Roadha Mihaaru
މާލެ އިން މަހަށް ވެސް ދެވޭނީ ހުއްދަ ނަގައިގެން

މާލެ އިން މަހަށް ވެސް ދެވޭނީ ހުއްދަ ނަގައިގެން

26 މެއި 2021

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކޮށް، ވަކި ގަޑިތަކެއްގައި ކާފިއު ހިންގާތީ، މަހަށް ފުރާ އުޅަނދުތަކުން މިއަދުން ފެށިގެން ސިޓީ ކައުންސިލްގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކޮށް، ވަކި ގަޑިތަކެއްގައި ކާފިއު ހިންގާތީ، މަހަށް ފުރާ އުޅަނދުތަކުން މިއަދުން ފެށިގެން ސިޓީ ކައުންސިލްގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މަހަށް ދާ އުޅަނދުތަކަށް ހުއްދަ ދޭނީ އެ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މި ޕޯޓަލް މިއަދު ވަނީ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ހުޅުވާލައިފަ އެވެ.

އެ ކައުންސިލުން ގެނައި މި ބަދަލަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާތީ ގެނައި ބަދަލެކެވެ.

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިއަދުން ފެށިގެން ދެ ހަފުތާ ވަންދެން ހެނދުނު 8:00 ހަވީރު 4:00 އާ ދެމެދު ހުއްދަ ނެތި އާއްމުން ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ. އަދި ހަވީރު 4:00 އިން ހެނދުނު 8:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގާނެ އެވެ.