ދެކުނު] ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ދެމެދު އެ މަގުގެ އެއްވެސް ތަނެއްގައި ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ބްރިޖަށް ދަތުރުކުރާ މަގުތައް ތާރު އަޅައިގެން ހަދާފައި. ބްރިޖަށް އަރަން ދަތުރުކުރަންވީ ގޮތާއި ބްރިޖުން ފައިބައިގެން ދަތުރު ކުރެވޭނެ ގޮތް ވަނީ ތީރުން ދައްކައިދީފައި.

ބްރިޖަށް ދަތުރުކުރާ މަގުތައް ތާރު އަޅައިގެން ހަދާފައި. ބްރިޖަށް އަރަން ދަތުރުކުރަންވީ ގޮތާއި ބްރިޖުން ފައިބައިގެން ދަތުރު ކުރެވޭނެ ގޮތް ވަނީ ތީރުން ދައްކައިދީފައި.

އެ އޮތޯރިޓީން ބުނިގޮތުގައި، ބޭރު މަގު ޓްރެފިކަށް އަލުން ހުޅުވާލުމާ އެކު، ކުރިއެކޭ އެއްގޮތަށް ބޮޑުތަކުރުފާނު މަގުގެ ކުރަނގި ގޯޅިއާ ހަމައިން ފިލިގަސްމަގާ ހަމައަށް އެއްކޮޅަށް، ހުޅަނގުން އިރަށް ދުއްވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ފިލިގަސްމަގު މިހާރެކޭ އެއްގޮތަށް އެއްކޮޅަށް، އުތުރުން ދެކުނަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މެހެލި ގޯޅި ފިލިގަސްމަގުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް އެއްކޮޅަށް، ފިލިގަސް މަގުން ވަދެވޭ ގޮތަށް އަދި ނަސަންދުރާ އިރުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.

ސިނަމާލެ ބްރިޖަށް ދަތުރުކުރަން ތާރު އަޅައިގެން ހެދި މަގަކުން މީހަކު ހިނގާފައި ދަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސިނަމާލެ ބްރިޖަށް ދަތުރުކުރަން ތާރު އަޅައިގެން ހެދި މަގަކުން މީހަކު ހިނގާފައި ދަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި އިރު، އެ މަގުގެ އެ ބައި މިހާރު ވަނީ ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ފުޅާކޮށްފަ އެވެ. އެ މަގު ފުޅާކޮށްފައި ވަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ. އަދި ބްރިޖަށް އަރަން ދަތުރުކުރަންވީ ގޮތާއި ބްރިޖުން ފައިބައިގެން ދަތުރު ކުރެވޭނެ ގޮތް ތީރުން ދައްކައިދީފައި ވެ އެވެ.

ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އުތުރުން ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގުގެ އުތުރުކަނުން ރާޅުގަނޑު ސަރަހަައްދަށް ނުކުންނަ މަގު) އެވެ.

މިދިިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ބްރިޖް ހުޅުވާފައި ވިޔަސް، އާއްމުންނަށް ބްރިޖް ބޭނުންކުރަން ހުޅުވާލަން ނިންމާފައި ވަނީ މާދަމާ އިން ފެށިގެންނެވެ.