ޑިމޮކްރަސީއަކީ ހިތުހުރި ވާހަކައެއް ދައްކައި، އެ ވާހަކަތައް ލިޔުން ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެ އެވެ.
15 ސެޕްޓެމްބަރ 2025
ޑިމޮކްރަސީއަކީ ހިތުހުރި ވާހަކައެއް ދައްކައި، އެ ވާހަކަތައް ލިޔުން ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން އެމަނިކުފާނު ދެއްވި މެސެޖެއްގައި ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ފުރިހަމަ ބާރު އޮންނަ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ވެސް ރައްޔިތުންނާއި ހަމައިންކަން ފާހަގަ ކުރައްވައި، ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ޑިމޮކްރަސީއަކީ ހިތަށް އެރިހާ ކަމެއް ކުރުމެއް ނޫން. ހިތައް އެރިހާ އެއްޗެއް ލިޔުމެއް ވެސް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޑިމޮކްރަސީއަކީ އެ ކަމެއް ކުރަން އޮންނަ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް އެއަށް ތަބާވެގެން އެ އޮންނަ ހަމަތަކުގެ ތެރެއިން ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭގެ ތެރެއިން އެންމެ މުހިންމު އެއް ޒިންމާއަކީ އިންތިހާބުތަކުގައި ވޯޓުލާން ދާ ދިއުން ކަމަށެވެ. އަދި ވޯޓުލުމަކީ ރައްޔިތުންނަށް ލިބިދޭ މުހިންމު ހައްގެއް ކަމަށާއި އެހެންވެ، އެ ހައްގު އަދާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅިގެން ނޫސްވެރިންނާއި ބޭރުގެ ބައެއް ޖަމާއަތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، އިހްތިޖާޖް ކުރަމުން ދަނިކޮށެވެ. އެ ބިލް ބޭރުކުރަން ގޮވާލަމުން ދަނިކޮށް ބައެއް އިސްލާހުތަކާއެކު މަޖިލީހުގެ ކޮމެޓީން މިއަދު ވަނީ އެ ބިލް ފާސްކޮށްފަ އެވެ.
އެންޓި ޑިފެކްޝަނާއި އަބުރުގެ ގާނޫނު އުވާލަން ހުށަހަޅަނީ
މީޑީއާ ކޮމިޝަންގެ ބިލް ފާސްކޮށް ޗުއްޓީއަށް ދަނީ
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
ކޮލަމް ށަވިޔަނި: ހެދި ނުބައި ރަނގަޅެއް ނުކުރެވޭނެ!
ބިލާ މެދު ރައީސް ވިސްނަވަން ގޮވާލައިފި
ގޮއްވާލި "ބޮމާ" އެކު ނޫސްވެރިކަން އަޅި އަށް!
ބިލް ފާސްކުރީ ދީން ހަތިޔާރަކަށް ހަދައިގެން: އަދާލަތު
ފާރިސް އާއި މުސްތޮފާ އަށް ފުރުސަތެއް ނުދިން
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި