ވަޒީރުންނާ ސުވާލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަމަލުކުރައްވާ ކަމަށް ތުހުމަތުކުރައްވައި އިހުތިޖާޖުކުރުމުގެ ގޮތުން، އިދިކޮޅު އެމްޑީޕީގެ ތިން މެންބަރަކު ޓައީ އެޅުން ހުއްޓާލައްވައިފި އެވެ.
15 ސެޕްޓެމްބަރ 2025
ވަޒީރުންނާ ސުވާލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަމަލުކުރައްވާ ކަމަށް ތުހުމަތުކުރައްވައި އިހުތިޖާޖުކުރުމުގެ ގޮތުން، އިދިކޮޅު އެމްޑީޕީގެ ތިން މެންބަރަކު ޓައީ އެޅުން ހުއްޓާލައްވައިފި އެވެ.
ޓައީ ނާޅައި މިއަދު ޖަލްސާއަށް ވަޑައިގަތީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
އެ ތިން މެންބަރުން ޓައީ ނާޅުއްވައި ވަޑައިގެން ތިއްބެވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެ މެންބަރުންނަށް ނަސޭހަތް ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކަކީ މެންބަރުންގެ ރަސްމީ މަސައްކަތަށް ވާތީ އާއްމުކޮށް މެންބަރުން ވަޑައިގަންނަވާނީ ރަސްމީ ހެދުމުގައި ކަމަށެވެ. އެއީ މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި ޓައީ އަޅުއްވައިގެން ވަޑައިގަތުމެވެ.
"އެހެން ނަމަވެސް މިއަދު ބައެއް މެންބަރުން ޓައީ ނާޅުއްވައި ވަޑައިގެން ތިއްބެވީމާ އަޅުގަނޑު ހަމަ ދަންނަވާލަން އެހެން ނަހައްދަވާށޭ، އަޅުގަނޑުމެންގެ މަޖިލީހުގެ އިއްޒަތާއި ގަދަރާ ކަރާމަތާ ހިފެހެއްޓެވުމަކީ ހުރިހާ މެންބަރުންގެ މައްޗަށް އޮތް ލާޒިމް ކަމެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޓައީ ނާޅުއްވައި ވަޑައިގެންނެވި ސަބަބާ ބެހޭ ގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާ ހިމެނިވަޑައިގަންނަވަ ގޮތުން ތިން މެންބަރުން ޓައީ ނާޅުއްވައި ވަޑައިގަތީ މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވައިދަށް އަމަލުނުކުރައްވާތީ އެކަމާ އިހުތިޖާޖް ކުރެއްވުމުގެ ގޮތުން ކަމަށެވެ.
"މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާއާ ހިލާފަށް ރައީސް ގެންދަވަނީ އަމަލުކުރައްވަމުން، އެހެންވެ އަޅުގަނޑުމެން ދެން މަޖިލީހަށް ދާނީ ޓައީ ނާޅައި،" ފިއްޓޭ ވިދާޅުވި އެވެ.
މަޖިލީހުގެ 83 ވަނަ މާއްދާގައި އޮތީ މަޖިލީހުގެ މެންބަރުން ވަޒީރުންނާ ސުވާލުކުރުމުގެ އުސޫލުތަކެވެ.
ފިއްޓޭ ވިދާޅުވި ގޮތުގައި މަޖިލިހުގެ ޖަލްސާތަކަށް ހާޒިރުވާން ވަކި ޑްރެސް ކޯޑެއް ނެތެވެ. އެކަމަކު މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވާންޖެހޭނީ ޓައީ އަޅައިގެން، ރަސްމީ ހެދުމުގައި ކަމަށް އޮންނަ ކަމަށާއި އެކަމަކު ކޮމިޓީތަކަށް ހާޒިރުވާއިރު ނުރަސްމީ ހެދުމުގައި މެންބަރުން ތިއްބެވުމަކީ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ.
"ޑިމޮކްރަސީއަކީ ހިތުހުރި ވާހަކަ ދެއްކުމެއް ނޫން"
ފްލެޓަށް ޕޮއިންޓް ދިން ގޮތް އާންމުކުރަން އިސްލާހެއް
މަޖިލީހުގެ މި ދައުރު އެއް ހަފުތާއަށް ދަންމާލައިފި
ސަރުކާރުން ފައިސާ ނުލިބުނީމާ ލުޔެއް އޮންނަން ވާނެ
"ކައުންސިލަރުންނަށް ޖެހޭނީ މުސާރަ ނަގައިގެން ތިބެން"
ސިއްރު ކޮމިޓީތަކުގެ މައުލޫމާތު ހާމަނުކުރަން އެދިއްޖެ
ބޮޑުކަންނެލި ނުކިރި "ތާށިވާ" މައްސަލައެއް މަޖިލިހަށް!
ބޭންކުން ނަގާ ފީއާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތް
މަޖިލިސް ޗުއްޓީއަށް: މި ދައުރުގައި ނިންމީ ނުވަ ބިލް
ނާޒުކު ގައުމުތައް ރައްކާތެރިކޮށްދޭން ގޮވާލައްވައިފި