Roadha Mihaaru
މިހާރުގެ ރެސިޕީ: ޓޫނާ ޕިއްޒާ

މިހާރުގެ ރެސިޕީ: ޓޫނާ ޕިއްޒާ

16 ޖޫން 2016

½1 ޖޯޑު ގޮދަންފުށް

ފާތިމަތު ޚުރުޝިދާ ފާތިމަތު ޚުރުޝިދާ

ބޭނުންވާ ތަކެތި

½1 ޖޯޑު ގޮދަންފުށް

1 ސައިސަމުސާ މާޖިރީން

1 މޭޒުމަތީސަމުސާ އީސްޓު (½ ޖޯޑު ހިހޫ ފެނަށް އަޅާފައި)

1 ދަޅު ފެންމަސް ނުވަތަ ތެޔޮމަސް

100 ގުރާމު މޮޒަރެއްލާ ޗީޒް

5 މޭޒުމަތީސަމުސާ ޕިއްޒާ ސޯސް

1 ފިޔާ (ކުޑަ، ގޮޅިކޮށް ކޮށާފައި)

1 ލޮނުމެދު (ގާނާފައި)

1 ޓޮމާޓޯ (ބޮޑު، ވައް ފޮއްޗަށް ކޮށާފައި)

1 ކެޕްސިކަމް (ވައްފޮއްޗަށް ކޮށާފައި)

ނުވަތަ ބެލްޕެޕާ ފަޅިއެއް (ކަރުގަނޑު ނަގާފައި އަރިމަތިން ކޮށާފައި)

5 ޒައިތޫނި (އޮލިވް، މެދުން ފަޅާފައި، އޮށް ނަގާފައި)

4 މަޝްރޫމް (ކޮށާފައި)

½ ސައިސަމުސާ ހަކުރު

ލޮނު، އަސޭމިރުސް، ތެޔޮ، ގިތެޔޮމިރުސް (ބޭނުން ނަމަ)

ފުށްގަނޑު މޮޑޭ ގޮތް

ފުށް، ހަކުރު، ލޮނު، މާޖިރީން، އީސްޓު އަޅައިގެން ފުށްގަނޑު މޮޑުމަށް ފަހު، އެއްޗަކަށް ލާފައި، މަތި ބަންދު ކޮށްފައި، ފަނަރަ މިނެޓު ވަންދެން ބެހެއްޓުން.

މަސްގަނޑު ތައްޔާރު ކުރާ ގޮތް

ތެޔޮފޮދެއްގައި ފިޔާ މީރު ކޮށްފައި މަހާއި، ލޮނުމެދާއި، މަޝްރޫމާއި، އަސޭމިރުސް އެޅުން. ލޮނު ހެޔޮވަރު ކުރުން. ބޭނުން ނަމަ ގިތެޔޮމިރުސް ވެސް އެޅިދާނެ. ތިން މިނެޓު ވަންދެން ރަނގަޅަށް އެއްކޮށްލާފައި އުނދުން ނިއްވާލުން.

ޕިއްޒާ ހަދާ ގޮތް

ތަބަކުގައި ތެޔޮފޮދެއް ހާކާލުމަށް ފަހު، އޭގެ މަތީގައި ފުށްގަނޑު ފަތުރާލުން. ފުށްގަނޑު މަތީގައި ޕިއްޒާ ސޯސްގެ ދެބައި ކުޅަ އެއްބައި ހޭކުން. 190c ގައި އަވަން ބެހެއްޓުމަށް ފަހު، ހަމަ އެކަނި މަތި ފިހެވޭ ގޮތަށް ބަހައްޓައިގެން، 10 މިނެޓު ވަންދެން ފުށްގަނޑު ފިހެލުން. ޕިއްޒާ ފުށްގަނޑު ނަގާފައި އޭގެ މަތީގައި މަސްކޮޅު ފަތުރާލުން. އަދި ޒައިތޫންޏާއި، ބެލްޕެޕާ ނުވަތަ ކެޕްސިކަމް، ޓޮމާޓޯ އަތުރާލުމަށް ފަހު، ބާކީ ހުރި ސޯސް އެޅުން. އޭގެ މައްޗަށް (ބޭނުން ވާ ވަރަކަށް) މޮޒެރެއްލާ ޗީޒް ގާނާފައި އެޅުން. އަލުން ފިހަން ލުން. މި ފަހަރު އަވަން ބަހައްޓާނީ ތިރި ފިހެވޭ ގޮތަށް. 190c ގައި ބަހައްޓައިގެން 10 މިނެޓު ވަންދެން ފިހެލުން.

ފުށްގަނޑު ނަހަދާ، ބާޒާރުގައި ވިއްކަން ހުންނަ ޕިއްޒާ ފުށްގަނޑުން ވެސް މި ޕިއްޒާ ހެދޭނެ.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.