03 އޯގަސްޓް 2017
ހއ. ދިއްދޫގެ މަގުތަކުގައި ސަރުކާރުން މިއަދު ތާރު އަޅަން ފަށައިފި އެވެ.
ހއ. ދިއްދޫގެ މަގުތަކުގައި ސަރުކާރުން މިއަދު ތާރު އަޅަން ފަށައިފި އެވެ.
ހައުސިން މިނިސްޓްރީން ރޯޑް ކޯޕަރޭޝަނާ ހަވާލުކޮށްގެން، އެ ރަށުގެ މަގެއްގައި 100 މީޓަރަށް މިއަދު ވަނީ ތާރު އަޅާފަ އެވެ. އަދި ހުރިހާ މަގުތަކާއެކު 1.6 ކިލޯމީޓަރަށް ތާރު އަޅަން ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ސިއެރާ ކުންފުނިން މި މަސައްކަތް ކުރާ ގޮތާ މެދު ރަށުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވި ގޮތުގައި އެ ރަށުގެ ބޮޑު މަގުގައި ތާރު އަޅަން ނިންމާފައިވަނީ ޕޭވްމަންޓުގެ ގޮތުގައި ފަރާތަކަށް 12 ފޫޓު ދޫކޮށްގެންނެވެ. އެއީ މަގު ފަޅިކޮށްލައި މެދުގައި ޑިވައިޑާތަކެއް ބަހައްޓައި، ދެ ފަޅިން އުޅަނދު ދުއްވޭ ގޮތަށެވެ. އެހެންވެ 50 ފޫޓު ފުޅާ އެ މަގު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޭވްމަންޓް އަޅާއިރު ވެސް އެތަން ވެސް ދެ ފަޅިކޮށްލައި އެއް ފަރާތަށް ވެލި އަޅައި އަނެއް ފަރާތުގައި ގާއަތުރާ ގޮތަށް މި ހަދަނީ. އަޅުގަނޑުމެން ގާތު ހަމައެކަނި އެހީ ވެލި އަޅަންވީ ގެއާވީ ފަޅިއަށްހޭ ނުވަތަ މަގާވީ ފަޅިއަށް ހޭ. އެކަމަކު އެއްވެސް މީހަކު ބޭނުމެއް ނުވޭ ވެއްޔާއި ގާ އަތުރައިގެން އެހެން މަގުތައް ހަދާކަށް،" 6.000 މީހުން ދިރިއުޅޭ ރަށުގެ ކައުންސިލަރު ވިދާޅުވި އެވެ.
ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ/ ހައުސިން މިނިސްޓްރީ
ހާޝިމް ވިދާޅުވީ ޑިވައިޑާ ބަހައްޓައިގެން ބޮޑުމަގު ދެ ފަޅިކޮށްލުމުން، ކޮންމެ ފަޅިއަކުން ވެސް އުޅަނދު ދުއްވަން ލިބެނީ ވަރަށް ހަނި ޖާގައެއް ކަމަށެވެ. އޭގެ ސަބަބުން މަގުގައި ދެކޮޅަށް ދުއްވަން އުނދަގޫވެ، އުޅަނދުތައް ތޮއްޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ރައްޔިތުން އެދެނީ ޕޭވްމަންޓް ހަނިކޮށް، ޑިވައިޑާތައް ނަގައި، މަގުމެދުގައި ރޮނގެއް ކުރަހައިގެން މަގު ވަކިކޮށްލަން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ތާރުއެޅުމުގެ ކުރިން މަގުތަކުގައި ސީލާ އަޅާފައި އޮތްގޮތާމެދު ވެސް ރައްޔިތުން ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވި އެވެ.
"ތާރު މިއަޅަނީ ވެސް ވަރަށް ތުނިކޮށް. އެހެންވެ، އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ، ކުޅުދުއްފުށީ މަގުތަކަށް ވެފައި އޮތްގޮތަށް، ތަންތަންކޮޅު ނެއްޓިދާނެތީ،" ހާޝިމް ވިދާޅުވި އެވެ.
"އޭގެ އިތުރުން މަގުތަކުގެ ކަން ވަށް ނުކޮށް، ބައެއް މަގުތަކުގައި 90 ޑިގްރީއަށް ވެސް ތާރު އަޅަން ނިންމާފައިވާތީ ހިތްހަމަނުޖެހުންތަކެއް އެބަހުރި."
ހާޝިމް ވިދާޅުވީ ރޯޑް ކޯޕަރޭޝަނާއި ސިއެރާ އިން ވެސް މި މަސައްކަތް ޕްލޭން ކުރިއިރު ކައުންސިލާއި ރައްޔިތުންގެ އެއްވެސް ހިޔާލެއް ހޯދާފައި ނުވާ ކަމަށެވެ.
ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިއްދޫ މަގުތައް ހަދަނީ ކައުންސިލާއެކު އެއްބަސްވިގޮތަށް
އުސޫލާ ހިލާފަށް ދިއްދޫން ފްލެޓް ދިނުމުން ދައުވާކުރަނީ
ދިއްދޫ ހައުސިން ޔުނިޓްތަކުގެ މައްސަލަ ވެސް އޭސީސީއަށް
އެމްއާރުޑީސީގެ މަސައްކަތްތައް ހައުސިންގެ ދަށަށް
ކުޅުދުއްފުށީ ތާރު މަގުތައް މި އަހަރު ނިމޭނެ: މުއިއްޒު
ތާރު އެޅުމާ އެކު ތިނަދޫގެ މަގުތަކަށް ރީތިކަން
މަގު ބަންދުކުރުމުގެ ހުއްދަ މެދުކަނޑާލައިފި
މަގު ކޮނެވޭނެ ގޮތެއް ނެތް، ޚިދުމަތްތަކަށް ބުރޫއަރައިފި
ދިއްދޫގައި އާދަޔާ ޚިލާފު ލަތީފާއި ހާޝިމާއި ވަހީދު!
ދިއްދޫގައި އަވަސް ފަރުވާ ބޭނުންވެފައި އޮތް ޝަކުވާ!