ޖިންސީ ގޯނާގެ މައްސަލައެއްގައި ދިވެއްސަކު އިނގިރޭސިވިލާތުގެ ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފި އެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ދިވެއްސަކު އިނގިރޭސިވިލާތުގެ ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފި އެވެ.
ފިލްމީ ތަރިއަކަށް ލަންޑަނުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ޖަލަށްލާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިންނެވެ. އެ ނޫހުން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަލަށްލާން ހުކުމްކުރި ރާއްޖެއަށް ނިސްބަތްވާ މީހަކީ ސުންދަރަލިންގަމް ކޫޑަލިންގަމް، 36 އެވެ.
ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެ މީހާއަކީ ދިވެއްސެއް ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވީ ނަމަވެސް، އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ މީހާއަކީ ރާއްޖޭގެ އެއްވެސް އިދާރާއެއްގައި ދިވެއްސެއްގެ ގޮތަށް ރަޖިސްޓްރީކޮށްފައިވާ މީހެއް ނޫން ކަމަށެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ މީހާއަކީ ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރި އިންޑިއާ މީހެކެވެ.
އިމިގްރޭޝަނުން ވަނީ، މިފަދަ ކަންކަމުގައި ސައްހަ ނޫން މައުލޫމާތު ނުފަތުރަން އިލްތިމާސްކޮށްފަ އެވެ.
ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންތަކެއް ޑީޕޯޓްކުރަނީ
ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް
އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި
ޔޫކޭ ކޯޓަކުން ހުކުމްކުރި މީހާއަށް ޕާސްޕޯޓެއް ނުދޭ
ކަނޑު ބޯޓުތައް އިމިގްރޭޝަނަށް މޮނިޓާކުރެވޭނެ ނިޒާމެއް
މިނިވަން ދުވަހުގެ ބަންދުތެރޭގައި ޕާސްޕޯޓު ލިބޭނެ
ދިލްބަހާރު މަގުން 31 ބިދޭސީއަކު ހިފަހައްޓައިފި
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހިފަހައްޓައިފި
ޝަމްއާންގެ ޝަރީއަތް ފަށައިފި، އެކަކު އިއުތިރާފުވެއްޖެ