01 އޯގަސްޓް 2016
އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ބިލު ދިރާސާ ކުރުމަށް 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް މިއަދު ފޮނުވައިފި އެވެ.
އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ބިލު ދިރާސާ ކުރުމަށް 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް މިއަދު ފޮނުވައިފި އެވެ.
މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ބިލު ބަލައިގަތުމަށް ފާސްވީ 38 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސް ކުރަން ނުފެންނަ ކަމަށް 28 މެމްބަރުން ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވި އެވެ.
މީގެ އިތުރުން މި ބިލު 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް ހުށަހެޅުމަށާއި ކޮމެޓީގައި ތިއްބަވާ މެމްބަރުން ކަނޑައެޅުމަށްޓަކައި މިއަދު ވޯޓަށް އަހައި މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރި އެވެ. ވަގުތީ ކޮމެޓީއަށް 11 މެމްބަރުން އައްޔަން ކުރަން ފާސްވީ 41 މެމްބަރުންގެ ވޯޓުންނެވެ.
މި ބިލު ދިރާސާ ކުރުމަށް ފޮނުވި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު އަދި ބިލު ހުށަހެޅުއްވި ޖައުފަރު ދާއޫދު، ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލް، ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފް، ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން، ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފަރިޔާޒް އިސްމާއިލް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ، ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރު، ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު، މައްޗަންގޯޅި ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ސިނާން، ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އިލްހާމް އަހުމަދު، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަބުރުގެ ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން މި ބިލު އޮތް ގޮތަށް ފާސް ކުރަން ދެކޮޅު ހެއްދެވި އެވެ. އެގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ބިލު ފާސްކުރަން އުޅެނީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވުމަށް ކުރަން އުޅޭ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވި ގޮތުގައި މި ބިލަކީ ކޮންމެހެން އޮންނަން ޖެހޭ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބިލަށް ބަދަލުތަކެއް ގެންނަނަމަ، ކޮމެޓީ މަރުހަލާގައި ބިނާކުރުވަނިވި ހިޔާލުތައް ހުށަހެޅުމަށް އެ މެމްބަރުން ގޮވާލެއްވި އެވެ.
ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ 19 ގައުމަކުން މީގެ އެތައް އަހަރުތަކެއް ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ ރާއްޖޭން ކުރަން މިއުޅެނީ އާ ކަމެއް ނޫން ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ޖައުފަރު ދާއޫދޫ ހުށަހަޅުއްވާފައިވާ އެ ބިލް އޮތްގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭ ކަމަށް ބުނެ ގިނަ ނޫސްވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބޭރުގެ ބައެއް ޖަމާއަތްތަކުން ވެސް ވަނީ އެ ބިލް އޮތްގޮތަށް ފާސް ނުކުރަން ގޮވާލައިފަ އެވެ.
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ
އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފި
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް
އަބުރުގެ ބިލަށް ހިޔާލު ހޯދަން ހުޅުވާލައިފި
ކެރިގެން ފާޑު ކިޔުމަށް ދައުވަތު ދޭން ޖެހޭނެ: ފާރިސް
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން