މި އަހަރުގެ ފުރަތަމަ ފަސް މަހު މަސް އެކްސްޕޯޓް ކުރި މިންވަރު 12 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
30 ޖުލައި 2020
މި އަހަރުގެ ފުރަތަމަ ފަސް މަހު މަސް އެކްސްޕޯޓް ކުރި މިންވަރު 12 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް އެކްސްޕޯޓްކުރީ 27،000 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 31،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކުރި އެވެ.
ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން މަސް އެކްސްޕޯޓް ކުރުމުގައި ބޮޑެތި ދަތިތަކެއް ކުންފުނިތަކަށް ދިމާވި އެވެ.
މި އަހަރުގެ މެއި މަހުގެ ނިޔަލަށް މަސް އެކްސްޕޯޓް ކޮށްގެން ލިބިފައި ވަނީ 61 މިލިއަން ޑޮލަރު (940 މިލިއަން ރުފިޔާ) އެވެ.
ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ 70 ޕަސެންޓަކީ ރޯމަހުގެ ބާވަތްތަކެވެ. އޭގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ތައިލެންޑަށެވެ.
ދަޅު މަސް އެކްސްޕޯޓް ކުރި މިންވަރު ވެސް ވަނީ ދަށްވެފަ އެވެ. މި އަހަރުގެ ފުރަތަމަ ފަސް މަހު އެކްސްޕޯޓްކުރީ 2،600 މެޓްރިކް ޓަނުގެ ދަޅު މަހެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލައި އިރު 27 ޕަސެންޓްގެ ދަށްވުމެކެވެ.
މިދިޔަ އަހަރު ރާއްޖެއިން 56،000 މެޓްރިކް ޓަނު މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.
މިދިޔަ ފަސް އަހަރު އެންމެ ގިނައިން މަސް އެކްސްޕޯޓް ކުރީ 2017 ވަނަ އަހަރު އެވެ. އެ އަހަރު 72،000 މެޓްރިކް ޓަނުގެ މަސް ރާއްޖެ އިން ބޭރުކުރި އެވެ.
ބާނާ ހުރިހާމަހަކަށް ރަނގަޅު އަގުހޯދަން އިންވެސްޓްކުރަނީ
އިގުތިސާދު މިނިވަންކުރުން: މަސްވެރިކަން ފުޅާކުރަމާ!
މަސްވެރިކަމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް!
މަހުގެ އެކްސްޕޯޓާއި އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށަށް
ބުރުންޏަށް 7000 ރާގޮނޑި، ލައްކައެއްހާ ރުފިޔާ!
އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ
އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް
48 މަސް ދޯންޏަކަށް 7 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފްކޯއަށް އެންމެ ގިނައިން މަސް ކިރުވީ ޖެނުއަރީގައި
މަސްވެރިންގެ މަސައްކަތް ބަލައިގަތުމަކީ ވާޖިބެއް: ރައީސް