ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލް ކުޅުނު ލުސެއިލް ސްޓޭޑިއަމްގައި ސްރީ ލަންކާގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު 1-1 އިން ގަތަރާ އެއްވަރު ކޮށްފި އެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލް ކުޅުނު ލުސެއިލް ސްޓޭޑިއަމްގައި ސްރީ ލަންކާގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު 1-1 އިން ގަތަރާ އެއްވަރު ކޮށްފި އެވެ.
އަންނަ މަހު އޮންނަ އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރައް ތައްޔާރުވަމުން އަންނަ ލަންކާ ކޮޅަށް ފުރަތަމަ ހާފުގައި ގަތަރުން ލަނޑު ޖަހައި ކުރި ހޯދި ނަމަވެސް، ފަހު ހާފުގައި ލިބުނު ޕެނަލްޓީއަކުން ލަންކާ ވަނީ އެއްވަރު ކޮށްފަ އެވެ. މި ޕެނަލްޓީ ޖަހައިދިނީ ނިއުޒިލެންޑްގައި ކުޅެމުން އަންނަ ރާހުލް ސުރޭޝް އެވެ.
ކޮލިފައިންގައި ލަންކާ ހިމެނެނީ ފަލަސްތީނާއި ކިރްގިސްތާން އަދި އުޒްބަކިސްތާނާ އެއް ގުރޫޕެއްގަ އެވެ. ލަންކާ ޒުވާން ޓީމުގެ ހެޑް ކޯޗަކީ ގަތަރުގެ އަހުމަދު އަލް މަންނާއީ އެވެ.
ބަހްރޭނާއި ބްރޫނާއީ އާއެކު އިންޑިއާ ހިމެނެނީ ގަތަރާ އެކު އެއް ގުރޫޕެއްގަ އެވެ. ގަތަރުގައި މި ގުރޫޕްގެ މެޗުތައް ހޯސްޓް ކުރާގޮތަށް ހަމަޖެހިފައިވީ ނަމަވެސް ލުސެއިލް ސްޓޭޑިއަމްގައި މެޗެއް ނުކުޅޭނެ އެވެ.
އިންޑިއާ އާއި ލަންކާގެ އިތުރުން ދެކުނު އޭޝިއާގެ ބަންގްލަދޭޝް، ބޫޓާން، ޕާކިސްތާން އަދި ނޭޕާލް ވެސް ކޮލިފައިންގައި ވާދަ ކުރާނެ އެވެ. ނަމަވެސް ރާއްޖެ ވާދައެއް ނުކުރެ އެވެ.
އަންނަ މަހު ރާއްޖެ އާއި ލަންކާގެ ސީނިއާ ގައުމީ ޓީމު ވަނީ ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފަ އެވެ. ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި އަންނަ މަހުގެ 6 އަދި 9 ގައި ސައުތު އޭޝިއަން ސުޕަ ކަޕް ނަމުގައި ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް، ރާއްޖޭގެ އާ ހެޑް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލައިފަ އެވެ. އަދި ޓީމުގެ ފަރިތަކުރުންތައް މާދަމާ ރޭ ގަލޮޅު ދަނޑުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ލަންކާގެ ފެޑެރޭޝަނުން ދިވެހިންނަށް ޓިކެޓް އަގުބޮޑުކޮށްފި
ފުޓްބޯޅަ އިމޭޖް ރީތިކުރުމަކީ ޓީމުގެ ޒިންމާއެއް: ކޯޗު
ގޮންޖެހުންތަކާއެކުވެސް ލަންކާގެ މެޗަށް މޯހަންގެ އުއްމީދު
ލަންކާ ފުޓްބޯޅަ ދިރުވަން ބޮޑު 8 ޓީމުގެ މުބާރާތެއް
ހޯމްއަވޭ ފޯމެޓް ފެނަށް، ސާފް ޗެމްޕިއަންޝިޕް ލަންކާއަށް
ލަންކާ ގޮވައިގެން ސުޖަން އޭޝިއަން ކަޕް ކޮލިފައިން އަށް
ޝަރުތުތަކާ އެކު ލަންކާ ވޯލްޑްކަޕް ކޮލިފައިންގެ ޑްރޯއަށް
ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން
މޮޅަކާއެކު ރާއްޖެއިން ކޮލިފައިން ނިންމާލައިފި
ޑަކްސަންގެ ކުއްލި މަރުން ވެލެންސިއާ އަށް ޝޮކެއް