05 ޖުލައި 2016
300 ގުރާމު އަލުވި (ކައްކާފައި، ޗަސްކޮށްފައި)
300 ގުރާމު އަލުވި (ކައްކާފައި، ޗަސްކޮށްފައި)
1 ދަޅު ތެޔޮމަސް
½ ސައިސަމުސާ އިނގުރު (ގާނާފައި)
½ ސައިސަމުސާ ލޮނުމެދު (ގާނާފައި)
½ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
1 ލުނބޯ
2 ކުކުޅު ބިސް
1 ޕަކެޓު ފާރޮށި ކުނޑި
1 ފިޔާ (ބޮޑު، އަރިމަތިން ކޮށާފައި)
ގިތެޔޮމިރުސް، ހިކަނދިފަތް، ތެޔޮ
ތެޔޮމަސް ދަޅުގައި ހުރި ތެޔޮފޮދުގެ ތެރެއަށް ހިކަނދިފަތް އަޅައިގެން ފިޔާ މީރުކޮށްފައި، އޭގެ ތެރެއަށް އިނގުރާއި ލޮނުމެދާއި، މަހާއި، އަލުއްވާއި، ގިތެޔޮމިރުހާއި، އަސޭމިރުހާއި (ދެބައިކުޅަ އެއްބައި)، ލޮނު ލުމަށް ފަހު އެއްކުރުން. ރަނގަޅަށް އެއްވުމުން މަސްގަނޑު ހިހޫ ކޮށްފައި ލުނބޯ އެޅުމަށް ފަހު، އަނެއްކާ ވެސް ރަނގަޅަށް މޮޑެލުމަށް ފަހު ގުޅަޖެހުން. ގުޅަޖަހާއިރު، މަސްގަނޑު ތެރޭގައި ހުރި ހިކަނދިފަތްތައް ނަގަން ވާނެ. ދެން ބިހާއި، އަސޭމިރުސްކޮޅަކާއި، ލޮނާއި އެއްކޮށް ރަނގަޅަށް ގިރާފައި، އޭގެ ތެރެއަށް ކަޓްލަސް ލުމަށް ފަހު، ފާރޮށި ކުނޑި ހާކާފައި ތެއްލުން. ތެޔޮގަނޑަށް ކަޓްލަސް ލުމުގެ ކުރިން ތެޔޮގަނޑު ހޫނުކުރަން ވާނެ.
މިހާރުގެ ރެސިޕީ: ބަކަރި ރިހަ ހިކިކޮށް
މިހާރުގެ ރެސިޕީ: ހުނިހަކުރު (ސްޓީމް ކޮށްފައި)
މިހާރުގެ ރެސިޕީ: މަސް ބިރިޔާނި
މިހާރުގެ ރެސިޕީ: ފަސޭހަ ކުކުޅުރިހަ
މިހާރުގެ ރެސިޕީ: ޕާން ޕުޑިން ބޯކިބާ
މިހާރުގެ ރެސިޕީ: ތެއްލި ބޯށި
މިހާރުގެ ރެސިޕީ: އަލުވި ހިިކިރިހަ
މިހާރުގެ ރެސިޕީ: ސާގު ފަނި
މިހާރުގެ ރެސިޕީ: ރިހަ ފަތުފޮޅި
މިހާރުގެ ރެސިޕީ: ކިރު