05 ނޮވެމްބަރ 2024
ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ހައުސިން ލޯނަށް ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ހައުސިން ލޯނަށް ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު އިފްތިތާހުކުރި ހިޔާވެހި ފައިނޭންސިން ސްކީމް ލޯންޗްކޮށް ދެއްވުމަށްފަހު ރައީސް ވިދާޅުވީ ގޯތި ލިބި، އިމާރާތް ކުރެވޭނެ ގޮތެއް ނެތް މީހުންނަށް އެ ސްކީމްގެ ދަށުން ގެ އަޅާ ނިންމޭނެ ކަމަށެވެ. އަދި ގެ އަޅަން ފެށުމަށްފަހު އެ މަސައްކަތް ނުނިންމި ތިބި ފަރާތްތަކަށް ވެސް މަސައްކަތް ނިންމަން އެ ސްކީމްގެ ދަށުން ފުރުސަތު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ލޯނު އެ ސްކީމަށް ހިމަނާފައިވާއިރު، ހައުސިންގެ އެހެން މަޝްރޫއުތަކަށް ޖުމްލަ 4.8 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.
"ގެ ބަހާފައި އޮތުމުން، ބެހެނިވެރިންނާ އެކު އެއްކޮށްލައިގެން ގެ އެޅުމަށްޓަކައި މާލޭގައި ވިއްޔާ ހަ މިލިއަނުން ގޮސް 10 މިލިއަނާ ހަމައަށް އެކުވެގެން ގެ އެއްކޮށް ނިންމާލުމުގެ ފުރުސަތު އެބަ ލިބޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަން ކުރާ މަސައްކަތުގެ ތެރެއިން އެ ލޯނު ސްކީމު ވެގެންދާނީ އެންމެ ފުރިހަމަ ނަތީޖާ ނުކުންނާނެ އެއް މަސައްކަތަށް ކަމަށް ވިދާޅުވި އެވެ.
"ދެކެން ބޭނުންވަނީ މި ދައުރު ނިމިގެންދާ އިރު 2028 އާ ހަމައަށް ދާ އިރު ރާއްޖޭގައި ގެދޮރުވެރިކަމަށް، އެކްސެސް ނުލިބޭ އެކަކުވެސް ނުބަހައްޓަން. އެތަން ދެކެން ބޭނުންވަނީ. މި ލޯނު ސްކީމުގެ ސަބަބުން އެތައް ހާސް ރައްޔިތުންނަށް އެކަން މަގުފަހިވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާ ސްކީމަށް މާދަމާ ހުޅުވާލާނެ ކަމަށާއި އެ ސްކީމުގެ ހުރިހާ މައުލޫމާތެއް ގެޒެޓް ކުރާނެ ކަމަށެވެ.
އަންނަ އަހަރުގައި އަލަށް ފަށާ ގިނަ މަޝްރޫއުތަކުގެ ގޮތުގައި ހިމަނާފައިވާނީ ވެސް ހައުސިން މަޝްރޫއުތަކަށެވެ. އެގޮތުން ގެދޮރު އަޅަން 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމީ ބޮޑެތި މައްސަލަ ފިޔަވާ، އެންމެ ބޮޑު އިސްކަމެއް ދޭނީ ގެދޮރުވެރިކަމަށް. އެގޮތަށް މިގެންދަނީ. އެހެންވީމަ 2.5 ބިލިއަން ރުފިޔާ [ލޯނު ދިނުމާއި ގެދޮރު އަޅަން] އެ އޮތީ ކަނޑައެޅިފައި،" ރައީސް ވިދާޅުވި އެވެ.
ހައުސިންގެ ލުއިލޯން ސްކީމްތައް މާޗުގެ ނިޔަލަށް ނިންމަނީ
އިސްލާމިކް ފައިނޭންސިން ހައުސިން ލޯނަށް ހުޅުވާލައިފި
"މަޖިލީހަށް ހުށަހަޅާފައިވަނީ ގެދޮރުވެރިކަމުގެ ބަޖެޓެއް"
އަންނަ އަހަރު ބޯހިޔާވަހިކަމަށް 4.8 ބިލިއަން ރުފިޔާ
ވައުދަށް ބަދަލެއް ނާދޭ، ފްލެޓް ލިބޭނެ: ރައީސް
ހައުސިންގެ ޔޫނިއަންތަކާ ރައީސް ބައްދަލުކުރައްވަނީ
ގެދޮވެރިކަމުގެ ލޯނުތައް އޮކްޓޫބަރުގައި ދޫކުރަން ފަށަނީ
ޕީއެސްއައިޕީގެ 50ޕަސެންޓު ގެދޮރުވެރިކަމަށް ހާއްސަކުރަނީ
ފަސް ޕަސެންޓަށް ވުރެ އިންޓްރެސްޓް ބޮޑު ނުވާ ލޯނުތަކެއް
"ހައުސިން ލޯނުތައް ދާދި އަވަހަށް އިއުލާނުކުރާނަން"