08 ޑިސެމްބަރ 2024
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ވައުދާ އެއްގޮތަށް، ކުރިއަށް އޮތް ދެ އަހަރު ތެރޭ ހުރިހާ ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތްތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ވައުދާ އެއްގޮތަށް، ކުރިއަށް އޮތް ދެ އަހަރު ތެރޭ ހުރިހާ ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތްތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކ އަދި އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތޮއްޑު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި އަހަރު މަސައްކަތްތައް ކުރިއަށް ނުދިޔަ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަހަރު އެއްވެސް މަސައްކަތެއް ނުކުރެވުނީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫކުރަން، އޭރުގެ ސަރުކާރުން ފާސްކުރި ބަޖެޓުގެ ސަބަބުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތޮއްޑުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
ނަމަވެސް 2025 އާއި 2026 ވަނަ އަހަރު ވާނީ އެ މަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ދެ އަހަރަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު އެ އޮތީ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ކަންތައް ކޮށްދެވޭގޮތަށް އަންނަ އަހަރު މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ފާސްކުރި ބަޖެޓު. ދެހާސް ފަންސަވީސް ވާނީ އަޅުގަނޑު ރިޔާސީ އިންތިހާބުގައި ރަށްރަށަަށް ގޮސްވީ ވައުދުތައް ފުއްދައިދޭ އަހަރަކަށް. ބަނދަރު، ސްކޫލު، ކުޅިވަރާ ބެހޭ ތަންތަން، މިހެން ގޮސް ވައުދު ވެފައިވާ ހުރިހާ މަސައްކަތެއް، ކުނި މެނޭޖް ކުރުމުގެ މަސައްކަތް، ސްކޫލުތައް މަރާމާތުކުރުން. ތަރައްގީގެ މި ދެންނެވި މަސައްކަތްތައް އަންނަ އަހަރު ފަށާނެ،" ރައީސް ވިދާޅުވި އެވެ.
ހިދުމަތް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.
އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މިދިޔަ މަހުގެ 27 ގައި ވަނީ ފާސްކޮށްފަ އެވެ. ރަށްރަށުގެ ޕްރޮޖެކްޓްތަކުގެ ތަފްސީލެއް ބަޖެޓަކު ނެތެވެ. އަންނަ އަހަރުގެ ބަޖެޓު މި އަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ބޮޑެވެ. މި އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާއަށް އެރި އެވެ.
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
"މަޖިލީހަށް ހުށަހަޅާފައިވަނީ ގެދޮރުވެރިކަމުގެ ބަޖެޓެއް"
އަންނަ އަހަރު ބޯހިޔާވަހިކަމަށް 4.8 ބިލިއަން ރުފިޔާ
ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަނީ
"ހިދުމަތް ދިނުމުގައި ސިޔާސީ ވިސްނުމެއް ނުގެންގުޅޭނަން"
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ސީދާ ދަރަނި ކުޑަކުރެވޭނެ ކަމަކަށް ނުބެލެވޭ: ފިނޭންސް
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ