09 އޯގަސްޓް 2016
ހިޔާލު ފާޅު ކުރުން ހުއްޓުވާ ބިލް ފާސް ކުރަން މަޖިލީހުގައި ވޯޓު ނަގަމުން ދިޔަ އިރު ވެސް މަޖިލިސް ދޮށުގައި ނޫސްވެރިން އާދޭސް ކުރަމުން ދިޔައީ ބިލް ފާސް ނުކުރުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާ ހަނދާން ކޮށްދިނުމުގައި އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް ނޫސްވެރިން ދެމިތިބީ، އެ ބިލަށް ނޫސްވެރިން ފާޅުކުރި ކަންބޮޑުވުންތައް ކުނިވަށިގަނޑަށް ލައި ޖެއްސުން ކުރަން އެ އަށް ވުރެ ބިލް ހަރުކަށި ކޮށްފައިވާ ކަން ވެސް އެނގި ތިބެ އެވެ. އެކަމަކު މާއްދާ "27ގެ ދިފާއުގައި" ނޫސްވެރިން ނުކުމެ ބޯޑުތައް އަތުގެ ކޮޅަށް ނަގައިގެން ތިބީ ހައްގުތައް ނިގުޅައިގަންނަ ނަމަ، އެކަން ހުއްޓުވުމަކީ ފަރުދީ ޒިންމާއަކަށް ވެސް ވާތީ އެވެ.
ހިޔާލު ފާޅު ކުރުން ހުއްޓުވާ ބިލް ފާސް ކުރަން މަޖިލީހުގައި ވޯޓު ނަގަމުން ދިޔަ އިރު ވެސް މަޖިލިސް ދޮށުގައި ނޫސްވެރިން އާދޭސް ކުރަމުން ދިޔައީ ބިލް ފާސް ނުކުރުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާ ހަނދާން ކޮށްދިނުމުގައި އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް ނޫސްވެރިން ދެމިތިބީ، އެ ބިލަށް ނޫސްވެރިން ފާޅުކުރި ކަންބޮޑުވުންތައް ކުނިވަށިގަނޑަށް ލައި ޖެއްސުން ކުރަން އެ އަށް ވުރެ ބިލް ހަރުކަށި ކޮށްފައިވާ ކަން ވެސް އެނގި ތިބެ އެވެ. އެކަމަކު މާއްދާ "27ގެ ދިފާއުގައި" ނޫސްވެރިން ނުކުމެ ބޯޑުތައް އަތުގެ ކޮޅަށް ނަގައިގެން ތިބީ ހައްގުތައް ނިގުޅައިގަންނަ ނަމަ، އެކަން ހުއްޓުވުމަކީ ފަރުދީ ޒިންމާއަކަށް ވެސް ވާތީ އެވެ.
ކުރިން ވެސް ހީކުރި ގޮތަށް، ވެރިކަން ކުރާ ޕާޓީގެ މެމްބަރުންގެ ސާފު އަޣުލަބިއްޔަތުން ބިލް ފާސް ކުރި އެވެ. އެ ހަބަރު ލިބުމާ އެކު އެއް ނޫސްވެރިއަކު އަނެއް ނޫސްވެރިއަކަށް ބުނެވުނީ މިހެންނެވެ.
"ހިޔާލު ފާޅު ކުރުން ހަނިކޮށް ނޫސްވެރިކަން މަރާލައިިފި" އެވެ.
ހިޔާލު ފާޅު ކުރުން ހުއްޓުވުމުގެ ބިލް ފާސް ނުކުރަން އެދި ނޫސްވެރިން މަޖިލިސް އިދާރާ ދޮށުގައި. --ފޮޓޯ: މުހައްމަދު ޝަރުހާން
މި ބިލް ފާސް ކުރުމަކުން ނޫސްވެރިން ހައިރާނެއް ނުވެ އެވެ. މި ބިލުން ހާސިލްކުރަން ބޭނުންވާ މަގްސަދު، ސަރުކާރުން އޮތީ މެމްބަރުން ލައްވައި ނޫސްވެރިންނަށް މާކުރިން ވެސް ސާފު ކޮށްދީފަ އެވެ.
"ބޭނުމަކީ ސަރުކާރުން ކުރާ ގޯސް އެއްވެސް ވާހަކައެއް ރައްޔިތުންނާ ހަމަ އަށް ނުގެނެވޭނެ ގޮތް ހެދުން. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ގާނޫނުއަސާސީ މުގުރާލައި، ގާނޫނީ ގޮތުން އެ ޖާގަ މި ހޯދީ،" ބިލާ މެދު ކަންބޮޑުވުން ފާޅު ކުރި ނޫސްވެރިއަކު ބުންޏެވެ.
ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު އަދި މީޑިއާ ކައުންސިލްގެ މެމްބަރު ހުސެއިން ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި ބިލް ފާސްކޮށް ރާއްޖޭގެ ނޫސްވެރިކަން އެތައް ދަރަޖައެއް ފަހަތަށް ވައްޓާލައިފި އެވެ. މި ކަމުގެ ހުރިހާ ގެއްލުމެއް އޮތީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ދިވެހި ރައްޔިތުންނަށެވެ.
"ނޫސްވެރިންގެ ޒިންމާއަކީ ސަރުކާރު ޒިންމާދާރު ކުރުވުން. އެކަމަކު ގާނޫނުއަސާސީން ދީފައި އޮތް އެ ހައްގު ގާނޫނު ހަދާ މަޖިލީހުން މި ނިގުޅައިގަތީ،" ހުސެއިން ވިދާޅުވި އެވެ.
"ބިލު އޮތް ގޮތުން މީހެއްގެ ވާހަކައެއް ނުދެއްކޭނޭ، ދައްކަން މި ޖެހެނީ އިމާރާތްތަކުގެ ވާހަކަ. އެކަމަކު ރައްޔިތުން ދައްކާ ޓެކުހަށް ހިޔާނާތްތެރިވާނީ ފިނޭންސް މިނިސްޓްރީގެ އިމާރާތެއް ނޫން. ހައްގުތައް ނިގުޅައިގަންނަނީ ރައީސް އޮފީހުގެ އިމާރާތެއް ނޫން. އެއީ މީހަކު ކުރާ ކަމެއް. އެ ވާހަކަ ނުދެއްކޭނެ ގޮތް މި ހެދީ."
ހިޔާލު ފާޅު ކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން ނޫސްވެރިން ގޮވާލަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން
"މިހާރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރު މުހައްމަދު ހަމްދޫންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ބިލް ތަސްދީގު ކުރާ ހިސާބުން މި ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ނުދެއްކޭ ވަރަށް ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގެންފައި ވުމެވެ. އަދި އެހެން މީހަކު ދައްކާ ގޯސް ވާހަކައެއްގެ ޒިންމާ ނޫސްވެރިން ނަގަން ޖެހި، ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު ހެދުމަކީ ވެސް ބިލާ މެދު އޭނާ ކަންބޮޑުވާ ކަމެކެވެ.
"މީހަކު ވާހަކަ ދެއްކީމަ އެކަމުގެ ޒިންމާ މި ނަގަން ޖެހެނީ ރިޕޯޓް ކުރާ ނޫސްވެރިޔާ. މިއީ ކިހާ ހެއްވާ ކަމެއް. މި ބިލަކީ ނޫސްވެރިކަމަށް ހުރަސްތައް ކުރިމަތި ކުރަމުން ގޮސް ނޫސްވެރިކަން އެކީ ނައްތާލަން ގޮއްވާލި ބޮމެއް. އެއްވެސް ކަމެއް ގޯސްކޮށް ކުރާ ނަމަ އެކަމުގެ ވާހަކަ ދެއްކުމުގެ ފުރުސަތެއް މިހާރަކު ނެތް،" ހަމްދޫން ވިދާޅުވި އެވެ.
މި ބިލާއެކު، ހަމްދޫން ވިދާޅުވި ގޮތުގައި، ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވަޅުޖެހުމުގެ އިތުރުން އުފެއްދުންތެރި ލިއުންތަކާއި ހިޔާލްތައް ފާޅު ކުރެވޭނެ ގޮތެއް ވެސް ނެތެވެ. އެހެންވެ ކަންކަން ކުރިއެރުމުގެ ފުރުސަތު ވެސް ހަނިވެގެން ދިޔައީ ކަމަށް އޭނާ ދެކެ އެވެ.
މިނިވަން ނޫހުގެ އެޑިޓަރު ޒަހީނާ ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ނޫސްވެރިންގެ ކަރުގައި ހިފައި މަރާލަން ހެދި ބިލުން ގެއްލުން ލިބޭނީ ނޫސްވެރިންނަށް އެކަންޏެއް ނޫނެވެ. އެއަށް ވުރެ ބޮޑު ނުރައްކަލެއް މި ބިލަށް ވޯޓު ދެއްވި 31 މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް އޭނާ ދެކެ އެވެ.
"ރާއްޖޭގައި މި އޮންނަނީ ވަރަށް ހަލަބޮލި ސިޔާސީ މަސްރަހެއް. ސިޔާސީ މަސްރަހު އެކި ގޮތްގޮތަށް ބަދަލުވާއިރު، މި ބިލަށް ވޯޓު ދެއްވި މެމްބަރުންނަށް އަނިޔާއެއް ކުރިމަތިވެއްޖެ ނަމަ އޭގެ ވާހަކަ ދައްކަން ތިބީ ކޮން ބައެއްތޯ؟ ހަމަ އަޅުގަނޑުމެން ނޫސްވެރިން. މި ބިލާއެކު އަޅުގަނޑުމެން ކިހިނެއްތޯ އެކަން ކުރާނީ،" ޒަހީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި "ގާނޫނު ހަދާ މަޖިލީހުން ރާއްޖޭގެ ގާނޫނީ ވެރިކަން މިއަދު ފުނޑާލައިފި" ކަމަށެވެ. އަދި މިއަދުގެ ވޯޓުގައި އެންމެ ބޮޑަށް ހާމަވި އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ބައެއް މެމްބަރުންނަކީ ރައްޔިތުންގެ އަޑު އަހާ ބައެއް ނޫން ކަމެވެ.
ހިޔާލުފާޅުކުރުން ހުއްޓުވާ ބިލް ފާސްކޮށް ރާއްޖޭގެ ނޫސްވެރިކަން އެތައް ގުނައެއް ފަހަތަށް ޖައްސާފައިވާ ކަމަށް ނޫސްވެރިން ދެކޭ. --ފޮޓޯ: މިހާރު
ބިލެއް ފާސްކުރިއަސް، ނޫސްވެރިން ދެކޭ ގޮތުގައި، ރާއްޖޭގެ ނޫސްވެރިކަން އޮބިއެއްނޭޅުވޭނެ އެވެ. އެ ޒަމާން ދޫކޮށް، ޒަމާނީ ނޫސްވެރިކަމެއް ހޯދީ މި ދުވަސް ދެކޭކަށެއް ނޫނެވެ.
"ޒުވާން ނޫސްވެރިން ޖަލަށް ލައިގެން އެއްވެސް ކަމަކަށް ހައްލެއް ނުހޯދޭނެ. ޒުވާން ނޫސްވެރިން ހިތުގައި ނަފްރަތު އުފެއްދީމަ ކަންކަން މާ ގޯސްވާނެ،" ހުސެއިން ވިދާޅުވި އެވެ.
މި ބިލް ފާސްކުރީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 78 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެމްބަރުންނެވެ. އަބުރުގެ ބިލްގެ ނަމުގައި އޮތް ނަމަވެސް، މިއީ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ދީފައި އޮތް ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، ގާނޫނުއަސާސީގެ މުޅި ރޫހާ ހިލާފަށް ހަނިކުރާ ބިލެއްގެ ގޮތުގައި ނޫސްވެރިން އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ބިލް ދިރާސާކުރި ކޮމިޓީ އަށް އެކި މީޑިއާތަކުން ދިން ލަފާގައި ހިމެނޭ ރަނގަޅު އެއްވެސް ބަދަލެއް ބިލަށް ގެނެސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކެލާ ދާއިރާގެ އަލީ އާރިފް ބިލަށް ހުށަހެޅުއްވީ ކުރި އަށް ވުރެ ވެސް ގޯސް އަދި ނުރައްކާތެރި އިސްލާހުތަކެކެވެ. އެ ބިލް ފާސްކުރީ އެ އިސްލާހުތަކާ އެކުގަ އެވެ.
މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު ބިލު މަޖިލީހުން ފާސްވީ ދިރާސާކުރި 11 މެމްބަރުންގެ ވަގުތީ ކޮމެޓީގައި ތިއްބެވި ސަރުކާރު މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރި ގޮތުގެ އިތުރުން އެއް އިސްލާހާ އެކުގަ އެވެ. ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ކޮމެޓީ އަށް އިސްލާހުތައް ހުށަހެޅުއްވި އިރު، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ގެނެސްދީފައި ނެތެވެ. މިހާރު ބިލް އޮތީ ޖައުފަރު ދާވޫދު ހުށަހެޅުއްވި އިރަށް ވުރެ ވެސް ގޯސް އަދި ނުރައްކާތެރި ގޮތަކަށެވެ.
ބިލާ މެދު ރައީސް ވިސްނަވަން ގޮވާލައިފި
ފާރިސް އާއި މުސްތޮފާ އަށް ފުރުސަތެއް ނުދިން
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ
ބިލަށް ވޯޓު ނުދޭން އެދި މެމްބަރުންނަށް މެސެޖްތަކެއް
އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފި
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް
އަބުރުގެ ބިލަށް ހިޔާލު ހޯދަން ހުޅުވާލައިފި
އަބުރުގެ ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި