Roadha Mihaaru
މިހާރުގެ ރެސިޕީ: އަލުވި ހިިކިރިހަ

މިހާރުގެ ރެސިޕީ: އަލުވި ހިިކިރިހަ

02 ޖުލައި 2016

500 ގުރާމު އަލުވި (ރިހައަށް ކޮށައިފައި، ބޭރަށް މަޑު މުށިކުލަ އަރާ ވަރަށް ތެއްލައިފައި)

ފާތިމަތު ޚުރުޝިދާ ފާތިމަތު ޚުރުޝިދާ

ބޭނުންވާތަކެތި

500 ގުރާމު އަލުވި (ރިހައަށް ކޮށައިފައި، ބޭރަށް މަޑު މުށިކުލަ އަރާ ވަރަށް ތެއްލައިފައި)

1 ފިޔާ (ބޮޑު، ބޯކޮށް ކޮށައިފައި)

3 ލޮނުމެދު (ފަޅައިފައި)

½1 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓު

½1 މޭޒުމަތީސަމުސާ ހަވާދު (ފުއްލާޖެހި ރީނދޫ ދަޅު ނުވަތަ ހަނާކުރި ހަވާދު)

1 ޖޯޑު ކާށިކިރު

⅓ ސައިސަމުސާ އަސޭމިރުސް

⅓ ސައިސަމުސާ ދިރި

5 ތިކި ފިޝް ސޯސް

1 މޭޒުމަތީސަމުސާ މުގުރި ހިކިމަސް (ބޭނުން ނަމަ)

ރޯމިރުސް ނުވަތަ ގިތެޔޮމިރުސް، ހިކަނދިފަތް، ރާނބާފަތް، ތެޔޮ، ލޮނު

ހަދާނެ ގޮތް

މޭޒުމަތީސަމުސަލެއްގެ ތެލުގެ ތެރެއަށް ފިޔާ، ލޮނުމެދު އަޅައިފައި، ފިޔާކޮޅު ވަޅޯވަންދެން އެއްކޮށްލައިފައި، ޓޯމާޓޯޕޭސްޓު، މިރުސް އެޅުމަށް ފަހު ދެ މިނެޓު ވަންދެން (މަޑު ގިނީގައި) އެއްކޮށްލުން. އޭގެތެރެއަށް ހަވާދާއި ބައި ޖޯޑު ކާށިކިރު އަޅައިފައި ކައްކައިލުން. ބޮކިޖަހައި ކެކެން ފެށުމުން މަސް (ބޭނުން ނަމަ)، ތެއްލައިފައި ހުރި އަލުވި، ފިޝް ސޯސް، އަސޭމިރުސް، ދިރި، ބާކީ ހުރި ކިރުފޮދު އަޅައިފައި ދެ މިނިޓު ވަންދެން ކެއްކުން. ކެކެން ފެށުމުން، ހިކަނދިފަތާއި ރާނބާފަތް ލައިފައި، ލޮނު ހެޔޮވަރު ކުރުން.

އަލުވި ތެއްލައި ނިމޭއިރު ހުންނަން ވާނީ ރޯފިލައިފައި. ފަރާޓާ ނުވަތަ ރޮށްޓާ އެއްކޮށް މި ހިކި ރިހަ ވަރަށް މީރު ވާނެ.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.