Roadha Mihaaru
މޯލްޑިވިއަން އިން ދަރަވަންދޫއަށް އަލުން ދަތުރު ފަށަނީ

މޯލްޑިވިއަން އިން ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށަނީ

07 މެއި 2023

އަންނަ މަހު 15 އިން ފެށިގެން މޯލްޑިވިއަން އިން ދަރަވަންދޫއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ މަހު 15 އިން ފެށިގެން މޯލްޑިވިއަން އިން ދަރަވަންދޫއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނީ ޖޫން 15 އިން ފެށިގެން ކޮންމެ ދުވަހަކު ދަރަވަންދޫއަށް މޯލްޑިވިއަން އިން ދަތުރު ޝެޑިއުލްކުރާނެ ކަމަށެވެ. އަދި ފުރަތަމަ ފަށާ އިރު ދަތުރުތައް ކުރާނީ ހާއްސަ ފެއާއެއްގައި ކަމަށް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަން އިން ދަރަަވަންދޫއަށް ކުރިން ދަތުރުކުރި އެވެ. ނަމަވެސް، 2019 ވަނަ އަހަރު މަންޓާ އެއާގެ ދަތުރުތައް ފެށުމާ އެކު މޯލްޑިވިއަން އިން ދަރަވަންދޫއަށް ދަތުރުތައް ހުއްޓާލީ އެވެ.

މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ޑޮމެސްޓިކް ދަތުރުތަކަށް ކުރިއަށް ގެންދިއުމަށް އޭޓީއާރް މަރުކާގެ ތިން ބޯޓެއް ވެސް ބޭނުން ކުރަމުންނެވެ. އޭޓީއާރްގެ ބޯޓުތަކާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 އަށް އިތުރުވާނެ އެވެ.

ގައުމީ އެއާލައިން އިން އަންނަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުންނެވެ. މޯލްޑިވިއަން އިން ވަނީ ކުރިއާލައި ޓިކެޓް ނެގުމުން 15-5 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދޭން ވެސް ފަށައިފަ އެވެ.