04 އޯގަސްޓް 2017
ހއ. ދިއްދޫގެ މަގުތައް ހަދަނީ އެ ރަށު ކައުންސިލާ އެކު އެއްބަސްވެފައިވާ ގޮތަށް ކަމަށް އެމްއާރުޑީސީން މިއަދު ބުނެފި އެވެ.
ހއ. ދިއްދޫގެ މަގުތައް ހަދަނީ އެ ރަށު ކައުންސިލާ އެކު އެއްބަސްވެފައިވާ ގޮތަށް ކަމަށް އެމްއާރުޑީސީން މިއަދު ބުނެފި އެވެ.
ދިއްދޫ މަގުތައް އަލުން ހަދަން ފެށުމާ ގުޅިގެން އެ ރަށު ކައުންސިލުން ކޮށްފައިވާ ޝަކުވާތަކަށް ރައްދު ދެއްވަމުން އެމްއާރުޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރަނީ ކައުންސިލާ މަޝްވަރާކޮށްގެން ނޫން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. މަގު ހެދުމާ ގުޅޭ ގޮތުން އެ ކުންފުންޏާއި ދިއްދޫ ކައުންސިލާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމެއް ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއާރުޑީސީން ކައުންސިލާ މަޝްވަރާ ކުރުމަށް ފަހު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތަށް، އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާނީ. އަދި އެ މަސައްކަތް ކުރިއަށް ދާއިރު ހިތްހަމަނުޖެހޭ ގޮތަށް މަސައްކަތް ކޮށްފައިވާ ނަމަ އެކަން އަޅުގަނޑުމެން ރަނގަޅު ކުރާނަން،" އެމްއާރުޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތާރު އަޅައިގެން ދިއްދޫގެ މަގުތައް އިއްޔެ ހަދަން ފެށިއިރު، އެކަން ކޮށްފައިވާ ގޮތް ރަނގަޅު ނޫން ނަމަ އަލުން އެ މަގުތަކުގައި ތާރު އަޅާނެ އެވެ.
ހައުސިން މިނިސްޓްރީން ރޯޑް ކޯޕަރޭޝަނާ ހަވާލުކޮށްގެން، ދިއްދޫގެ މަގެއްގައި 100 މީޓަރަށް މިއަދު ވަނީ ތާރު އަޅައިފަ އެވެ. އަދި ހުރިހާ މަގުތަކާއެކު 4.5 ކިލޯމީޓަރަށް ތާރު އަޅަން ހަމަޖެހިފައިވާ ކަމަށް އެމްއާރުޑީސީން ބުންޏެވެ. އެ މަޝްރޫއު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްއާރުޑީސީން ބުންޏެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް އިއްޔެ ވިދާޅުވީ، ރޯޑް ކޯޕަރޭޝަނާއި ސިއެރާ އިން ވެސް މި މަސައްކަތް ޕްލޭން ކުރިއިރު ކައުންސިލާއި ރައްޔިތުންގެ އެއްވެސް ހިޔާލެއް ހޯދާފައި ނުވާ ކަމަށެވެ.
"ތާރު މިއަޅަނީ ވެސް ވަރަށް ތުނިކޮށް. އެހެންވެ، އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ، ކުޅުދުއްފުށީ މަގުތަކަށް ވެފައި އޮތްގޮތަށް، ތަންތަންކޮޅު ނެއްޓިދާނެތީ،" ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާ ބެހޭ ގޮތުން ހާޝިމް ވިދާޅުވި އެވެ.
ދިއްދޫ މަގުތަކުގައި ތާރު އަޅަން ފަށައިފި
މަގު ހަދަން ހުރަސް އެޅުމުން ސްމިތު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ތާރު މަގުތައް މި އަހަރު ނިމޭނެ: މުއިއްޒު
ދިއްދޫގައި އާދަޔާ ޚިލާފު ލަތީފާއި ހާޝިމާއި ވަހީދު!
ދިއްދޫގައި އަވަސް ފަރުވާ ބޭނުންވެފައި އޮތް ޝަކުވާ!
އުސޫލާ ހިލާފަށް ދިއްދޫން ފްލެޓް ދިނުމުން ދައުވާކުރަނީ
ދިއްދޫގައި މެޗެއް ހޫނުވެ، ދަނޑު ހަލާކުކޮށްފި
ދިއްދޫ ހައުސިން ޔުނިޓްތަކުގެ މައްސަލަ ވެސް އޭސީސީއަށް
އެމްއާރުޑީސީގެ މަސައްކަތްތައް ހައުސިންގެ ދަށަށް
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށަނީ