Roadha Mihaaru
ދަރަވަންދޫ އެއާޕޯޓު ބޮޑުކޮށް, ރައީސްގެ ވައުދުތަކެއް

ދަރަވަންދޫ އެއާޕޯޓު ބޮޑުކޮށް, ރައީސްގެ ގިނަ ވައުދުތަކެއް

23 އޯގަސްޓް 2023

ބ. އަތޮޅުގެ އިގުތިސޯދީ ގޮތުން އެންމެ ވަރުގަދަ އެއް ރަށް، ބ. ދަރަވަންދޫގެ އެއާޕޯޓު ބޮޑުކޮށް، މި ރަށުގެ ތަރައްގީ އަށް ގިނަ މަސައްކަތް ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު ބ. ދަރަވަންދޫއިން އާސިމާ ނިޒާރު

ބ. އަތޮޅުގެ އިގުތިސޯދީ ގޮތުން އެންމެ ވަރުގަދަ އެއް ރަށް، ބ. ދަރަވަންދޫގެ އެއާޕޯޓު ބޮޑުކޮށް، މި ރަށުގެ ތަރައްގީ އަށް ގިނަ މަސައްކަތް ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅުގެ 12 ވަނަ ރަށަށް ވަޑައިގެން، ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ރަށުގައި ހިންގަނީ އެންމެ ފައިދާވާ އެއް އެއާޕޯޓު ކަމަށެވެ. އެއާއެކު، މި ރަށުގައި އިތުރު ހިދުމަތްތައް ތައާރަފްކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ސިއްހީ ހިދުމަތް މިހާރަށް ވުރެ ރަނގަޅުކުރުމަށް ހެލްތު ސެންޓަރަށް ބަދަލުތައް ގެނައުމާއި ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ރޯހައުސް ނުވަތަ ފްލެޓު އަޅައިދޭނެ ކަމަށް ވިދާޅުވި އެވެ.

ސްކޫލަށް އިތުރަށް ބޭނުންވާ ކްލާސްރޫމް ވެސް، ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ރަށުގެ ބޮޑެތި ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހަދައި، ތާރު އަޅައި ތަރައްގީކޮށްދޭނަން. އަދި ރައްޔިތުން ދަތުރު ދިއުމަށްޓަކައި ރަށާ ކައިރިން ފަޅު ރަށެއް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަން." ރައީސް ވިދާޅުވި އެވެ.

ރަށް ހިމާޔަތްކުރުމަށް، ދެ ވަނަ ފިޔަވަހީގެ ގޮތުގައި ފަށައި، އޮފީސްތައް ހިންގުމަށް އޮފީސް ކޮމްޕްލެކްސްއެއް ހަދައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެއާޕޯޓު ބޮޑުކޮށް، އިތުރަށް ތަރައްގީކޮށްދިނުމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި އޮތް ހަނިފަރުބޭގެ އައުޓްޕޯސްޓެއް މި ރަށުގައި ގާއިމްކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.