ޝަރުއީ ދާއިރާ އަށް މާލީ ބާރުވެރިކަން ދިނުމަށް، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ އާމްދަނީން ވަކި ޕަސެންޓެއް އެ ދާއިރާ އަށް ކަނޑައަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ އެކު، ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހަލުވިވާނެ ކަމަށް ސްޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
11 ސެޕްޓެމްބަރ 2025
ޝަރުއީ ދާއިރާ އަށް މާލީ ބާރުވެރިކަން ދިނުމަށް، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ އާމްދަނީން ވަކި ޕަސެންޓެއް އެ ދާއިރާ އަށް ކަނޑައަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ އެކު، ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހަލުވިވާނެ ކަމަށް ސްޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ޖުޑިޝަރީ އަށް ދައުލަތުގެ އާމްދަނީގެ ވަކި ޕަސެންޓެއް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން ނިންމެވިކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިއަދު ހެނދުނެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާ މިނިވަންކަމާ އެކު ހިންގުމަށް އެންމެ މުހިއްމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށް ވާތީ އެ ކަމަށް މަގުފަހިކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ކެބިނެޓުގެ އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޖުޑިޝަރީ އަށް މާލީ ގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މި އަންނަ އަހަރަށް ފާސްކުރާ ބަޖެޓާ އެކު، ލިބޭނެ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
އެ ނިންމެވުމާ ގުޅިގެން ސުޕްރީމް ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޖުޑިޝަރީ ހަރުދަނާކޮށް، މިނިވަން ޖުޑިޝަރީއެއް ގާއިމުކުރުމަށް އެޅި މުހިއްމު ފިޔަވަޅެއްގެ ގޮތުން ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުމުން އުފާކުރާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރައްވައި، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށް، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުއްވުމަށް 1/4 https://t.co/SxPGfBfcne
— Supreme Court of the Maldives (@SCMaldives) September 11, 2025
ރާއްޖޭގެ އެންމެ މަތީ ކޯޓުން ބުނީ، އެ ނިންމުމަކީ ދެމެހެއްޓެނިވި ނިމުމަކަށް ހެދުމަށްޓަކައި ގާނޫނީ ބާރުވެރިކަން ލިބިގަތުމަށް ރައީސް މުއިއްޒު މަސައްްކަތްޕުޅު ކުރައްވަމުން ގެންދަވާތީ އެ މަނިކުފާނަށް ޝުކުރުއަދާކުރާ ކަމަށެވެ.
އެ ކޯޓުން ސިފަކުރި ގޮތުގައި މިއީ ޝަރުއީ ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް ނިންމެވި ތާރީހީ މުހިއްމު ނިންމެވުމެކެވެ.
"މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީ އަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތްޕުޅަށް އިތުރު ހަލުވި ކަމެއް އަންނާނެ ކަމަށް އުއްމީދުކުރަމެވެ،" ސުޕްރީމް ކޯޓުގެ ޕޯސްޓުގައިވެ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ އާމްދަނީގެ ވަކި ޕަސެންޓެއް ޖުޑިޝަރީ އަށް ކަނޑައަޅާއިރު، އެ ޕަސެންޓަކީ މިހާތަނަށް ޖުޑިޝަރީ އަށް ކަނޑައަޅާފައިވާ ބަޖެޓު ސީލިންގުތަކަށް ވުރެ ބޮޑު އަދަދަކަށް ވާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވެ އެވެ.
އެ މަނިކުފާނު ވަނީ އެކަމާ ގުޅިގެން ގާނޫނީ އަދި ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޖުޑީޝަރީ އަށް މާލީ މިނިވަންކަން ނެތުމަކީ މިނިވަންކަމާ އެކު، މަސައްކަތް ކުރުމަށް އޮތް ހުރަހެއްގެ ގޮތުގައި އެ ދާއިރާގެ ބޭފުޅުން އަބަދުވެސް ފާހަގަކުރައްވަ އެވެ.
އުއްތަމަފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ހުށަހަޅައިފި
ޖޭއެސްސީން ލަފާދޭން ނިންމީ ޣަނީ އައްޔަންކުރަން
ސަލީމާއި ހަމީދުގެ ނަން ރައީސް މަޖިލީހަށް ފޮނުވައިފި
ޖޭއެސްސީން އިސްކަންދިނީ ސަލީމާއި ހަމީދުގެ ނަމަށް
ފަނޑިޔާރު އަޒްމިރަލްދާގެ ސިޓީއެއް ރައީސަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަނީ
ޖުޑީޝަރީއަށް ރައީސްގެ ނުފޫޒެއް ނެތް: ޕީއެންސީ
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
ކޯޓާއި މަޖިލިސް ވަކިވާ ހަނި ރޮނގުގެ ފުޅާ ބަހުސް!