މިއަހަރުގެ ފުރަތަމަ ހަ މަހު 87 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ގެ މަސް އެކްސްޕޯޓުކޮށްފި އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަހު 87 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ގެ މަސް އެކްސްޕޯޓުކޮށްފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މަސް އެކްސްޕޯޓު ކުރި އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 58 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު މަސް އެކްސްޕޯޓުކޮށްގެން ލިބުނީ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) އެވެ. އަދި އެ އަހަރު މަސް އެކްސްޕޯޓު ކޮށްގެން ލިބުނީ 82 މިލިއަން ޑޮލަރު (1.26 ބިލިއަން ރުފިޔާ) އެވެ. އެހެންވެ، މިއަހަރުގެ ފުރަތަމަ ހަ މަހު ވަނީ މިދިޔަ އަހަރުގެ ޖުމްލަ މަހުގެ އެކްސްޕޯޓަށްވުރެ އިތުރު ވެފަ އެވެ.
ހިސާބުތަކުން ދައްކާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މަސް އެކްސްޕޯޓުކޮށްގެން ލިބޭ އާމްދަނީ އުޅެނީ 130 މިލިއަން ޑޮލަރާއި 155 މިލިއަން ޑޮލަރާ ދެމެދުގަ އެވެ.
އެހެންވެ މިދިޔަ އަހަރަކީ މަހުގެ އެކްސްޕޯޓާއި މަސްވެރިކަމުން ލިބޭ އާމްދަނީ އެންމެ ބޮޑަށް ދަށްވި އަހަރެވެ.
މިއަހަރުގެ ފުރަތަމަ ހަ މަހު، 60،000 މެޓްރިކް ޓަނުގެ މަސް ގަނެފައިވެ އެވެ. އޭގެ ތެރެއިން 52،000 މެޓްރިކް ޓަނަކީ ކަޅުބިލަ މަހެވެ.
އެކްސްޕޯޓު ކުރި މަހުގެ އަދަދު އުޅެނީ 53،000 މެޓްރިކް ޓަނުގަ އެވެ. އޭގެ ތެރެއިން ރޯ މަހުގެ ގޮތުގައި 47،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 80 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެކްސްޕޯޓު ކުރި މަހުގެ ތެރެއިން ދަޅުގައި ބަންދުކޮށްގެން ވިއްކާ މަހުގެ ބާވަތްތަކުގެ އަދަދު ވަނީ ގާތްގަނޑަކަށް 300 މެޓްރިކް ޓަނު އިތުރުވެފަ އެވެ.
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
މަހުގެ އެކްސްޕޯޓުން ލިބުނު އާމްދަނީ 60 ޕަސެންޓް ދަށް
މަސްވެރިކަމަށް ބިދޭސީން: ދެން ކޮންކަހަލަ ބަދަލެއް؟
ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަހުން މިލިއަނެއްހާ ރުފިޔާ
މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ ހަތް ޓަނު މަސް
ފަސް ޓަނު ކިރުމަކީ ދޭ ބޮޑު ގެއްލުމެއް: މަސްވެރިން
މާލެ އިން މަހަށް ވެސް ދެވޭނީ ހުއްދަ ނަގައިގެން
ކޮންޓްރޯލް ދޫކޮށްލިޔަސް ހިނިތުންވުމެއް ނެތް؟!
ކަޅުބިލަމަހާއި ކަންނެލި ގަނެވޭނެ ދަށްއަގު ކަނޑައަޅައިފި
މަހުގެ އެކްސްޕޯޓް 12 ޕަސެންޓް ދަށަށް