ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
13 އޯގަސްޓް 2025
ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދަރަވަންދޫ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު ޑޮމެސްޓިކް އެއާޕޯޓަށްވި ނަމަވެސް، އެތަން ތަރައްގީކުރުމަށް އެއާޕޯޓު ހުޅުވި ފަހުން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެއާޕޯޓުތައް ތަރައްގީކުރުމަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ދަރަވަންދޫ އެއާޕޯޓު ވެސް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދަރަވަންދޫ އެއާޕޯޓަށް އިންވެސްޓުކޮށްފައިވާ ކުންފުންޏާއެކު މަޝްވަރާކޮށް، އެ ކުންފުނީގެ އަތުން އެއާޕޯޓު ނަގައި އައިލެންޑް އޭވިއޭޝަނާ އެތަން ހަވާލުކޮށް، ސަރުކާރުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށް، އޮޕަރޭޓުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން މިތަނަށް އިންވެސްޓުކޮށް ޑިވެލޮޕްކޮށްފައިވާ ފަރާތާއެކު މަޝްވަރާ ކުރިއަށް ގެންދާނަން. ގެންގޮސް އެ ފަރާތާ އެކީގައި، ދެ ފަރާތަށް އެއްބަސްވެވޭ ފަދަ އެއްބަސްވުމަކަށް އައިސް އެ އެއާޕޯޓު އެ ފަރާތުން ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އައިލެންޑް އޭވިއޭޝަނުން އެތަން ސަރުކާރުން ބޭނުންވާ ފެންވަރަށް، ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާ ވާހަކަ އަޅުގަނޑު އިއުލާންކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގަވައިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ 13 އަހަރު ކުރިން 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހެދި ތަނެކެވެ. އެ އެއާޕޯޓް މިހާރު ވެސް އޮޕަރޭޓްކުރަނީ އައިލެންޑް އޭވިއޭޝަނުންނެވެ.
މޯލްޑިވިއަން އިން ދަރަވަންދުއަށް ދަތުރުތައް ފަށައިފި
ދަރަވަންދޫ އެއާޕޯޓު ބޮޑުކޮށް, ރައީސްގެ ވައުދުތަކެއް
މޯލްޑިވިއަން އިން ދަރަވަންދޫއަށް އަލުން ދަތުރު ފަށަނީ
ކަރަންޓީނާ ހިލާފުވި މީހަކު ޕޮޒިޓިވްވެ ދަރަވަންދޫ ބަންދު
ކޮވިޑް-19: ދަރަވަންދޫ އެއާޕޯޓު ވަގުތީ ގޮތުން ބަންދު
އުންމީދަކީ އަގުހެޔޮ ޓިކެޓް އެންމެނަށްލިބުން: އައިއޭއެސް
ދެ އެއާޕޯޓެއް ހިންގަން އައިއޭއެސް އިން ޝައުގުވެރިވެއްޖެ
ޕައިލެޓުންގެ 4 މަގާމަށް 100 އެއްހާ މީހުން
ޗައިނާއަށް މޯލްޑިވިއަނުން އަގު ހެޔޮ ދަތުރުތަކެއް
ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް އަލުން ފަށައިފި