Roadha Mihaaru
މިހާރުގެ ރެސިޕީ: ތެއްލި ބޯށި

މިހާރުގެ ރެސިޕީ: ތެއްލި ބޯށި

02 ޖުލައި 2016

1 ބޯށި (ބޮޑު، ކޮށައިފައި)

ފާތިމަތު ޚުރުޝިދާ ފާތިމަތު ޚުރުޝިދާ

ބޭނުންވާތަކެތި

1 ބޯށި (ބޮޑު، ކޮށައިފައި)

3 ފިޔާ (ބޮޑު، މެދުން ފަޅައިފައި އަރިމަތިން ތުނިކޮށް ކޮށައިފައި)

300 ގުރާމު ހިކިމަސް (ތުނިކޮށް ކޮށައިފައި)

6 ލޮނުމެދު (ތުނިކޮށް ކޮށައިފައި)

10 ހިކިމިރުސް

5 ހިކަނދިފަތް

ލޮނު، ތެޔޮ

ހަދާނެ ގޮތް

ފެނަށް ކުޑަ ލޮނުކޮޅެއް އަޅާލައިފައި، އޭގެ ތެރެއަށް ބޯށި ތުނިކޮށް ކޮށުން. ފެން ހުންނަންވާނީ ކޮށައިފައިވާ ބޯށިކޮޅު ފޮރުވޭ ވަރަށް. ބޯށިކޮޅުގައި ރަނގަޅަށް ފެންޖެހޭ ވަރަށް އަތުން އޮއްބައިލައިފައި، ބޯށިކޮޅު ފުރޭންޏަކަށް އަޅައިލުން. ތާހަށް ތެޔޮ އަޅައިފައި ލޮނުމެދާއި ފިޔާ އެއްކޮށް ތެއްލުން. ފިޔާކޮޅަށް މުށިކުލަ އެރުމުން ނަގައިފައި ޓިޝޫއަކަށް އަޅައިލުން. މިރުސް ތެއްލައިފައި، މުރަނަވީމައި މިރުސްކޮޅު ވެސް ނެގުން. މަސް ތެއްލައިފައި މަސްކޮޅު ވެސް މުރަނަވީމައި ނެގުން. ހިކަނދިފަތް ތެއްލައިފައި، މުރަނަކޮށްފައި ނެގުން. ބޯށި ވެސް ތެއްލައިފައި މުރަނަވީމައި ނެގުން. ތެޔޮ ހިންދާލުމަށްޓަކައި، ހުރިހާ އެއްޗެއް ވެސް ނަގާފައި ޓިޝޫއެއްގައި ބެހެއްޓުން. ވަކިން އެއްޗަކަށް ހުރިހާ އެއްޗެއް އަޅައިފައި (ލޮނު މަޑު ނަމަ ލޮނުކޮޅެއް ލައިފައި) އެއްކޮށްލުން. ރަނގަޅަށް އެއްކޮށްލައިފައި، ހިހޫވީމައި، ވައި ބަންދުވާ ކަހަލަ އެއްޗަކަށް އެޅުން. މި ގޮތަށް ހެދީމައި މި ބޯށި ވަރަށް ގިނަ ދުވަހު ބެހެއްޓޭނެ.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.