31 އޮކްޓޯބަރ 2024
އަންނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ގެދޮވެރިކަމަށް ހާއްސަކޮށް، އެކަމަށް ބަޖެޓުގައި ޖުމްލަ 4.8 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
އަންނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ގެދޮވެރިކަމަށް ހާއްސަކޮށް، އެކަމަށް ބަޖެޓުގައި ޖުމްލަ 4.8 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްއި ދެއްވަމުން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަމާއި ބޯހިޔާވެހިކަމުގެ މައްސަލަ ކަމަށެވެ.
"ދެހާސް ފަންސަވީސް ވަނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައީސުލްޖުމްހޫރިއްޔާގެ މި ތަސައްވުރާ އެއްގޮތަށް ދިވެހި ރައްޔިތުންނަކީ ގެދޮރުވެރި ބަޔަކަށް ހެދުމަށް،" ބަޖެޓު ބަޔާން އިއްވަވަމުން ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުން ކުރިން އިއުލާނުކޮށްފައިވާ ގޮތަށް ފަސް ޕަސެންޓު އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެމަގު ވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
މީގެއިތުރުން، ޒަމީރު ވިދާޅުވި ގޮތުގައި، 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ވަނީ ކަނޑައަޅައިފަ އެވެ.
"...މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު،" އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. މިއީ މި އަހަރުގެ ބަޖެޓަށް ސަޕްލިމަންޓު ކުރި އަދަދާ އެކު 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދަށް 35.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.
މީގެއިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމަށް އަންނަ އަހަރު 3.9 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި، ޖުމްލަ 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ، އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކުން ލިބޭނެ ކަމަށް އަންދާޒާކުރާ 4.9 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
އެ އަދަދުން އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސާއި، އެއާޕޯޓް ޓެކްސް، ޓީޖީއެސްޓީ އަދި ގްރީން ޓެކްސް އަންނަ އަހަރުން ފެށިގެން ބޮޑުކުރާތީ އެވެ.
މި ފިސްކަލް އިސްލާހުތަކާ އެކު، އަންނަ އަހަރު ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވާ 9.4 ބިލިއަން ރުފިޔާ އަކީ، ފަހުގެ ތާރީހެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓް ބަޖެޓެވެ.
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ވައުދުތަކުގެ އަމަލީ މަސައްކަތް ދެ އަހަރުތެރޭ ފަށަނީ
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ގެދޮރުވެރިކަމުގެ ލޯނަށް އަހަރަކު އެއް ބިލިއަން ދޭނެ
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
"މަޖިލީހަށް ހުށަހަޅާފައިވަނީ ގެދޮރުވެރިކަމުގެ ބަޖެޓެއް"
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
31 ބިލިއަންގެ މަޝްރޫއު ހިންގަން ލިބުނީ 5 ބިލިއަން