03 ޖުލައި 2016
1 ޕާން (ބޮޑު، އަރިމަތި ކަފާފައި)
1 ޕާން (ބޮޑު، އަރިމަތި ކަފާފައި)
1 ދަޅު ގެރިކިރު (ޑަބަލް ޕީޗް)
1 ޖޯޑު ފެން
4 ކުކުޅު ބިސް
2 ސައިސަމުސާ ވެނީލާ އެސެންސު
2 މޭޒުމަތީ ސަމުސާ މާޖިރީން
2 މޭޒުމަތީ ސަމުސާ ހަކުރު
50 ގުރާމު ހިކި މޭބިސްކަދުރު
ދަޅުގެ ތިންބައި ކުޅަ ދެބައި ގެރިކިރު، 4 ކުކުޅު ބިސް، ފެން ޖޯޑާއި، ވެނީލާ އެސެންސު މިކްސަރަށް އަޅައި ތިން މިނެޓު ވަންދެން ގިރާލުން.
ޕާންފޮތިތަކުގެ ދެ ފުށުގައި (ކުޑަކޮށް) މާޖިރީން ހާކާފައި، (ފުލަށް ހަކުރުކޮޅެއް ފަތުރާލާފައި ހުރި) ޓްރޭގައި އެތުރުން. އޭގެ މައްޗަށް ހަކުރުކޮޅެއް ބުރުވާލާފައި، (ބޭނުމިއްޔާ ހިކި މޭބިސްކަދުރު އަޅާފައި) އޭގެ މަތީގައި ދެން ހުރި ޕާންފޮތިތައް އެތުރުން. އެ ގޮތަށް އެއްކޮށް އަތުރާ ނިންމާފައި، އޭގެ މައްޗަށް ސޯސްގަނޑު އެޅުން. ޕާނުގެ ތެރެއަށް ސޯސްގަނޑު ވަންނަންދެން ބަހައްޓާލުމަށް ފަހު، އެއްކޮށް ވަދެ ނިމުނީމައި، އަވަނުން ނުވަތަ މައިކްރޯވޭވުން ފިހެލުން.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.
މިހާރުގެ ރެސިޕީ: ބަކަރި ރިހަ ހިކިކޮށް
މިހާރުގެ ރެސިޕީ: ކަޓްލަސް
މިހާރުގެ ރެސިޕީ: ހުނިހަކުރު (ސްޓީމް ކޮށްފައި)
މިހާރުގެ ރެސިޕީ: މަސް ބިރިޔާނި
މިހާރުގެ ރެސިޕީ: ފަސޭހަ ކުކުޅުރިހަ
މިހާރުގެ ރެސިޕީ: ތެއްލި ބޯށި
މިހާރުގެ ރެސިޕީ: އަލުވި ހިިކިރިހަ
މިހާރުގެ ރެސިޕީ: ސާގު ފަނި
މިހާރުގެ ރެސިޕީ: ރިހަ ފަތުފޮޅި
މިހާރުގެ ރެސިޕީ: ކިރު