އއ. އުކުޅަހު ހިއްކި ބުމުން ދޫކުރާ ގޯތީގެ އަދަދު އިތުރުކޮށް، 50 ހައުސިން ޔުނިޓް އަޅަން މިއަހަރު ބަޔަކާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
21 އޯގަސްޓް 2025
އއ. އުކުޅަހު ހިއްކި ބުމުން ދޫކުރާ ގޯތީގެ އަދަދު އިތުރުކޮށް، 50 ހައުސިން ޔުނިޓް އަޅަން މިއަހަރު ބަޔަކާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ އއ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހު ރަށެއްގެ ގޮތުގައި އުކުޅަހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ރޭ ވާހަކަ ދައްކަވަމުންނެވެ.
ރަށުގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ފުރިހަމަވެގެންދާއިރު ބޯހިޔާވަހިކަމުގެ ދަތިކަމަށް ވިސްނަން ޖެހޭ ކަމަށެވެ.
މިހާރު ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭންގައި ގޯތީގެ ޖާގަ ނަގަންޖެހޭ މިންވަރަށް ނަގާފައި ނެތް ކަމަށާއި އޭގައި ކަނޑައަޅާފައި އޮތީ 174 ގޯތި ދޭން ކަމަށް ރައީސް ވިދާޅުވި އެވެ.
ބާކީ ހުރި ޖާގަތައް ވެސް ކަނޑައަޅާފައި ހުރީ ލޯކަލް ޓޫރިޒަމަށް ނަމަވެސް އެ ބިމުން އިތުރު 76 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުން. ލޯކަލް ޓޫރިމަށް ކަނޑައަޅާފައިވާ ބިންތައް ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސް ކުރާއިރު ގޯތި ދޭގޮތަށް ބަދަލުކޮށް ޖުމްލަ 250 ގޯތި ދެވޭވަރަށް ލޭންޑް ޔޫސް ޕްލޭން އިސްލާހުކޮށްފައި އަޅުގަނޑުމެން ފާސްކުރަނީ،" ރައީސް ވިދާޅުވި އެވެ.
އެ 250 ގޯތި ދޫކުރުމުގެ ހުއްދަ އަންނަ ހަފްތާގައި ކައުންސިލާ ހަވާލުކުރައްވާނެ ގޯއްޗަށް އެދި ހުށަހެޅުމަށް ކައުންސިލުން އަންނަ ހަފްތާގައި ހުޅުވާލާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ރަށުގައި އެޅުމަށް ނިންމާފައިވާ 50 ހައުސިން ޔުނިޓްގެ މަޝްރޫއު މިއަހަރު ބަޔަކާ ހަވާލުކޮށް، ބާރު ސްޕީޑުގައި ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަގާމުތަކަށް މީހުންލަނީ ވައްކަން ކުރާކަށް ނޫން: ރައީސް
ޒުހޫރުގެ ސިޓީ ލިބުނު ނަމަ ފިޔަވަޅު އަޅާނަން: ރައީސް
ގެދޮރުވެރިކަމުގެ ލޯނަށް އަހަރަކު އެއް ބިލިއަން ދޭނެ
ވައުދަށް ބަދަލެއް ނާދޭ، ފްލެޓް ލިބޭނެ: ރައީސް
ހައުސިންގެ ޔޫނިއަންތަކާ ރައީސް ބައްދަލުކުރައްވަނީ
ހައުސިންގެ ލުއިލޯން ސްކީމްތައް މާޗުގެ ނިޔަލަށް ނިންމަނީ
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
ސީއެސްސީއަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް