17 ޖޫން 2016
ގދ. ތިނަދޫ ބިން ހިއްކަން ސަރުކާރުން ކުރިއަށް ގެންދާ 165 މިލިއަން ރުފިޔާގެ މަަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ގދ. ތިނަދޫ ބިން ހިއްކަން ސަރުކާރުން ކުރިއަށް ގެންދާ 165 މިލިއަން ރުފިޔާގެ މަަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަސްއަދު ވިދާޅުވި ގޮތުގައި 55 ހެކްޓަރުގެ ބިމުގެ ތެރެއިން ރަށުގެ އުތުރު ފަރާތުން 52 ހެކްޓަރުގެ ބިން ހިއްކައި ރަށާ ވަނީ ގުޅާލައިފަ އެވެ. އަދި ދެކުނު ފަރާތުގެ ތިން ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ތިން ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ. މި މަޝްރޫއުގެ ދަށުން 55 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި. - ފޮޓޯ: ހައުސިން މިނިސްޓްރީ
ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުނުއިރު އެ ރަށުގެ ބޮޑުމިން ގާތްގަނޑަކަށް 175 ހެކްޓަރަށް އަރާނެ އެވެ. އެއާއެކު ތިނަދޫ ވާނީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށަށެވެ.
އަސްއަދު ވިދާޅުވީ ދެކުނު ފަރާތުގެ ބައެއް ހިއްކަން ނިންމުމަކީ އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގެ ބައެއް ގެތަކަށް މީގެ ކުރިން ގެއްލުންވި އެވެ.
"އިންޖީނުގެއާ ދިމާލުން ވަރަށް ބޮޑަށް ގިރައިގެން ދާނެ، މިހާރު ވެސް ފެން ޕްލާންޓްގެ ފާރުގެ ދެބައިކުޅަ އެއްބައި އޮތީ ވެއްޓިފައި، އެ ތަން ހިމާޔަތްކުރަން ޖެހޭ، އެތަނުގައި ހިލަ ޖެހުމަށް މަޝްވަރާ ކުރަމުން މިދަނީ،" އަސްއަދު ވިދާޅުވި އެވެ.
ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ހޮލެންޑްގެ ވެންއޫޑް ކުންފުންޏާ އެވެ. އެ ކުންފުނިން މިހާރު ދަނީ ހިއްކި ސަރަހައްދުގެ ބިންގަނޑު ލެވަލްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ. މި ސަރަހައްދުގެ ބޮޑު ބައެއް އަމާޒުކުރާނީ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމް ހިންގުމަށް. - ފޮޓޯ: ހައުސިން މިނިސްޓްރީ
ބިންގަނޑު އެއްވަރުކުރާ ތަން ބަލަން ގިނަ ބަޔަކު އެސަރަހައްދަށް ޖަމާވެ އެވެ. އެކަމަކު އެތަނަށް އާންމުން ދިއުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެގޮތަށް އެކަން ނުކުރަން ތިނަދޫ ކައުންސިލުން ވަނީ އެދިފަ އެވެ.
ކުރިއަށް އޮތް ދިހަ ދުވަހެއްގެ ތެރޭގައި ބިންގަނޑު ލެވަލް ކުރުމުގެ މަސައްކަތް ނިމޭނެ. --އަސްއަދު
ތިނަދޫ ކައުންސިލުން ބުނީ ބިން ހިއްކުމަށް ފަހު އެ ސަރަހައްދުގެ 80 ޕަސަންޓުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެ ކައުންސިލުން ބުނި ގޮތުގައި ހިއްކި ސަރަހައްދު ބޭނުންކުރާނީ ގެދޮރުވެރި ކުރުމަށާއި އިގްތިސާދީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މީގެ ކުރިން "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ތިނަދޫ ބިން ހިއްކުމުން އަތޮޅުގެ އެހެން ރަށްރަށުގެ ބައެއް މީހުންނަށް ތިނަދޫގައި ވަޒަންވެރިވެވޭނެ ކަމަށެވެ. އަދި އެ ތަނުގައި އިގްތިސާދީ ގޮތުން ގިނަ މަސައްކަތްތަކެއް ހިންގަން ރާވާނެ ކަމަށް ވެސް ތިނަދު އަށް އުފަން މިނިސްޓަރު ވިދާޅުވި އެވެ.
Raees Yameen GDh Thinadhoo ge tharaggee ah hingavaa mashroou thakuge therein: bin hikkun #rangalhu #ummeedh pic.twitter.com/qiZtIntSwd
— Dr.Mohamed Muizzu (@MMuizzu) June 6, 2016
ތިނަދޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނިންމާލައިފި
ތިނަދޫ ތަރައްގީކޮށް ސިޓީއެއްގެ ދަރަޖަ ދެނީ
ތިނަދޫ ބިން ހިއްކަން ފަށައި 20 ދުވަސްތެރޭ ނިންމާލަނީ
ފްލެޓަށް އެދުނު މީހުންގެ މައުލޫމާތު ކަށަވަރު ނުކުރެވޭނެ
ތާރު އެޅުމާ އެކު ތިނަދޫގެ މަގުތަކަށް ރީތިކަން
ތިނަދޫ ފްލެޓުތަކަށް އެދި ގިނަ ބަޔަކު ކުރިމަތިލައިފި
އެސްޓީއޯގެ ތެޔޮ ސްޓޯރޭޖަށް ބޭނުންވާ ބިން ތިނަދޫން ދެނީ
ރާއްޖޭގެ އެންމެ ބޮޑު ގޭސް ޕްލާންޓް ތިނަދޫގައި ހަދަނީ
ތިނަދޫގައި ގޯތި ލާޖެއްސުމުގެ އުސޫލަށް ހަރުކަށި ބަދަލެއް
ތިނަދޫން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނަގަނީ