Roadha Mihaaru

ސަލްޓަން ޕާކު އަލުން ތަރައްގީ ކުރަން ކުރަން ތިން މަހަށް ބަންދުކޮށްފި

މާލޭގައި އެންމެ ހިތްގައިމު އެއް ޕާކު، ސަލްޓަން ޕާކުގައި ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭތީ އެ ތަން އަލުން ތަރައްގީ ކުރުމަށްޓަކައި ތިން މަސް ދުވަހުގެ މުއްދަތަށް ސަރުކާރުން ބަންދުކޮށްފި އެވެ.

ސަލްޓަން ޕާކު ތިން މަހަށް ބަންދުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

20 އޯގަސްޓް 2025

މާލޭގައި އެންމެ ހިތްގައިމު އެއް ޕާކު، ސަލްޓަން ޕާކުގައި ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭތީ އެ ތަން އަލުން ތަރައްގީ ކުރުމަށްޓަކައި ތިން މަސް ދުވަހުގެ މުއްދަތަށް ސަރުކާރުން ބަންދުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާތީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އެ ޕާކު ބަންދުވާނެ ކަމަށެވެ.

ޕާކު އަލުން ތަރައްގީ ކުރަން އެ ތަން މިއަދު ބަންދުކުރިޔަސް މިދިޔަ އަހަރުގެ ޖޫން ހިސާބުން ފެށިގެން ޕާކުގެ އެތެރޭގެ ބައެެއް ތަންތަން ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ދަށުގައިވާ އެ ޕާކު ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އޮތީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ.

މަރާމާތުކުރުމަށް ކަމަށް ބުނެ ސިޓީ ކައުންސިލުން ސަލްޓަން ޕާކުގެ ބައެއް ބަންދުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ |  މިހާރު

މަރާމާތުކުރުމަށް ކަމަށް ބުނެ ސިޓީ ކައުންސިލުން ސަލްޓަން ޕާކުގެ ބައެއް ބަންދުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބިޔަ ގަސްތަކުން ފެހި ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ސަލްޓަން ޕާކު މިހާރު އޮތްގޮތަށް ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި އިރު އެވެ. އޭރު އެތަން ތަރައްގީ ކުރީ ސްނޯ ޕާކާ އެކު ނަމަވެސް އެތަން ފަހުން ވަނީ ބަންދުކޮށްފަ އެވެ.

ސަލްޓަންޕާކު އަލުން ތަރައްގީ ކުރަނީ ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ. އަދި ޕާކުގެ މަސައްކަތް ނިމޭއިރު އެ ތަނުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.