Roadha Mihaaru
މިހާރުގެ ރެސިޕީ: ބަކަރި ރިހަ ހިކިކޮށް

މިހާރުގެ ރެސިޕީ: ބަކަރި ރިހަ ހިކިކޮށް

05 ޖުލައި 2016

600 ގުރާމު ބަކަރި މަސް (ކޮށާފައި)

ފާތިމަތު ޚުރުޝިދާ ފާތިމަތު ޚުރުޝިދާ

ބޭނުންވާތަކެތި

600 ގުރާމު ބަކަރި މަސް (ކޮށާފައި)

1 ފިޔާ (ބޮޑު)

1 ސައިސަމުސާ ލޮނުމެދު (ގާނާފައި)

1 ސައިސަމުސާ އިނގުރު (ގާނާފައި)

½ ސައިސަމުސާ އަސޭމިރުސް (މުގުރި)

½ ސައިސަމުސާ ރީނދޫ

½ ސައިސަމުސާ ދިރި (މުގުރި)

½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި

1 ޖޯޑު ކާށި ކިރު

1 މޭޒުމަތީސަމުސާ މަސްޓަޑު އޮއިލް

1 މޭޒުމަތީސަމުސާ ކުކިން އޮއިލް

2 މޭޒުމަތީސަމުސާ ލުނބޯ ހުތް

1 ޓޮމާޓޯ (ކޮށާފައި)

4 ސައިސަމުސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު)

ހިކަނދިފަތް، ގިތެޔޮ މިރުސް ނުވަތަ ތޮޅި މިރުސް، ރާނބާފަތް، ލޮނު

ހަދާނެގޮތް

ކޮށާފައި ހުރި ބަކަރިމަހުގެ ތެރެއަށް ރީނދޫ، ލުނބޯ ހުތް، 1 ސައިސަމުސާ ހަވާދު، ކުޑަ ލޮނުކޮޅެއް އެޅުމަށް ފަހު، އެއްކޮށްފައި، ރަނގަޅަށް މަތި ޖަހާފައި ދިހަ މިނެޓު ވަންދެން ބެހެއްޓުން. ދެން މަސްޓަޑު އޮއިލް، ކުކިން އޮއިލް އެއްކޮށްފައި، އޭގެ ތެރޭގައި ފިޔާ މީރު ކޮށްފައި، އޭގެ ތެރެއަށް އިނގުރާއި، ލޮނުމެދު އެޅުން. އެ އަށް ފަހު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ނެގުން. ބާކީ ހުރި ބައިގެ ތެރެއަށް ބަކަރިމަސް އެޅުމަށް ފަހު، ބައި ޖޯޑު ހޫނު ފެން އަޅައިގެން، އެއްކުރަމުން ކެއްކުން. އެ އިން ނުކުންނަ ފެނުން އެ ކެކި، ރަނގަޅަށް މަޑު ވީމައި، ހަވާދު، ބައި ޖޯޑު ފެން، ރާނބާފަތް، ބައި ޖޯޑު ކާށި ކިރު އެޅުން. ރަނގަޅަށް ހަވާދުކޮޅު ރޯ ފިލީމައި، ކުރިން ނެގި ފިޔާކޮޅުގެ ތެރެއަށް އަސޭމިރުސް، ދިރި، ފޮނިތޮށިކާފޫރުތޮޅި، ޓޮމާޓޯ، (ބޭނުން ނަމަ ގިތެޔޮ މިރުސް) އެޅުމަށް ފަހު، ބާކީ ހުރި ކާށި ކިރު ފޮދު އަޅާލުމަށް ފަހު އެއްކޮށްލުން. ހިކަނދިފަތް އަޅާފައި، ލޮނު ހެޔޮވަރު ކުރުން. މި ރިހަ ހުންނާނީ ހިކިކޮށް.