03 ޖުލައި 2016
1 ކުކުޅު (ކޮށާފައި، ½ ސައިސަމުސާ އަސޭމިރުހާއި، ކުޑަ ލޮނުކޮޅެއް ކުކުޅުގައި އުނގުޅާފައި، މަތިޖަހާފައި ބެހެއްޓުން)
1 ކުކުޅު (ކޮށާފައި، ½ ސައިސަމުސާ އަސޭމިރުހާއި، ކުޑަ ލޮނުކޮޅެއް ކުކުޅުގައި އުނގުޅާފައި، މަތިޖަހާފައި ބެހެއްޓުން)
2 ފިޔާ (ބޮޑު، ކޮށާފައި)
5 ލޮނުމެދު (ގާނާފައި)
1 އިންޗި އިނގުރު (ގާނާފައި)
1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓު
1 ސައިސަމުސާ މަސްޓަޑު ކިރިމު
3 ސައިސަމުސާ ހަވާދު (ފުއްލާޖެހި ރީނދޫ ދަޅު)
3 ޗިކަން ކިޔުބު
3 އިންޗި ރާނބާފަތް (4 އެތިކޮޅު)
1 ޕެކެޓު ދިޔާކިރު (ޑަޗްލޭޑީ ނުވަތަ ލެކްނޯ 500 އެމްއެލް)
½ ސައިސަމުސާ ދިރި (މުގުރި)
ހިކަނދިފަތް، ލޮނު، އަސޭމިރުސް، ތެޔޮ
ފުރަތަމަ ތެޔޮފޮދެއްގައި ފިޔާ މީރުކޮށްލާ. ފިޔާތައް މޯޅިވީމައި، ލޮނުމެދާއި އިނގުރު އަޅާލާ. އެ އަށް ފަހު އެއްކޮށްލާފައި، އެ އިން ދެބައިކުޅަ އެއްބައި ނަގައި، ވަކިން ތަށްޓެއްގައި ބަހައްޓާ. ތެލީގައި ހުރި ފިޔާކޮޅުގެ ތެރެއަށް ކުކުޅުކޮޅު އަޅާލާފައި (ކުކުޅު އަޅާއިރު އޭގައި ހުރި ފެންފޮދު ނުލައި އެޅުން) އެއްކޮށްލާފައި، މަތިޖަހާފައި، އުނދުން މަޑުކޮށްފައި ބެހެއްޓުން. ފުލުގައި ހިފިޔަ ނުދީ ކުޑަކޮށް ހަލައިލުން. ފެންތައް ކެކި ހުސްވުމުން ހަވާދާއި، މަސްޓަޑު ކިރިމާއި، ޓޮމާޓޯ ޕޭސްޓު އޭގެތެރެއަށް އަޅާލާފައި ހަލައިލާ. ދެން ކުޑަ ފެންފޮދެއް އަޅާފައި، 1 ޖޯޑު ދިޔާކިރު އެޅުން. ވަކިން ބެހެއްޓި ފިޔާކޮޅުގެ ތެރެއަށް، 1 ޖޯޑު ދިޔާކިރު، ހިކަނދިފަތް، ދިރި، އަސޭމިރުސްކޮޅެއް (އިތުރަށް ކުޅިކުރަން ބޭނުމިއްޔާ ގިތެޔޮމިރުސް ނުވަތަ ރޯމިރުސް) އަޅާފައި ތެއްޔަށް އޮއްސާލާ. ދިޔާކުރަން ބޭނުމިއްޔާ އަދި ވެސް 1 ޖޯޑު ފެން، ބައިޖޯޑު ދިޔާކިރު އަޅާ. އެ އަށް ފަހު އެއްކޮށްލާފައި، ޗިކަން ކިޔުބު ގިރާފައި އަޅާ. ދެން ލޮނު ހެޔޮވަރު ކޮށްފައި ކެކިގަތީމައި ބޭލުން.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.
މިހާރުގެ ރެސިޕީ: ބަކަރި ރިހަ ހިކިކޮށް
މިހާރުގެ ރެސިޕީ: ކަޓްލަސް
މިހާރުގެ ރެސިޕީ: ހުނިހަކުރު (ސްޓީމް ކޮށްފައި)
މިހާރުގެ ރެސިޕީ: މަސް ބިރިޔާނި
މިހާރުގެ ރެސިޕީ: ޕާން ޕުޑިން ބޯކިބާ
މިހާރުގެ ރެސިޕީ: ތެއްލި ބޯށި
މިހާރުގެ ރެސިޕީ: އަލުވި ހިިކިރިހަ
މިހާރުގެ ރެސިޕީ: ސާގު ފަނި
މިހާރުގެ ރެސިޕީ: ރިހަ ފަތުފޮޅި
މިހާރުގެ ރެސިޕީ: ކިރު