01 އޯގަސްޓް 2016
އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީ މީޑިއާގެ މަސައްކަތަށް ހުރަސް އެޅޭ ބިލެއް ކަމަށާއި ގައުމީ ހިދުމަތުގައި ތިއްބެވި ބޭފުޅުން ކެރިވަޑައިގެން ރައްޔިތުންނަށް ފާޑު ކިޔުމަށް ދައުވަތު ދޭން ޖެހޭނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީ މީޑިއާގެ މަސައްކަތަށް ހުރަސް އެޅޭ ބިލެއް ކަމަށާއި ގައުމީ ހިދުމަތުގައި ތިއްބެވި ބޭފުޅުން ކެރިވަޑައިގެން ރައްޔިތުންނަށް ފާޑު ކިޔުމަށް ދައުވަތު ދޭން ޖެހޭނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަބުރުގެ ބިލަށް ބަހުސް ކުރައްވަމުން ފާރިސް ވިދާޅުވީ ބިލުގެ ސަބަބުން ގާނޫނުއަސާސީގެ ގިނަ ހައްގުތަކެއް ބޭނުން ނުކުރެވޭ ވަރަށް ބިލު ފަރުމާކޮށްފައިވާ ކަމަށެވެ.
"މި ބިލު ފާސްކޮށްފިނަމަ، މީޑިއާގެ މަސައްކަތަށް ވަރަށް ބޮޑު ހުރަސްތަކެއް އެޅޭނެ. މީޑިއާ މުޅިންހެން ނެތިގެން ހިނގައިދާނެ،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމީ ހިދުމަތުގައި ތިއްބެވި ބޭފުޅުންނަށް ފާޑު ކިޔުމަށް ޖާގަ ދޭން ޖެހޭނެ ކަމަށާއި އެކަން ކޮންޓްރޯލްކޮށްގެން ގައުމަށް ހަމަޖެހުމާއި ތަރައްގީ ނުގެނެވޭނެ ކަމަށެވެ.
"ގައުމީ ހިދުމަތުގައި ތިއްބެވި ބޭފުޅުން ކެރިގެން ރައްޔިތުންނަށް ފާޑު ކިޔުމަށް ދައުވަތު ދޭން ޖެހޭނެ. މިކަން ހުއްޓުވާ ފަދަ ކަންކަން އަޅުގަނޑުމެންގެ ތެރޭގައި ހުރެގެން ނުވާނެ،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބުރުގެ ބިލު ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމަށާއި މަޝްވަރާ ނުކޮށް ބިލުތައް ޑްރާފްޓްކޮށްގެން ގެނައުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ. މި ބިލު ކޮމެޓީ މަރުހަލާގައި އިސްލާހު ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
މި ބިލާ ދެކޮޅަށް މިއަދު ވާހަކަ ދެއްކެވުމުގެ ކުރިން އޭނާ ވަނީ މިއީ އޭނާ ގަބޫލުކުރައްވާ ބިލެއް ނޫން ކަމަށް އިއްޔެ ވެސް ވިދާޅުވެފަ އެވެ. އިއްޔެ ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ އަބުރުގެ ބިލް މިހާރު ހުށަހަޅާފައިވާ ގޮތަށް މަޖިލީހަށް ބަލައިގަތުމަށް ތާއީދު ނުކުރައްވާނެ ކަމަށެވެ. އަދި މި ބިލު ފާސް ކުރަން ނުފެންނަ ކަމަށް ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ވިދާޅުވެފަ އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދޫ ހުށަހަޅުއްވާފައިވާ އެ ބިލް އޮތްގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭ ކަމަށް ބުނެ ގިނަ ނޫސްވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބޭރުގެ ބައެއް ޖަމާއަތްތަކުން ވެސް ވަނީ އެ ބިލް އޮތްގޮތަށް ފާސް ނުކުރަން ގޮވާލައިފަ އެވެ.
ފާރިސް އާއި މުސްތޮފާ އަށް ފުރުސަތެއް ނުދިން
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ
އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފި
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް
އަބުރުގެ ބިލަށް ހިޔާލު ހޯދަން ހުޅުވާލައިފި
އަބުރުގެ ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް