02 ނޮވެމްބަރ 2024
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ މެދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ މެދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ.
މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދަށް 35.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ޓެކްސްގެ ގޮތުގައި އިތުރަށް ނަގައި، އެ ފައިސާ ސަރުކާރުން ޚަރަދުކުރަނީ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގެ ބަދަލުގައި، ގެއްލި ދަނީ ސަރުކާރުގެ އިސްރާފަށް ކަމަށެވެ.
ބަޖެޓު 2025 އަކީ ދިވެހި ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކްސް ބޮޑު، ޚަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް. މި ބަޖެޓާ މެދު ރައްޔިތުން މާޔޫސްވާނެ ބައެއް ސަބަބުތަކަކީ:
— Fayyaz Ismail (@faya_i) November 2, 2024
މި ބަޖެޓުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެ. އޭގެ ބަދަލުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ…
"ބަޖެޓު 2025 އަކީ ދިވެހި ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކްސް ބޮޑު، ހަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް،" ފައްޔާޒު ވިދާޅުވި އެވެ.
އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި، ޖުމްލަ 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ، އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކުން ލިބޭނެ ކަމަށް އަންދާޒާކުރާ 4.9 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
އެ އަދަދުން އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް އާއި އެއާޕޯޓް ޓެކްސް އާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް އަންނަ އަހަރުން ފެށިގެން ބޮޑުކުރާތީ އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، އަންނަ އަހަރު 16.9 ބިލިއަން ރުފިޔާގެ އިތުރު ދަރަނި މި ބަޖެޓު ފޫބައްދަން ހޯދަން ޖެހޭއިރު، މި ފައިސާ ހޯދޭނެ ގޮތުގެ ރަނގަޅު ޕްލޭނެއް ހިމަނާފައި ނެތެވެ.
"ޓެކްސްތައް ބޮޑު ކުރުމާއި، ބަޖެޓު ފައިނޭންސް ކުރުމަށް ބެންކުގައި ހުރި ފައިސާ ސަރުކާރަށް ނެގުމުން ޕްރައިވެޓް ސެކްޓަރަށް ވަރަށް ދަތިވެފައި. އަދި ނުވިތާކަށް ސަރުކާރުން ޕްރައިވެޓް ސެކްޓަރަށް ގަވާއިދުން ފައިސާވެސް ނުދައްކާ. މި ބަޖެޓުން ފެންނަނީ ޕްރައިވެޓް ސެކްޓާ އިތުރަށް ހީނަރު ކުރާނެ ތަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫއުތަކާއި މުސާރައަށް ކުރާ ހޭދަ ފަދަ ބަޖެޓުގެ މުހިންމު ތަފްސީލުތައް ވެސް ހިމަނާފައި ނެތް ކަމަށެވެ.
"ރައީސް މުއިއްޒު ވީ ބޮޑެތި ވައުދުތައްވެސް މި ބަޖެޓުގައި ނުހިމެނޭ. އެކަން ބަޖެޓުގެ ތަފްސީލަކުން ނަންބަރަކުން ފެންނާނަކަށް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
ހަ މަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި 10 ބިލިއަން
ދައުލަތުގެ ހަރަދަށް ވުރެ އާމްދަނީ ކުޑަކޮށް އިތުރުވެއްޖެ
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
އަންނަ އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަނަށް
ކައުންސިލް ބްލޮކް ގްރާންޓަށް 1.9 ބިލިއަން ހޭދަކޮށްފި