01 ޖޫން 2016
ގދ. ތިނަދޫ ފަޅުތެރެ އިން 55 ހެކްޓަރުގެ ބިން ހިއްކަން މިއަދު ފަށައިފި އެވެ.
ގދ. ތިނަދޫ ފަޅުތެރެ އިން 55 ހެކްޓަރުގެ ބިން ހިއްކަން މިއަދު ފަށައިފި އެވެ.
ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ހޮލެންޑްގެ ވެންއޫޑް ކުންފުންޏާ އެވެ. އެ ކުންފުނިން އަމާޒު ހިފީ ކުރި އަށް އޮތް 20 ދުވަސް ތެރޭގައި ތިނަދޫގެ ބިން ހިއްކައި ނިންމާލުމަށެވެ.
ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ 165 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ތިނަދޫ ބޮޑު ކުރުމުން ރަށަށް އިތުރު ރޯޝަނީކަމެއް ލިބިގެންދާނެ ކަމަށެވެ.
ތިނަދޫ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޖިހާދާއި ބައެއް މެމްބަރުން. - މިހާރު ފޮޓޯ
މި މަޝްރޫއަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ޖެހީ ވަރަށް ދަތި އުނދަގުލާ އެކު ކަމަށާއި ހާއްސަކޮށް މި ކަން ހަގީގަތަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.
ތިނަދޫގައި ގިނަ މަޝްރޫއުތަކެއް ހިނގަމުން އަންނަކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ރަށުގެ ހުރިހާ މަޝްރޫއުތަކެއް ހިނގަނީ ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ތިނަދޫގައި މަޝްރޫއުތައް ކުރި އަށް ދާ ހަލުވިކަން ފެނިފައި އަޖައިބުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވަނީ އެހެން ހުރިހާ މަޝްރޫއުތަކެއް ހުއްޓުނަސް މި އަތޮޅުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް. --ޖިހާދު
ތިނަދޫ ބިން ހިއްކުމަށް ހޮލޭންޑް ކުންފުނިން ގެނައި ޑްރެޖަރު އެ ރަށު ފަޅުތެރޭގައި. -މިހާރު ފޮޓޯ
ތިނަދޫގައި ކުރި އަށް ދާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި ގިނަ އަދަދެއްގެ ފްލެޓު އިމާރާތް ކުރުން ހިމެނެ އެވެ.
ތިނަދޫ ބިން ހިއްކަން ނިންމީ އަތޮޅުގެ އެހެން ރަށްރަށުގައި އުޅޭ މީހުން ތިނަދޫގައި ވަޒަންވެރި ކުރުވުމަށް ފުރުސަތު ދިނުމަށް ކަމަށް ވެސް ޖިހާދު ވަނީ ވިދާޅުވެފަ އެވެ. އަދި ތިނަދުއާ ކައިރީގައި އޮންނަ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ދާދި އަވަހަށް ތިނަދު އަށް ބަދަލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށެއް ކުރިއަށް ގެންދެވޭނީ ރަށަކަށް ބޭނުންވާ މީހުން ތިބެގެން. ބިން ހިއްކުނަސް ބިމަށް ބޭނުންވާ އިގްތިސާދީ ހަރަކާތްތައް ކުރިއަށް ނުގެންދެވޭ ނަމަ އެ ބިމުން މާ ބޮޑު ބޭނުމެއް ނުހިފޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ތިނަދޫގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު. 55 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި. -މިހާރު ފޮޓޯ
ތިނަދޫ ކައުންސިލުން ބުނީ ބިން ހިއްކުމަށްފަހު އެ ސަރަހައްދުގެ 80 ޕަސަންޓުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން ބުނި ގޮތުގައި ހިއްކި ސަރަހައްދު ބޭނުން ކުރާނީ ގެދޮރުވެރި ކުރުމަށާއި އިގްތިސާދީ މަސައްކަތްތައް ކުރި އަށް ގެންދިއުމަށެވެ.
ހޮލޭންޑްގެ ވެންއޫޑު ކުންފުނިން ވަނީ 14 ދުވަސް ތެރޭގައި އައްޑޫ ސިޓީ ފޭދޫ 50 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފަ އެވެ. ވެންއޫޑަކީ ދުބާއީގެ މަޝްހޫރު "ޕާމް އައިލެންޑް" ހެދި ދުނިޔޭގެ މަޝްހޫރު ކުންފުންޏެކެވެ.
ތިނަދޫ ތަރައްގީކޮށް ސިޓީއެއްގެ ދަރަޖަ ދެނީ
ތިނަދޫ ބޮޑު ބައެއް ހިއްކައި ނިންމާލައިފި
ތިނަދޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނިންމާލައިފި
އެސްޓީއޯގެ ތެޔޮ ސްޓޯރޭޖަށް ބޭނުންވާ ބިން ތިނަދޫން ދެނީ
ރާއްޖޭގެ އެންމެ ބޮޑު ގޭސް ޕްލާންޓް ތިނަދޫގައި ހަދަނީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ
ތިނަދޫގައި ގޯތި ލާޖެއްސުމުގެ އުސޫލަށް ހަރުކަށި ބަދަލެއް
ތިނަދޫން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނަގަނީ
ސަރުކާރުތަކަށް ސިޔާސީ މަންފާ، ރައްޔިތުންނަށް ވެލި!