14 އެޕްރީލް 2018
ސަރުކާރުން އަލަށް ހަދާ ދެ އެއާޕޯޓެއް ހިންގަން އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ސަރުކާރުން އަލަށް ހަދާ ދެ އެއާޕޯޓެއް ހިންގަން އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ވިދާޅުވީ އަލަށް ހަދާ އެއާޕޯޓުތަކުގެ ތެރެއިން ދެ އެއާޕޯޓެއް ހިންގަން އެ ކުންފުނިން ޝައުގުވެރިވީ ނަމަވެސް އެކަމާ އަދި ހަވާލުވެފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ޝައުގުވެރިވަނީ އަލަށް ހަދާ ދެ އެއާޕޯޓެއް ހިންގަން. އެއީ އަޅުގަނޑުމެން މިހާރު ވެސް ވަރަށް ކާމިޔާބުކަމާއެކީ ތިން އެއާޕޯޓެއް ހިންގާތީ،" އޭނާ ވިދާޅުވި އެވެ.
އަލަށް ހަދާ އެއާޕޯޓުތަކުގެ ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓާއި ށ. ފުނަދޫ އަދި ގދ. މަރުވާލު އެއާޕޯޓް ހިމެނެ އެވެ. ނަމަވެސް އޭގެ ތެރެއިން ޝައުގުވެރިވަނީ ކޮން ދެ އެއާޕޯޓެއް ކަމެއް ހާރިސް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ހިންގާ ތިން އެއާޕޯޓުގެ ތެރެއިން ދަރަވަންދު އާއި އިފުރުން ރަނގަޅު ފައިދާއެއް ލިބޭ ކަމަށެވެ. އަދި ތ. އަތޮޅުގައި އިތުރު ރިސޯޓެއް މިއަހަރު ހުޅުވުމުން ތިމަރަފުށީ އެއާޕޯޓުން ވެސް ފައިދާ ލިބޭނެ ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ.
މާވަރުލު އެއާޕޯޓު އަންނަ މަހު ހުޅުވަނީ
އިތުރު ފަސް އެއާޕޯޓަކަށް މިއަހަރު ދަތުރުތައް ފަށާނެ
އުންމީދަކީ އަގުހެޔޮ ޓިކެޓް އެންމެނަށްލިބުން: އައިއޭއެސް
އާ އެއާޕޯޓުތަކާ އެކު ބޭނުން ވަނީ އެނދު
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަށް ކުރީގެ އެމްޑީ މިހާދު
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
އައިލެންޑް އޭވިއޭޝަނަށް 164 މިލިއަންގެ ގެއްލުން
މޯލްޑިވިއަން އިން ދަރަވަންދުއަށް ދަތުރުތައް ފަށައިފި